Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރިންނަށް ހެޔޮ މުސްތަގުބަލު ހޯދައިދިނުން

ދަރިންނަށް ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅުކަންކަމުން ސަލާމަތްވެގެން - ރައީސް

ޙާލުގެ ދުލުން އެދެމުން ދިޔައީ ޤައުމުގެ ދަރިން، ވޭޕްގެ ވަބާއިން ސަލާމަތް ކޮށްދިނުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޑިސެމްބަރު 2024 | އާދީއްތަ 08:41
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ދަނގެތީގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ދަނގެތީގައި

ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި ތަފާތު އެތައް ކަމަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ނަމަވެސް ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ އެކަމަކުން ސަލާމަތްވެވޭނެ ކަމަށާއި، ރޭ 00:00 އިން ފަށައިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވޭޕްގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ތަންފީޒު ކުރަން ފެށުމީ އެފަދަ މިސާލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. އދ. މަހިބަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން އިލެކްޓްރޯނިކް ސިނގިރޭޓުގެ ނުވަތަ، ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ޤާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ކަމަށާއި، ނަމަވެސް، އެކަމުގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށެވެ. އަދި ޙާލުގެ ދުލުން އެދެމުން ދިޔައީ ޤައުމުގެ ދަރިން، ވޭޕްގެ ވަބާއިން ސަލާމަތް ކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ މުޖުތަމަޢުތަކަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައި ވާ މުޖުތަމަޢުތަކަކަށް ހަދަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާއެކު ތިބެގެން މެނުވީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޤައުމަށްވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އާދަވެ، އަށަގަނެފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވެގެން ހޯދޭ ތަރައްޤީވެސް ހާސިލުކޮށްގެން ކަމުގައެވެ. އެގޮތުން، ޙަޤީޤީ ތަރައްޤީއަކީ ލޮލަށް ފެނި، އަތުން ހިފޭ ތަރައްޤީ އެކަނި ނޫންކަން ތަކުރާރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މައުނަވީ ތަރައްޤީއެއް ލިބެން އޮތީ މި ދެންނެވި ޢުމްރާނީ ތަރައްޤީއާއެކު، ލޮލަށް ނުފެންނަ، ފިކުރީ، އިންސާނީ ތަރައްޤީވެސް ހާސިލުކުރެވިގެން ކަމުގައެވެ.

މުޖުތަމަޢުގައި ފެތުރިފައި އޮތް ނުރަނގަޅު އާދަތަކުން ސަލާމަތްވެވެން އޮތީ ޢަޒުމާއެކު މަސައްކަތްކޮށްގެން ކަމަށާއި، ޤާނޫނުތަކެއް ހުއްޓެއްކަމަކު ފޫނުބެދޭ އެތައް ކަމެއް އެ މޭރުމުން ހުރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބަޔަކު ކުށްވެރި ކުރުމަކީ އަދުގެ ސަރުކާރުން އެދޭ ގޮތް ނޫން ކަމަށާ، ބޭނުންފުޅުވަނީ މަސްތުގެ ބަވާއާއި އެ ނޫންވެސް ގޮތްގޮތުން ކުށުގެވެށީގައި ބަނދެވިފައިވާ މީހުން އެކަންކަމުން ސަލާމަތްކޮށް، ހަމަމަގަށް އެޅުވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ނުބައި ނިޔަތުގައި އެފަދަ ވަބާތައް ފަތުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ލިބެންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ފިކުރީ ގޮތުން އަންނަ ތަރައްޤީއަށް ރައްޔިތުންވެސް ބޭނުންވާނެ ކަމަށާ، މިފަދަ ކަންކަން ޙައްލުކުރުމަށް އެންމެން އެކަތިގަނޑަކަށްވެ، ޤައުމީ ވިސްނުމެއްގައި އަތުކުރި އޮޅާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ. އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއް ކަމަށްވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ޔަޤީންކޮށްދެއްވާފައެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެންނަވައި، ނޮވެމްބަރ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ބިލުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން، ޑިސެމްބަރ 15، 2024 އިން ފަށައިގެން މަނާވީއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމަހިބަދޫވޭޕް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު