Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެރަމް ވާރލްޑް ޗެމްޕިއަންޝިޕް 2024

ކެރަމް ވާރލްޑް ޗެމްޕިއަންޝިޕް: ރާއްޖޭގެ ދެ ޓީމަށް ވެސް ލޯ މެޑަލް

މުބާރާތުގެ ޓީމު އިވެންޓުގެ ސެމީ ފައިނަލްގައި ރާއްޖޭގެ ދެ ޓީމު ވެސް ވާދަކޮށްފައި ވަނީ ސްރީ ލަންކާއާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2024 | ހޮނިހިރު 04:14
ވާރލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ޓީމު އަދި ފިރިހެން ޓީމު

ވާރލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ޓީމު އަދި ފިރިހެން ޓީމު

ހަ ވަނަ ކެރަމް ވާރލްޑް ޗެމްޕިއަންޝިޕުގެ ޓީމު އިވެންޓުގައި ރާއްޖޭގެ ޤައުމީ ފިރިހެން ޓީމު އަދި އަންހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

އެމެރިކާގެ ކެލަފޯނިއާގައި މިހާރު ކުރިއަށްދާ ކެރަމް ވާރލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ޓީމުގައި ހިމެނެނީ ޙަސަން ނާޒިމް، އިބްރާހީމް ހުޖާން އަލީ، އިސްމާއީލް އަޒްމީން އަދި މުޙައްމަދު މުންތަސިރު އެވެ. އަދި ރާއްޖޭގެ ޤައުމީ އަންހެން ޓީމުގައި ހިމެނެނީ އާމިނަތު ވިދާދު، އައިޝަތު ނައުފާ، އައިޝަތު ފައިނާޒް އަދި ފާތިމަތު ރަޔާނާ އެވެ.

މުބާރާތުގެ ޓީމު އިވެންޓުގެ ސެމީ ފައިނަލްގައި ރާއްޖޭގެ ދެ ޓީމު ވެސް ވާދަކޮށްފައި ވަނީ ސްރީ ލަންކާއާ އެވެ. ސެމީ ފައިނަލްގައި ލަންކާ އަތުން ބަލިވުމާއެކު، ރާއްޖޭގެ ދެ ޓީމަށް ވެސް ޖެހުނީ ތިން ވަަނަ ހޮވާ މެޗުގައި ވާދަކުރުމަށެވެ. އެގޮތުން ތިން ވަަނަ ހޮވަން ކުޅުނު މެޗުން މޮޅުވެ، ފިރިހެން ޓީމާއި، އަންހެން ޓީމު ވެސް ވަނީ ލޯ މެޑަލް ކާމިޔާބު ކޮށްފަ އެވެ.

ތިން ވަަނަ ހޮވަން ކުޅުނު މެޗުގައި އަންހެން ޓީމު ވާދަކޮށްފައި ވަނީ މުބާރާތް ބާއްވާ ޤައުމު އެމެރިކާއާ އެވެ. އެ މެޗު ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ސިންގަލްސް މެޗުގައި ރާއްޖޭގެ އާމިނަތު ވިދާދު ވަނީ ސީދާ ދެ ސެޓުން ގޭމު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ގޭމުގައި ސިންގަލްސް މެޗުގައި ރާއްޖޭގެ ފާތިމަތު ރަޔާނާ ވެސް ވަނީ ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ފަހު ގޭމުގައި ޑަބަލްސް މެޗުގައި ރާއްޖޭގެ އާމިނަތު ނައުފާ އަދި ފާތިމަތު ފައިނާޒް ވެސް ވަނީ ސީދާ ދެ ސެޓުން މޮޅުވެފަ އެވެ.

މިއަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއިން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފައެވެ. އެގޮތުން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އިސްމާއީލް އަޒްމީން އަދި ޙަސަން ނާޒިމް (ނާނަ) ރިހި މެޑަލް ހޯދި އެވެ. ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ސިންގަލްސް އިވެންޓުގެ ކުއާޓަރ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު