Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނޫ އަސާސީ

"އެންޓި ޑިފެކްޝަން" މާއްދާތަކުގެ ސަބަބުން މަޖިލިސް ގެ ބާރުކެނޑި "ޑިސްފަންކްޝަނަލް" ވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

އެންޓި ޑިފެކްޝަން މާއްދާ ތަކުގެ ސަބަބުން "ރައްޔިތުންގެ ބާރު" ނުވަތަ" ނުވަތަ "ރައްޔިތުންގެ ސިޔާދަތު" ގެއްލޭނެ

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 14:09
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ކ)

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ކ)

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބުދަ ދުވަހު ކުއްލި ގޮތަކަށް ގެނެވުނު އިޞްލާޙުގައި، "އެންޓި ޑިފެކްޝަން"އާ ގުޅޭގޮތުން ކަނޑައަޅައިފައިވާ ނައްޞު ތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ "ރައްޔިތުންގެ ބާރު" ނުވަތަ "ރައްޔިތުންގެ ސިޔާދަތު" ގެއްލޭގޮތަށް ފަރުމާކުރެވިފައިވާ ނައްޞުތަކެއް ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޑރ. އަބްދުﷲ ދީދީ މީސްމީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ސިޔާދަތުގެ މަބްދަ އަކީ ޙަޤީޤަތުގައި އެ މަބްދަ އާ ޚިލާފަށް ޤާނޫނުއަސާސީ އަށް ވެސް ބަދަލު ނުގެނެވޭނޭ "ސުޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލް އެއްކަމުން، އެ މަބްދަ އާ ތަޢާރުޟު ވާގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި ކަނޑައެޅޭ ކޮންމެ ނައްޞަކީ އެއަށް "ކޮންސްޓިޓިއުޝަނަލް ލެޖިޓިމެސީ" ލިބިގެންވާ ނައްޞެއްކަމުގައި ނުބެލެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

މިއާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާފައިވާ ގޮތުގައި ބައެއް މަލްޓި ޕާޓީ ސިސްޓަމްތަކުގައި "ފްލޯރ ކްރޮސިންގ" މަނާކުރުމުގެ ގޮތުން ޤާނޫނުތަކެއް ހެދިފައި ވިނަމަވެސް، "އެންޓި ޑިފެކްޝަން" ޤާނޫނު ތަކަކީ ކުރިއަރާފައިވާ ގިނަ ޑިމޮކްރަސީތައް ބަލައިގަންނަ އެއްޗެއް ނޫނެވެ.

"އެންޓި ޑިފެކްޝަން" ޤާނޫނު ތަޠްބީޤު ކުރާ ބައެއް ނިޒާމުތަކަކަކީ "ބަރްލަމާނީ" ނުވަތަ "ސެމީ ބަރްލަމާނީ" ނިޒާމު ތަކަކަށް ވާއިރު، އޭގެ މައިގަނޑު މަޤްޞަދަކީ، އެފަދަ ނިޒާމުތަކުގައި ޕާރލަމެންޓަރީ މެޖޯރިޓީ ގެއްލުމުގެ ސަބަބުން ސަރުކާރުގެ ދެމިއޮތުމަށް ހުރަސް އެޅިގެން ދާތީ އެކަމަށް ޙައްލު ހޯދުން ކަމުގައި ވާއިރު، ދިވެހިރާއްޖޭގެ ޖުމްހުމްހޫރިއްޔާ ފަދަ ރިޔާސީ ނިޒާމެއްގައި ސަރުކާރު އުފަންވަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި ސަރުކާރުގެ ވުޖޫދާއި އަދި ދެމިއޮތުމާ ދެމެދު އޮންނަންޖެހޭ އެއްވެސް ދުސްތޫރީ ގުޅުމެއް ނެތް ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގައި "އެންޓި ޑިފެކްޝަން" ގެ އުޞޫލުތަކެއް މިގެނެވުނު ދުސްތޫރީ އިޞްލާޙުގައި ބަޔާން ކުރެވިފައިވާ ގޮތަށް ކަނޑައެޅިގެން ދިއުމުން، ރައްޔިތުންގެ މަޖިލީހަކީ އެމަޖިލީހާ ޤާނޫނުއަސާސީން މަތިކޮށްފައިވާ އިޚްތިޞާޞްތައް ފުރިހަމަޔަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އައިސް، އެ މަޖިލިސް"ޑިސްފަންކްޝަނަލް" ބާރަކަށް ބަދަލުވެގެން ދިއުމުގެ އިޙުތިމާލު ވަރަށް ވެސް ބޮޑު ކަމަށެވެ.

"އެބްނޯރމަލް" އިޖްރާއާތު ތަކެއްގެ ދަށުން ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމަކީ ތަހްޒީބު މުޖުތަމަޢެއްގައި ކަން ހިނގައިގެންވާނެ ގޮތްކަމުގައި ނުވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް ބުދަ ދުވަހު ގެނެވުނު އިޞްލާޙު ފާސް ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ބެސްޓް ޕްރެކްޓިސްއަށް ތަބާވުމަކާ ނުލައި، އެއްދުވަސް ތެރޭގައި އިޞްލާޙު ހުށަހަޅައި، އިޞްލާޙަށް ބަޙްޘުކޮށް، އިޞްލާޙު ފާސް ކޮށްފައިވަނީ ނޭދެވޭ ނުފޫޒުގައި ޖެހުން ފިޔަވައި އެހެން އެއްވެސް ޟަރޫރަތެއް އޮވެގެން ކަމަކަށް ޤަބޫލުނުކުރެވޭ ކަމަށްވެސް އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި "ޑައިރެކްޓް ޑިމޮކްރަސީ" އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން "ރިކޯލް ރެފްރެންޑަމް" ތަޢާރަފް ކޮށް އިންތިޚާބީ މެންބަރުން ވަކިކުރުމުގެ ބާރު އިންތިޚާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދިނުމާއެކު، ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ މުހިއްމުކަން މިހާރުވަނީ އިތުރުވެފައި ކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފެހި ގާނޫނުއަސާސީމަޖިލިސް20

ކޮމެންޓް

އިތުރަށް ކިޔާލަން

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

14 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު