Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނު އަސާސީ

މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ޤާނޫނުއަސާސީ އަށް ގެނައި ބަދަލު ތަޞްދީޤު ކުރައްވައިފި

ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީ ގެ މެންބަރުންގެ އިތުރުން އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން

ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 17:21
ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ބުދަ ދުވަހު ތަސްދީޤުކުރައްވައިފިއެވެ.

ގާނޫނު އަސާސީ އަށް މި ގެނައި ބަދަލު ތަސްދީގު ކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލު ކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ މެމްބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި ޕާޓީއަކާ ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެއެވެ.

Advertisement - newsAdvertisement

ވެރިކަންކުރާ ޕީއެންސީގެ މެމްބަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ ބުދަ ދުވަހުގެ ހެނދުނެވެ.

ޤާނޫނު އަސާސީ އަށް ބަދަލު ގެންނަން ހުށަހެޅި ބިލު 69 މެންބަރުންގެ ވޯޓުން މަޖިލީހަށް ބަލައިގަންނަން ފާސް ކުރީ ބުދަ ދުވަހުގެ މެންދުރު ކުރިންނެވެ.

ބިލުގެ މަސައްކަތް އަވަސް ކުރުމަށް ކަމަށް ބުނެ ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލުގައި ހިނގަމުންދާ މަޖިލީހުން ނިންމީ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ.

އެއާއެކު މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ފަށާ، މުޅި މަޖިލީހުގެ ކޮމިޓީގައި ނެގި ވޯޓުގައި ބިލު ފާސް ކުރަން ހާޒިރުވެ ތިބި 89 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓުދިނެވެ. ބިލު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 13 މެންބަރުންނެވެ.

ކޮމިޓީގެ މަސައްކަތް ހަލުއި ސްޕީޑުގައި ނިންމާ މަޖިލީހުގެ ޖަލްސާ އިރު އޮއްސުމާ ގާތްވެފައި ވަނިކޮށް އަލުން ފަށާ، ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދިން އިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 13 މެމްބަރުންނެވެ.

ތަޅުމުގައި ބިލު ފާސް ކުރަން ނެގި ވޯޓުގައި ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީ ގެ މެންބަރުންގެ އިތުރުން އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން އެވެ.

ސަރުކާރުން ގާނޫނު އަސާސީ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން މެމްބަރުކަން ގެއްލޭ ގޮތް ހެދުމާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ކަނޑައެޅުމާއި، ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅުން ހިމެނެއެވެ.

ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލުގެ މަސައްކަތައް މަޖިލީހުގައި ހޭދަވެފައިވަނީ ގާތްގަނޑަކަށް ނުވަ ވަރަކަށް ގަޑީއިރުއެވެ.

ރައްޔިތުންގެ އެއްވެސް މަޝްވަރާ އެއް ނެތި، އަދި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް އެއްވެސް ފުރުސަތެއް ނުދީ، ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މުއިއްޒުގެ ސަރުކާރުން އުޅުމުން އެކަމާ ދެކޮޅަށް "ގާނޫނު އަސާސީގެ ދިފާއުގައި" ރައްޔިތުންގެ މަޖިލިސް ހުންނަ ސަރަހައްދަށް އެމްޑީޕީގެ މެމްބަރުން ވަނީ ބުދަ ދުވަހުގެ މެންދުރު ފަހު އެއްވެ އިހްތިޖާޖު ކޮށްފައެވެ. މި އިހްތިޖާޖަށް ހުރަސް އެޅުމަށް ސަރުކާރަށް ތާއީދު ކުރާ ބަޔަކު ވަނީ އެތަނަށް ގޮސް ހަމަ ނުޖެހުން އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ފެހި ގާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

05 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

04 ފެބުރުއަރީ 2025
މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

30 ޖެނުއަރީ 2025
އެތައް ބައެއްގެ ޤުރުބާނީން ހޯދި ޑިމޮކްރަސީ ފަހަތަށް ސޮއްސާލާއިރު، ތިބެންވީ ބަލަހައްޓައިގެން؟

އެތައް ބައެއްގެ ޤުރުބާނީން ހޯދި ޑިމޮކްރަސީ ފަހަތަށް ސޮއްސާލާއިރު، ތިބެންވީ ބަލަހައްޓައިގެން؟

07 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު