Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"911" އިފްތިތާޚުކުރުން

"އިމާރޖެންސީ ނަމްބަރަކަށް 911 ކަނޑައެޅީ އެނގޭ ދަންނަ ނަންބަރަކަށްވުމާއި އެކު ފަސޭހައިން ޕްރޮމޯޓް ކުރެވޭނެތީ"

15 ނޮވެމްބަރު 2024 | ހުކުރު 01:21

ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ނޮވެމްބަރު 2024 | ހުކުރު 01:21
911، އިމާރޖެންސީ ނަމްބަރު ތައާރަފްކުރުމުގެ ތެރެއިން

911، އިމާރޖެންސީ ނަމްބަރު ތައާރަފްކުރުމުގެ ތެރެއިން

އިމާރޖެންސީ ނަމްބަރަކަށް 911 ކަނޑައެޅީ އެނގޭ ދަންނަ ނަންނަބަރަކަށް ވުމާއި އެކު އެ ނަމްބަރު ފަސޭހައިން ޕްރޮމޯޓް ކުރެވޭނެތީކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު 911 ނަމްބަރު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވަނީ އެފަދަ ނަމްބަރެއްގެ މުހިންމުކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މި ނަމްބަރު ތައާރަފްކުރުމާއި އެކު ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް އެއް ނަންބަރަކުން ގުޅޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ، އެއާއި އެކުމައްސަލަތައް ހައްލުކުރުން އަވަސްވެ، ހިދުމަތްދިނުން ވެސް އަވަސްވެގެންދާނެކަމަށް އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. އެ ޚިދުމަތް ފެށުމާއި އެކު އެއްފަހަރާ އެމްބިއުލާންސް، ފުލުހުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ އިތުރުން ކޯސްޓްގާރޑްގެ ސަމާލުކަމަށް ކަންކަން ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވިގޮތުން މި ޚިދުމަތް ބަލަހައްޓާނީ ފުލުހުންގެ ޚިދުމަތުންނެވެ. އިހުސާން ވަނީ 911 އަށް ގުޅާ މަޢުލޫމާތު ހިއްސާކުރުމުން ދެންހުރި ހުރިހާ އިދާރާތަކަށްވެސް އެ މަޢުލޫމާތު ފޯރުކޮށްދެވޭނޭކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ކުއްލި ޙާލަތެއް ދިމާވުމުން ގުޅަންވީ ނަންބަރު ނޭނގުމުގެ މައްސަލަ ދިމާވާ ކަމަށާއި އެންމެ އެކަށީގެންވާ ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކާއި ދިމާވި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެއް ހާދިސާއަކާއި މެދު އެކި ވަގުތުގައި އިދާރާތަކަށް މައުލޫމާތު އެނގުމަކީ ވެސް ކުރިން ދިމާވާ މައްސަލަ އެއް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތްތަނުގައި މި ޚިދުމަޔް އިތުރަށް ފުޅާކުރާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އެނގޭކަށް ނުޖެހޭ، ސްލިޕް ކޮޅުގައި އޮތް މާކްސްއަކީ ފައިނަލް މާކްސްއެއް ނޫން: މުއިއްޒު

18 ސެޕްޓެމްބަރު 2017
ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އެނގޭކަށް ނުޖެހޭ، ސްލިޕް ކޮޅުގައި އޮތް މާކްސްއަކީ ފައިނަލް މާކްސްއެއް ނޫން: މުއިއްޒު
05 އޯގަސްޓު 2017

ސަރުކާރަށް މިހާރު ހުވަދޫ އޮތްގޮތް އެނގޭނެ، ދާދި އަވަހަށް އެއްތާކުން ރައްޔިތުން ފެންނާނެ:ނާޒިމް

05 އޯގަސްޓު 2017
ސަރުކާރަށް މިހާރު ހުވަދޫ އޮތްގޮތް އެނގޭނެ، ދާދި އަވަހަށް އެއްތާކުން ރައްޔިތުން ފެންނާނެ:ނާޒިމް
16 ޖުލައި 2017

ރައީސް ނަޝީދަށް އިއްވީ ފަނޑިޔާރަކު ލިޔުއްވި ހުކުމެއް ނޫން، ހުކުމް ލިޔުނު މީހާ އެނގޭ: އަދީބު

16 ޖުލައި 2017
ރައީސް ނަޝީދަށް އިއްވީ ފަނޑިޔާރަކު ލިޔުއްވި ހުކުމެއް ނޫން، ހުކުމް ލިޔުނު މީހާ އެނގޭ: އަދީބު
13 ޖުލައި 2017

ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ

13 ޖުލައި 2017
ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ
14 ޖޫން 2017

ސަރުކާރުގެ އިދާރާތަކުގެ ޖަވާބުތަކުން އެކަން ކުރި މީހުން ހިމާޔަތްކުރަން އުޅޭކަން އެނގޭ: ޔާމީން ބައްޕަ

14 ޖޫން 2017
ސަރުކާރުގެ އިދާރާތަކުގެ ޖަވާބުތަކުން އެކަން ކުރި މީހުން ހިމާޔަތްކުރަން އުޅޭކަން އެނގޭ: ޔާމީން ބައްޕަ
30 މެއި 2017

ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް: އޭސީސީ

30 މެއި 2017
ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް: އޭސީސީ
09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
25 އެޕްރީލު 2017

ޔާމީންގެ މަރާގުޅިގެން ދެމީހަކު ހޯދަން ފޮޓޯ އާއްމުކޮށް، މައުލޫމާތު އެނގޭ ފަރާތެއްނަމަ ހިއްސާކުރުމަށް އެދިއްޖެ

25 އެޕްރީލު 2017
ޔާމީންގެ މަރާގުޅިގެން ދެމީހަކު ހޯދަން ފޮޓޯ އާއްމުކޮށް، މައުލޫމާތު އެނގޭ ފަރާތެއްނަމަ ހިއްސާކުރުމަށް އެދިއްޖެ
10 އެޕްރީލު 2017

ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް

10 އެޕްރީލު 2017
ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް