Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަލަރ ލޭންޑް

ކަލަރ ލޭންޑްގެ ބިޓެކް ސެމިނާ - ކުލަ އާއި ބެހޭ ކޮންސަލްޓޭޝަން އަދި ފައިނޭންޝަލް ޕެކޭޖްގެ މައުލޫމާތު އެއްތަނަކުން!

އާއްމުންނަށް ވެސް މި ހަރަކާތް މެދުވެރިކޮށް ކަލަރލޭންޑްގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މި ހަރަކާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:30 އާ ހަމައަށެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2024 | ހޮނިހިރު 09:19
ބިޓެކް މޯލްޑިވްސް 2024 ސެމިނާގެ ތެރެއިން

ބިޓެކް މޯލްޑިވްސް 2024 ސެމިނާގެ ތެރެއިން

ކުލަ އާއި ބެހޭ ކޮންސަލްޓޭޝަން އަދި ޕެކޭޖްގެ މައުލޫމާތު ހިމެނޭހެން ރާއްޖޭގައި ކުލަ އާއި ދަވާދުގެ ވިޔަފާރީގައި މަޝްހޫރު ކަލަރ ލޭންޑްގެ ބިޓެކް ސެމިނާ ކާމިޔާބުކަމާއި އެކު ފަށައިފިއެވެ.

ސެމިނަރ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، ޕްރޮޖެކްޓްތަކަށް ހޭދަކުރާ ފައިސާ ރަނގަޅު ގޮތުގައި ހޭދަކުރެވޭނީ އެކަމުގެ ތަޖުރިބާ ހުރި މީހުންގެ އަތުން ޕްރޮޖެކްޓަށް ބޭނުންވާ ކުލަ ފަދަ ސާމާނުތައް ގަނެގެން ކަމަށެވެ.

Advertisement - businessAdvertisement

ޕްރޮޖެކްޓެއް ފެށުމުގެ ކުރިން އެ ޕްރޮޖެކްޓް ކުރިއަށް ދަނީ ކޮން ތަނެއްގައިތޯ ބަލާ، އެ ތަނަކަށް ޚާއްސަ އެކަށީގެންވާ ކުލަ ބޭނުންކުރުން މުހިންމު ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާއްމުގޮތެއްގައި ޕްރޮޖެކްޓެއްގެ ޑިއުރޭޝަންއަކީ 50 އަހަރާއި 70 އަހަރުކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ތަޖުރިބާކާރުންގެ އަޑު އަހައިގެން ޕްރޮޖެކްޓްގެ މަސައްކަތް ކޮށްފިކަމަށް ވާނަމަ އަހަރަކު އެއްފަހަރު ކުލަލުމުގެ ބަދަލުގައި 5 އަހަރުގެ ތެރޭގައި އެއް ފަހަރު ކުލަލާން ޖެހޭ ވަރަށް ކަންކަން ބަދަލުކުރެވިދާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ އެއީ ޚަރަދުތައް ވެސް ސަލާމަތްކުރެވޭނެ ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްއެންޔޫ ސެންޓްރަލް އެޑިޓޯރިއަމްގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެ ސެމިނަރ އާއި ގުޅޭގޮތުން ކަލަރލޭންޑްގެ މާރކެޓިން ޓީމާއި ހަވާލުވެ ހުންނެވި ހަސަން ޒަމީރު ވިދާޅުވީ މި ހަރަކާތަކީ ބިޓެކް މޯލްޑިވްސްގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތުގެ ތެރެއިން ބިޓެކްގެ މައުލޫމާތު ދަރިވަރުންނަށާއި، އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސްޓޭކް ހޯލްޑަރުންނަށް ހޯދައިދިނުމަކީ އެ ހަރަކާތުގެ މަޤްސަދެއްކަމަށް އޭނާ ވިދާޅިވިއެވެ. މި ހަރަކާތުގެ ތެރެއިން ކަލަރ ލޭންޑްގެ ޕްރޮޑަކްޓްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަލަރލޭންޑްގެ ސޭލްސް އެންޑް ކްރެޑިޓްގަ މަސައްކަތްކުރައްވާ އަލީ ފަޔާޒް ވިދާޅުވީ މި އިވެންޓް މެދުވެރިކޮށް ހިލޭ ކޮންސަލްޓޭޝަންގެ ޚިދުމަތް ދިނުމުގެ އިތުރުން ފައިނޭންޝަލް ސްކީމްތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ. މިހާރުވެސް އެމްއެފްއެލްސީ އަދި އެމްއައިބީ އުޖާލާ ސްކީމްގެ ތެރެއިން ކޮލިޓީ ޕްރޮޑަކްޓްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އިމާރާތްތަކުގެ ބޭރު، ނުވަތަ އެކްސްޓީރިއާ އަށް ބޭނުންވާ ޕްރޮޑަކްޓްތަކަށް ޚާއްސަ ކްރެޑިޓް ސްކީމަކާއި، ގެސްޓްހައުސް އަދި ވަކި ވަކި ގެތަކަށް ބޭނުންވާ ސްކީމްތައް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބިލްޑިންއެއްގެ ފައުންޑޭޝަނުން ފެށިގެން ފިނިޝިން އާއި ހަމައަށް ބޭނުންވާ ހުރިހާ ސާމާނެއް އެ ސްކީމުގެ ތެރެއިން ލިބޭނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ސެމިނަރ ކުރިއަށް ދިޔައީ ކޮންސްޓްރަކްޓަރުންނާއި، ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުން ވެސް ހިމެނޭގޮތަށެވެ. އަދި އާއްމުންނަށް ވެސް މި ހަރަކާތް މެދުވެރިކޮށް ކަލަރލޭންޑްގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މި ހަރަކާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:30 އާއި ހަމައަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫ ކަލަރ ރަން ގައި މިފަހަރު 5000 އަށްވުރެ ގިނަ މީހުން ބައިވެރިވި!

އުރީދޫ ކަލަރ ރަން ގައި މިފަހަރު 5000 އަށްވުރެ ގިނަ މީހުން ބައިވެރިވި!

24 ނޮވެމްބަރު 2018
އޫރީދޫ ކަލަރ ރަން މާދަމާ!

އޫރީދޫ ކަލަރ ރަން މާދަމާ!

22 ނޮވެމްބަރު 2018
އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، މިއަދާއި މާދަމާ!

އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، މިއަދާއި މާދަމާ!

18 ނޮވެމްބަރު 2018
އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، ނޮވެމްބަރ 18 އަދި 19 ގައި!

އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، ނޮވެމްބަރ 18 އަދި 19 ގައި!

15 ނޮވެމްބަރު 2018
އުރީދޫ ކަލަރ ރަން ދުވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލައިފި

އުރީދޫ ކަލަރ ރަން ދުވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލައިފި

02 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު