Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މެމްބަރު އަމީން ގޮވާލެއްވީ ކުޅިވަރު ސިޔާސީ ނުކުރުމަށާއި، އަތޮޅު ތެރެއަށް ފުރުސަތުތައް ފަހިކޮށްދޭން

މެމްބަރު ވިދާޅުވީ އެކަމުގެ ބަދުނާމު އިދިކޮޅު ޕާޓީ ނުވަތަ ސަރުކާރު ހިންގާ ޕާޓީގެ ބޮލުގައި އަޅުވަން މަސައްކަތްކޮށްގެން ކުރިއަށް ނުދެވޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2024 | އަންގާރަ 05:57
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

ކުޅިވަރު ކުރިއެރުވުމުގައި ކުރިއަށް ދާންވީ ކުޅިވަރު ސިޔާސީ ނުކޮށް، ކުޅިވަރު ކުރިއެރުވުމުގައި އަތޮޅު ތެރެ އަށް ވެސް ހަމަހަމަ ފުރުސަތު ދީގެން ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

މެމެބަރުން އަމީން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވި ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން މެމްބަރު އަމީން ވިދާޅުވީ ހަޤީގަތުގައި ކުޅިވަރުގައި މި ސަރަހައްދުގައި ރާއްޖެ ފަހަތަށް ގޮސްފައިވާ ކަމަށާއި، އެކަން އެހެންވީ ސަބަބުތައް ބަލަން ޖެހޭ ކަމަށެވެ. މެމްބަރު ވިދާޅުވީ ރާއްޖެ އިން އެ ޤައުމުތަކުގެ މައްޗަށް އަށެއް ސުމަކުން، ނުވައެއް ސުމަކުން ނުވަތަ ދިހައެއް ސުމަކުން ކުރި ހޯދި ޤައުމުތައް، ރާއްޖޭގެ ދަނޑުގައި ކުޅެ، ރާއްޖޭގައި ފަރިތަކޮށްގެން، ނަން މަޝްހޫރު ކުޅުންތެރިންނާއި، މީހުންގެ ފަރާތުން ދަސްކޮށްގެން މިއަދު ރާއްޖޭގެ މައްޗަށް ކުރި ހޯދާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ އެކަމުގެ ބަދުނާމު އިދިކޮޅު ޕާޓީ ނުވަތަ ސަރުކާރު ހިންގާ ޕާޓީގެ ބޮލުގައި އަޅުވަން މަސައްކަތްކޮށްގެން ކުރިއަށް ނުދެވޭނެ ކަމަށެވެ. މެމްބަރު ވިދާޅުވީ ރާއްޖޭގެ އެކި އެކި ރަށްރަށުގައި ކޮންމެ ވެސް ވަރަަކަށް ދަނޑުތަކެއް ޤާއިމު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، އޭރު ރާއްޖޭގެ ރަށް ރަށުގައި ކޮންމެ ވަރަކަށް ކުޅިވަރު ދަނޑުތައް ޤާއިމު ކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން ދެން އައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ)ގެ ސަރުކާރުގައި ވެސް ދަނޑުތައް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މެމްބަރު ވިދާޅުވި އެވެ. އެހެންކަމުން މި ދައުރުގައި އެކަން މާ ފުރިހަމަ އަށް ކުރާނެ ކަމުގެ އުންމީދުގައި ޒުވާނުން ތިބި ކަމަށް ވެސް މެމްބަރު އަމީން ވަނީ ވިދާޅުވެފަ އެވެ.

ބިލަށް ބަހުސް ކުރަމުން މެމްބަރު ވަނީ ރާއްޖޭގެ ކުޅިވަރުގައި ކުރިއަށް ދެވެން އޮތީ އަތޮޅު ތެރެއަށް ކުޅިވަރު ފުޅާ ކޮށްގެން ކަމަށެވެ. މެމްބަރު ވިދާޅުވީ ހުރިހާ އެންމެން ހަމަހަމަ ވާން ޖެހޭނެ ކަމަށާއި، ބައިނަލްއަޤުވާމީ އިދާރާތަކުން މުޅި ރާއްޖެ އަށް ދެމުން އަންނަ އެހީތެރިކަން އަތޮޅު ތެރޭގެ ރަށްތަކަށް ނުލިބޭ ކަމަށެވެ. އެކަމުގެ އެންމެ ބޮޑު މިސާލެއް ފެނިގެން ދަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަމަށް މެމްބަރު ވިދާޅުވި އެވެ. އެގޮތުން އަތޮޅު ތެރޭގައި ހުންނަ ޒުވާނުންގެ މަރުކަޒަށް ހަވާލު ކުރާ ކުޅިވަރު ސާމާނު، އަތޮޅުގެ އެހެން ރަށްތަކަށް ނުލިބޭކަން މެމްބަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މާލޭގެ މަދަރުސާތަކަށް "އޮލަ ފުންޏަށް" ފުޓުބޯޅަ ކުޅޭ ބޯޅަ ލިބެން ހުންނައިރު، އަތޮޅު ތެރޭގެ ބެލެނިވެރިން ޖެހެނީ މަސައްކަތު ދުވަސް ފާހަގަކޮށްގެން ކުޅިވަރު ސާމާނު ހޯދަން ކަމަށް ވެސް މެމްބަރު ވަނީ ވިދާޅުވެފަ އެވެ. އޭރުގަ ވެސް ޤާނޫނުގައި އެ ހަމަހަމަކަމާއި، ކަންކަން ލިޔެފައި އޮންނަ ކަމަށް މެމްބަރު އަމީން ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި މެމްބަރު އަމީން ވިދާޅުވީ އަދިވެސް ކުޅިވަރުގެ ކަންކަމުގައި ސިޔާސީ ކުލަ ޖައްސައިފި ނަމަ، ކުޅިވަރުގައި ދާނީ ފަހަތަށް ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު ސިޔާސީ ނުކުރުމަކީ އަބަދު ވެސް ކޮންމެ ސަރުކާރަކުން އިސްކަން ދެމުން އަންނަ ކަމެކެވެ. ނަމަވެސް ވަކި ހިސާބަކުން ކުޅިވަރުގެ ކަންކަަމަށް ސިޔާސީ މީހުންގެ ނުފޫޒު ވަންނަ ކަމަށާއި، އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކުޅިވަރުގެ އެކި އެކި ބޭފުޅުން ވަނީ އެކި ފަހަރުގެ މަތިން ފާހަަގަކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު