Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރަށް އިތުބާރު ނެތުން

މި ސަރުކާރުގެ ވެރިން ގައުމުތަކަށް ގޮސް ރީތިކޮށް ވާހަކަދެއްކިޔަސް، އެމީހުންނަކީ އެތެރެ ގޯސް، ހަސީލަތް ނުބައި އިތުބާރު ނުކުރެވޭ ބައެއްކަމަށް ގައުމުތަކުން ދެކޭ - ޝާހިދު

އިންޑިއާއާ ދެތެރޭގައި މި ސަރުކާރުން އަމަލުކުރި ގޮތުން ދުނިޔޭގެ އެހެން ގައުމުތަކުން މި ސަރުކާރާއި އޮތް ގުޅުން ހީނަރުވެގެން ދިޔަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ނޮވެމްބަރު 2024 | އަންގާރަ 03:32
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މި ސަރުކާރުގެ ވެރިން ގައުމުތަކަށް ގޮސް ރީތިކޮށް ވާހަކަދެއްކިޔަސް، އެމީހުންނަކީ އެތެރެ ގޯސް، ހަސީލަތް ނުބައި އިތުބާރު ނުކުރެވޭ ބައެއްކަމަށް ގައުމުތަކުން ދެކޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ ހިތާމައާއެކު ދަންނަވަން ޖެހޭނީ އެއިރު ދައްކަވަމުން ގެންދެވި ވާހަކަ މިއަދު ހަގީގަތަކަށް ވެގެންދިއުން ކަމަށެވެ. އެއިރުވެސް ދަންނަވަމުން ގެންދެވީ މަގުމަތީގައި އިދިކޮޅުގައި ތިއްބަވައިގެންވެސް ހާރިޖީ ސިޔާސަތުގެ ވާހަކަ ދައްކަވަން ޖެހޭނީ ޒިންމާދާރުކަމާއެކުގައި ކަމަށެވެ. ރައީސްކަން ލިބިވަޑައިގެން މޭޒުކޮޅުގައި އިންނަވާއިރު މަންޒަރު ތަފާތުވާނެ ކަމަށާއި، މިއަދު ވެފައި އޮތްގޮތަކީ އެއީ ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ޕީޕިއެމްޕީއެންސީގެ މުޅި ފިކުރަކަށް ވެފައިވަނީ ދުނިޔޭގެ ގައުމުތައް، އެއްގައުމު އަނެއްގައުމާއި ތޮޅުވައިގެން، އެދޭތެރޭގައި ވެސް ފިތުނަ އުފައްދައިގެން އޭގެ ތެރެއިން ގޮތްގޮތް ހޯދުން ކަމަށެވެ. ޝާހިދު ވިދާޅުވީ ބޮޑު އެއްގައުމެއްގެ ތާއިދު ހޯއްދަވާނެކަމަށް ހިތާ އެހެންގައުމަކަށް ކުޑައިމީސްކޮށް ބަސްބުނެ ވެރިންނާއި ދިމާލަށް ހިތުހުރި އެއްޗެއް ބުނެ މާލި ހަދައިގެން މަގުތަކަށް ނުކުމެ ހުރިހާ ސަކަރާތެއް ޖެހީމަ އިތުބާރު ގެއްލޭނީ ހުރިހާ ގައުމެއްގެ ކުރިމަތީގައި ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހާރިޖީ ސިޔާސަތަށް ބަލާއިރު، ރާއްޖޭގެ ހާރިޖީ ލަނޑުދަނޑިތަކުގެ އެންމެ ކުރީގައި އޮތީ ގައުމީ ސަލާމަތާއި ސިޔާދަތު ކަމަށެވެ. އަދި މި ދެކަންތައް ހާސިލްކުރުމަށް ގައުމުތަކުގެ ތެރޭގައި ގުޅުން ރަނގަޅުކޮށް، އިތުބާރު ހިފޭގޮތަށް ބޮޑެތި ގައުމުތަކާއި ވާހަކަދައްކައިގެން ސުލްހަ ބަލަހައްޓާ ވާހަކަ ކަމަށެވެ.

އެގޮތަށް ދެން އޮންނަނީ އިގްތިސާދުގެ ވާހަކަ ކަމަށާއި، ދެން އޮންނަނީ ސަރަހައްދީ ގުޅުން ކަމަށެވެ. މިއީ އަލަށް އެކުލަވާލެވުނު ފޮރިން ޕޮލިސީއެއް ނޫން ކަމަށާއި، މިއީ ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ ގޮތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިންޑިއާއާއި ދެތެރޭގައި މި ސަރުކާރުން އަމަލުކުރި ގޮތުން ދުނިޔޭގެ އެހެން ގައުމުތަކުން މި ސަރުކާރާއި އޮތް ގުޅުން ހީނަރުވެގެން ދިޔަ ކަމަށެވެ.

ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު،މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު