Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނު އަސާސީ

އަވަސް އަރުވާލައިގެން ގަނޫނު އަސާސީ އަށް ބަދަލު ގެނައުން މަދަނީ ޖަމްއިއްޔާ ތަކުން "ހަރުކަށި އިބާރާތުން" ކުށްވެރިކޮށްފި

ބިލުގެ މަސައްކަތް ދިޔައީ މެންބަރުންގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރުމަށް ހުރަސް އެޅޭ ގޮތައް

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 08:24
ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

މަޖިލީހުގައި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމާއި، އަދި އެހާމެ އަވަހަށް ރައީސް މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވުން "ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް" ރާއްޖޭގައި މަސައްކަތް ކުރާ 11 މަދަނީ ޖަމްއިއްޔާ އަކުން ބުނެފައެވެ.

ޖަމްއިއްޔާ ތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިކަމަކީ ގާނޫނު އަސާސީ އިޞްލާޙު ގެނައުމުގެ މަރުޙަލާގައި އެއްވެސް ހާމަ ކަމެއް ނެތި، އަވަސް އަރުވާލައިގެން ގާނޫނުތައް ހެދުމުގައި ގެންގުޅޭ އިޖުރާއަތްތަކާއި، އުސޫލުތަކަށް ނުބެލުމާއި، އަސާސީ ދިމިގްރާތީ ހަމަތައް ހަނިކުރުމަށް ބާރުއެޅޭ ފަދަ ގޮތަކަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ މަސައްކަތް ހިނގައިދިޔައީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާ މާއްދާ އާ ޚިލާފަށް ކަމަށް ބަޔާނުގައިވެއެވެ.

"ރޭގަނޑު ނުރަސްމީ ގަޑިއެއްގައި ބިލު ހުށަހަޅައި، އޭގެ އަނެއް ދުވަހު ބިލު ފާސްކޮށް ތަސްދީގު ކުރުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިލު ދިރާސާކޮށް، ބިލާ މެދު އިލްމީ ބަހުސެއް ކުރުމަށާއި، މެންބަރުންގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރުމަށް ހުރަސް އެޅުނު ކަމެއް ކަމަށް" ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލު މަޖިލީހުން ބަލައިގަނެ، ފާސްކޮށް، ތަސްދީގުކޮށްފައިވާ މުއްދަތަކީ މިފަދަ އިސްލާހަކަށް ބޭނުންވާ މުއްދަތެއް ކަމުގައި ރައްޔިތުންނަށް ގަބޫލު ކުރުމަކީ ދަތިކަމެކެވެ." ބަޔާނުގައި ވެއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭ ގޮތުން 11 ޖަމްއިއްޔާ އަކުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ ރޭގަނޑުގެ ނުރަސްމީ ގަޑިއެއްގައި ބިލު ހުށަހަޅައި، އޭގެ އަނެއް ދުވަހު ބިލު ފާސްކޮށް ތަސްދީގު ކުރުކަމީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިލު ދިރާސާކޮށް، ބިލާއި މެދު އިލްމީ ބަހުސްއެއް ކުރުމަށާއި މެންބަރުންގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ހުރަސްއެޅުނު ކަމެއް ކަމަށެވެ.

ގާނޫނު އަސާސީއަށް ގެނެވޭ ކޮންމެ އިސްލާހަކީ މުޅި ދައުލަތް ހިންގުމުގައި އަދި ރައްޔިތުންގެ އެތައް އަސާސީ ހައްގުތަކަކަށް އޭގެ ސަބަބުން އަސަރުކުރުމުގެ ފުރުސަތު އޮންނަ އިސްލާހަކަށް ވުމާއެކު ދުސްތޫރީ އިސްލާހުތަކަކީ އޭގެ ސަބަބުން ހުރިހާ ރައްޔިތުންނަށް އަސަރުކުރާނޭ އިސްލާހުތަކަކަށް ވުމާއެކު ހިންގުމުގެ ނިޒާމު ކަނޑައަޅާ އަސާސް ކަމަށް ވާއިރު، މި އިސްލާހުތައް ފުރިހަމައަށް މުރާޖާކޮށް ބަހުސްކުރުމުގެ ފުރުސަތު ކޮންމެ މެންބަރަކަށާއި މަދަނީ ޖަމްއިއްޔާތަކަށް އަދި އާންމު ރައްޔިތުންނަށް ވެސް ލިބި އަދި މާނަހުރި ބަހުސެއް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނޭ ކަމަށް ޖަމްއިއްޔާތަކުން ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

އަދި ރައްޔިތުންގެ މަންދޫބުންނަށް މާނަ ހުރި ބަހުސެއް ކުރުމަށް ތައްޔާރުވުމުގެ ފުރުސަތާއި ގާނޫނު އަސާސީ އަށް ގެނެވޭ ބަދަލަކާއި ގުޅިގެން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މަދަނީ ޖަމްއިއްޔާތަކަށާއި ރައްޔިތުންނަށް ނުލިބުމަކީ ދިމިގްރާތީ އުސޫލުތަކުގެ ދަށުން ހިޔާލު ބަދަލުކުރުމަށް ހުރަސްއެޅިގެން ދިޔަކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފައެވެ. ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ) ގައި ވާގޮތުން ބަންޑާރާނައިބުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާ އާއި، އާންމު މިނިވަންކަން ދިފާޢު ކުރުމަށް ބަންޑާރާނައިބު މަސައްކަތް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އެހެންކަމުން މިފަދަ މުހިންމު އިސްލާހުތަކާބެހޭ ގޮތުން ރައްޔިތުންގެ ހިއްސާ ކަށަވަރު ކުރުމަށް ބަންޑާރަނައިބުގެ ފަރާތުން ފެންނާންޖެހޭ އިޖުރާއީ ހަރުދަނާކަން ނުފެނުމަކީ ކަންބޮޑުވުން އުފެދޭކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

"އަދި މިއީ ސަރުކާރު ހިންގުމުގެ ޒިންމާ އޮތް ފަރާތުން މިފަދަ ގާނޫނީ އިސްލާހުތަކެއް ގެނައުމުގައި ނަޒާހަތްތެރިކަން ފެންނާން ނެތުމުގެ ކަންބޮޑުވުން ވެސް އުފެދޭ ކަމެކެވެ."

ގައުމީ ތަރައްގީގެ ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުވުމުގެ ބާރު، ހަމައެކަނި ރައީސުލްޖުމުހޫރިއްޔާ އަށް ލިބިދޭ ގޮތަށް ގާނޫނު އަސާސީ އަށް މާއްދާއެއް އިތުރުކޮށް، ގެނެވުނު އިސްލާހަކީ ވެސް ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލްތަކުގެ ދައުރު ލާޒިމް ކުރެވިފައިވަނީ، ލާމަރުކަޒީ އުސޫލުން ގިނަ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާއާއި އެކު ތަރައްގީގެ ކަންކަން ނިންމުމުގެ ނިޔަތުގައިކަން ފާހަގަ ކުރަމުން، ބަޔާނުގައި ބުނެފައިވަނީ "ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ގައުމީ ތަރައްގީގެ ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުމުގެ ފުރިހަމަ ބާރު ލިބިގެން ދިއުމަކީ ދިމިގްރާތީ އުސޫލުތަކުން ބާރުއަޅާ ބާރުތައް ވަކި ކުރުމުގެ އުސޫލުތަކާއި ބީރައްޓެހި އަދި ރާއްޖޭގެ ދިމިގްރާތީ ތަރައްގީ އަދި ދަތުރުގައި މުހިންމު ދައުރެއް އަދާކުރި ލާމަރުކަޒީ ނިޒާމެއް ބައްޓަން ކުރުމަށް އެކި ސަރުކާރުތަކުން ކުރެވިފައިވާ މުހިންމު މަސައްކަތްތަކާއި ދުރަށް ދިއުން،" ކަމަށެވެ.

ޖަމްއިއްޔާތަކުން ވަކިން ކަންބޮޑުވާ އިސްލާހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީން އިސްތިއުފާ ދީފިނަމަ ނުވަތަ ވަކިކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އޮތުމާއި، މިނިވަން މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ އެ މެންބަރެއް ގޮނޑި ގެއްލޭނެ ކަމަށް ފާސްކުރުން ވަނީ ފާހަގަ ކޮށްފައެވެ.

ޖަމްއިއްޔާ ތަކުން ބުނެފައިވަނީ މިމާއްދާތަކުގެ ސަބަބުން މަންދޫބުން އިހްތިޔާރު ކުރުމުގެ މައިގަނޑު ޑިމޮކްރެޓިކް އުސޫލަށް އުނިކަން އައުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސިޔާސީ މިނިވަންކަމަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް މެންބަރުން ވަކިކުރުމުގެ ބާރު ދީފިނަމަ، އަމިއްލަ ވިސްނުމަކަށް ނުވަތަ އެ މެންބަރަކު އިންތިހާބުވި ދާއިރާގެ މަސްލަހަތަށް ބެލުމެއް ނެތި، އެ ޕާޓީން ތާއީދުކުރާ ކޮންމެ ކަމަކަށް ވޯޓު ދޭން މެންބަރުންނަށް މަޖުބޫރު ވެގެންދާނެ ކަމަށާއި، އަދި މެމްބަރުންނަށް ގޮނޑި ގެއްލުމުގެ ބިރެއް ނެތި ޕާޓީގެ ވިޕްލައިނާ ދެކޮޅަށް ވޯޓު ދިނުމުގެ ފުރުސަތު ނަގާލެވޭ ކަމުގައެވެ.

"އޭގެ ސަބަބުން ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ބަލިކަށިވެ އިންތިހާބު ކުރެވިފައިވާ މަންދޫބުންގެ އަޑު ކަނޑުވާލައި އެ މަންދޫބުން އިންތިހާބުކުރި ދާއިރާތައް ތަމްސީލުކުރުމަށް ހުރަސްއެޅިގެން،" ދާނެ ކަމަށް ބަޔާނުގައި ވެއެވެ.

މެންބަރުން ސިޔާސީ މަންފާއަށް ޕާޓީ ބަދަލުކުރުމަކީ މެންބަރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލުކުރެވޭ އަދި ކޮރަޕްޝަނަށް ދޮރު ހުޅުވޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މިކަންކަން ހުއްޓުވުމަށް ގާނޫނުއަސާސީ އިސްލާހުކޮށް ވަކި ބަޔަކަށް ބާރުތަކެއް ދިނުމުގެ ބަދަލުގައި އެންޓި-ކޮރަޕްޝަން ގާނޫނީ އޮނިގަނޑު ހަރުދަނާކޮށްގެން މިމައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެވިދާނޭ ކަމެއްކަމުގައި ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

ޖަމްއިއްޔާތަކުގެ ބަޔާނުގައި ގާނޫނުއަސާސީ އަށް ގެނެވޭ ބަދަލަކީ ރައްޔިތުންގެ މަޖިލީހުގައި ދިމިގްރާތީ ހަމަތަކާއި ގާނޫނީ އުސޫލުތަކަށް ބޯލަނބައިގެން ގެނެވޭ ބަދަލެއް ކަމުގައި ހެދުމަށް "ހަރު އަޑުން" ވަނީ ގޮވާލާފައެވެ.

އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ ގޮތެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ބައިވެރިވުން ފުރިހަމަ ގޮތެއްގައި ޔަގީން ކުރުމާއި، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވުމުގެ އަސާސްތައް ދެމެހެއްޓުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ޖަމްއިއްޔާ ތަކުން ވަނީ ގޮވާލާފައެވެ.

ގާނޫނު ހެދުމުގެ މަރުހަލާތައް ރައްކާތެރިކުރުމުގެ ގޮތުން އެކުލަވާފައިވާ ހަމަތަކާއި އިޖުރާއަތްތަކުގެ ބޭރުން ގާނޫނު ހެދުމުގެ މަސައްކަތްތައް ކުރުމަކީ ގާނޫނު ހެދުމުގެ މަރުހަލާތަކުގެ ނަޒާހަތްތެރިކަން ގެއްލުވާލާ, ގާނޫނު ހަދާ މަޖިލިހަށާއި ހިންގުމުގެ ނިޒާމަށް އޮންނަ އިތުބާރު ކުޑަވެގެންދާނޭ ކަމެކެވެ.

އަދި ގާނޫނު ހެދުމުގައި މިފަދަ ހަމަތަކުގެ ބޭރުން ގާނޫނު ހަދުމުގެ ސަގާފަތެއް އުފެދިއްޖެނަމަ މިއީ ގާނޫނު ތަކަށް އިސްލާހު ގެންނަ އަސްލު މަގުސަދު އޮޅި، ދައުލަތުގެ ހާމަކަމާއި ޒިންމާދާރުކަމާއި މެދު ސުވާލު އުފެދޭ، އަދި ކޮރަޕްޝަނަށް މަގުފަހި ކުރުމާއި ގާނޫނުއަސާސީގެ ރޫހާ ސީދާ ހިލާފަށް ބާރުތައް އެއްކުރުމަށް ކުރެވޭ މަސައްކަތްތަކެއް ގޮތުގައި ދެކޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ފެހި ގާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

05 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

04 ފެބުރުއަރީ 2025
މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

30 ޖެނުއަރީ 2025
އެތައް ބައެއްގެ ޤުރުބާނީން ހޯދި ޑިމޮކްރަސީ ފަހަތަށް ސޮއްސާލާއިރު، ތިބެންވީ ބަލަހައްޓައިގެން؟

އެތައް ބައެއްގެ ޤުރުބާނީން ހޯދި ޑިމޮކްރަސީ ފަހަތަށް ސޮއްސާލާއިރު، ތިބެންވީ ބަލަހައްޓައިގެން؟

07 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު