Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޚިދުމަތް

ފުލުހުންގެ އައިއޯއިންނަށް ރައްޔިތުން ކުރާ އިތުބާރު ކުރިއަށް އޮތްތަނުގަ އިތުރުވާނެ: ސީޕީ

19 ނޮވެމްބަރު 2024 | އަންގާރަ 14:50

ސީޕީ ވިދާޅުވިގޮތުގައި އައިއޯ އިން މިހާރުވެސް ހިއްސާކުރަންޖެހޭ މައުލުމާތުތައް މައްސަލަ ހުށަހަޅާ ފަރާތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހިއްސާކުރަމުންދޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ނޮވެމްބަރު 2024 | އަންގާރަ 14:50
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު

އިންވެސްޓިގޭޝަން އޮފިސަރުންނަށް ރައްޔިތުން ކުރާ އިތުބާރު ކުރިއަށް އޮތްތަނުގަ މިހާރަށް ވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފާއިތުވި އެއް އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާސިލްކުރި މުހިންމު ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރައްވާ ސީޕީ ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ވާނުވާ ނޭނެގޭ މައްސަލައަކީ ރައްޔިތުންގެ ހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަމާޒަކީ މައްސަލަ ބައްލަވާ އައިއޯ އިން މަދުވެގެން 14 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތައް ގުޅާ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭ މިންވަރަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވީ މިހާރުވެސް ބައެއް އަތޮޅުތަކުގައި އެގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އައިއޯ އިން މިހާރުވެސް ހިއްސާކުރަންޖެހޭ މައުލުމާތުތައް މައްސަލަ ހުށަހަޅާ ފަރާތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހިއްސާކުރަމުންދާ ކަމަށާއި ނަމަވެސް އޭގެ ފަހުން އެ މައްސަލައިގައި ވާނުވާ ނޭނގޭ މައްސަލައަކީ ތަކުރާރުވާ ކަމެއް ކަމަށެވެ.

ސީޕީ ވިދާޅުވީ އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު އަނެއްކާވެސް އިތުރުވެގެންދާނެ ކަމަށެވެ.

ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ފުލުހުންގެ މަސައްކަތުން ދައްކާދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފުލުހުންނަކީ އެންމެ އަވަހަށް ރައްޔިތުންނާ ގާތުން ޚިދުމަތް ދޭނެ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި ކުރި މަސައްކަތްތައް ފާހަގަކުރައްވާ ސީޕީ ވަނީ އަތޮޅު ކައުންސިލްތަކުންނާއި އަދި އާންމު ގިނަ ރައްޔިތުންނާ ފާއިތުވި އެއް އަހަރުގެ ތެރޭގައި ބައްދަލުވި ކަމަށް ވިދާޅުވެފައެވެ.

އެކިއެކި ބައްދަލުވުންތަކުގައި ރައްޔިތުން ފުލުހުންނާ ދޭތެރޭ ދެކޭގޮތް އޮޅުން ފިލުވައިވާފައިވާނެ ކަމަށާއި އެއިން ކޮންމެ ބައްދަލުވުމެއްގައިވެސް އެނގި ހާމަވެގެންދިޔައީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ މިންވަރު ކަމަށް ސީޕީ ވިދާޅުވިއެވެ.

މިކަމުން ހާސިލްވެގެންދިޔަ އެއް ކަމަކީ ކުށްކުރުމުގެ ފުރުސަތު ހަނިވެގެންދިޔަކަން ކަމަށާއި މަސައްކަތުގެ ނަތީޖާ ފެންނަނީ ވަރަށް ފޮނިކޮށް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ޕޮލިސްޕޮލިސް ކޮމިޝަނަރ، އަލީ ޝުޖާއު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް