Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހައްގުތައް ހަނިކުރުން

ހައްގުތައް ހަނިކޮށް، ގޮށްމުށަށް ލާއިރު ރައްޔިތުންގެ މެމްބަރުން ތިބީ އަތްޖަހަން

ހައްގުތައް ހަނިކޮށް، ގޮށްމުށަށް ލާއިރު ރައްޔިތުންގެ މެމްބަރުން ތިބީ އަތްޖަހާށެވެ. ދެންވެސް ކިޔަންވީ ރައްޔިތުންގެ މެމްބަރުންނޭތޯއެވެ؟

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2024 | ހުކުރު 14:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ނިމިދިޔަ ބުރާސްފަތި ދުވަހެވެ. ފެނިގެން އެދިޔައީ ނިކަން ބަލަން ހުތުރު މަންޒަރެކެވެ. ނޫސްތަކާއި ޓީވީ ތަކާއި، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން، ހުށަހެޅި ބިލުގެ މައްސަލައިގައި ކަންބޮޑުވުން އޮތުމާއެކު ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާކުރަން ދެކޮޅު ހަދައި މަޖިލީހުގައި އޮތް ބޮޑު މެޖޯރިޓީ ބޭނުންކޮށްގެން އެ މައްސަލަ ބޭރުކޮށްލެއްވީއެވެ. ވީގޮތެއް ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް ބަލާލަން ބޭނުންވާނެތާއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލައާ މެދު ގޮތެއް ނިންމަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ އ އަދި މ ގައިވާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ. ނަމަވެސް ކޮން ޝަރުތެއް ކަމެއް އެމަނިކުފާނަކަށް ވިދާޅެއް ނުވެއެވެ.

ދެން މައްސަލައެއް ނެތްތާއެވެ. އެކަމަކު ހައިރާންވެ އަންތަރީސްވީ ހިސާބަކީ އަބްދުއްރަހީމްގެ އެ ވާހަކަ އާއިއެކު ސަރުކާރު މެންބަރުން ވަނީ އެކަމާއި އުފާކުރައްވާ އަތްތިލަބަޑި ޖެހި މަންޒަރު ފެނުނު ހިސާބުންނެވެ. 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު' ގެ ނަމުގައި އާ ގާނޫނެއް އުފައްދަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ. ބިލު އެއްކޮޅުން އަނެއްކޮޅަސް ކިޔާލީމަ ސަހަރޯ ކަމަކު ދާކަށް ނެތެވެ. ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން، ހަބަރާއި، މައުލޫމަތާއި، ފެންނަ ގޮތްތައް ފާޅުކުރުން މިއޮތީ ނިކަން ބޮޑު ކުށަކަށް ވެފައެވެ. އަދި ހިޔާލުތައް ފާޅުކުރުމާއި، ޝާޢިއުކުރުމާއި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތައް ހާމަކުރުން ވެސް ކުށްވެެރިވާކަމަކަށް ވާ ކަހަލައެވެ. ހަމައެހެންމެ ހިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަމަކީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަން ހަޖަމުކުރަން މިވެރިންނަށް އުނދަނގޫކަން ބިލަށް ބަލާލުމުން ވެސް އެނގެެވެ.

ބިލުގެ ދަށުން، ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް، ނޫސްތަކާއި މީޑިއާތައް ބަންދުކޮށްލުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ. އަދި މި ބިލުގެ ސަބަބުން، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިވެ، ރައްޔިތުންގެ މިނިވަންކަމަަށް އުނިކަން ލިބިދާނެ ކަމަށެވެ. އެހެންވީމަ ލައްކަ ރަނގަޅަށް މިނިވަންކަން ދީފިތާއެވެ. ނޫސްވެރިންގެ ގުންޒަރުން ފެށި މި ސަރުކާރުން އަހަރު ފުރެންވާއިރަށް ނޫސްވެރިންނަށް ދިނީ ނިކަން ތާހިރު ހަދިޔާއެއްތާއެވެ.

މިކަހަލަ ކިތަންމެ ކިތަންމެ ކަމެކެވެ. މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަންކުރުމުގެ ބާރުވެސް އަތްޕުޅަށް ނަންގަވަނީއެވެ. މެންޑޭޓުތައް ހަނިކޮށް ބާރުތައް ސީދާ ސަރުކާރަށް ނަގަނީއެވެ. ރިސޯޓްތަކުގެ މީހުންނަށް ޑޮލަރު މާރުކުރަން މަޖުބޫރުވާގޮތަށް ވިޔަފާރީގެ މިނިވަންކަމަށް ވެސް އަރައިގަތުން ފަދަ އެތައް ކަމެކެވެ. ހައްގުތައް ހަނިކޮށް، ގޮށްމުށަށް ލާއިރު ރައްޔިތުންގެ މެމްބަރުން ތިބީ އަތްޖަހާށެވެ. ދެންވެސް ކިޔަންވީ ރައްޔިތުންގެ މެމްބަރުންނޭތޯއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު