Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން ރަޝީދުގެ މަރު

ސަރުކާރުގެ އިދާރާތަކުގެ ޖަވާބުތަކުން އެކަން ކުރި މީހުން ހިމާޔަތްކުރަން އުޅޭކަން އެނގޭ: ޔާމީން ބައްޕަ

ވޭތުވެދިޔަ ދެ މަސްދުވަހަކީ އޭނާ އާއި އޭނާގެ އާއިލާއަށް ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތައް

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 14 ޖޫން 2017 | ބުދަ 10:05
ޔާމީން ރަޝީދުގެ ބައްޕަ، ހުސައިން ރަޝީދު

ޔާމީން ރަޝީދުގެ ބައްޕަ، ހުސައިން ރަޝީދު

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާތަކަށް ދިވެހި ރާއްޖޭގެ ސަރުކާރުން ދެމުންދާ ޖަވާބުތަކުން، އެކަން ކުރި މީހުން ސަލާމަތްކުރުމަށް ސަރުކާރުން އަމަލީ ގޮތުން މަސައްކަތްކުރާ ކަން އެނގިގެންދާ ކަމަށް ޔާމީން ރަޝީދުގެ ބައްޕަ، ހުސައިން ރަޝީދު ބުނެފިއެވެ.

މިހާރު ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ ސަމިޓްގައި ވާހަކަދައްކަމުން، ހުސައިން ރަޝީދު ބުނީ ވޭތުވެދިޔަ ދެ މަސްދުވަހަކީ އޭނާ އާއި އޭނާގެ އާއިލާއަށް ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތައް ކަމަށެވެ.

Advertisement - newsAdvertisement

ޔާމީން މަރަށް އިންސާފު ހޯދަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ބައިނަލްއަގްވާމީ މިނިވަން އިންސާފުވެރި ތަހުގީގެއްގެ ތެރެއިންކަން ހުސައިން ރަޝީދު ފާހަގަކުރިއެވެ. ރާއްޖޭގައި އިންސާފެއް ނެތް ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ހިނގި އެތަށް އަނިޔާވެރި މަރުގެ ހާދިސާތައް ފުރިހަމައަށް ތަހުގީގުކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި، ޔާމީން އަށް އައި އިންޒާރުތައް ތަހުގީގުކުރުމަށް ވެސް ދައުލަތުގެ މުއައްސަސާތަކުން ނުކުޅެދިފައިވާ ކަމަށް ވެސް ޔާމީންގެ ބައްޕަ ވަނީ ބުނެފައެވެ.

"ރިލްވާން ގެއްލުވާލުމުގެ ހަގީގަތް ހޯދުމަށް ޔާމީން ކެނޑިނޭޅި ދިޔައީ މަސައްކަތް ކުރަމުން. އޭނާގެ އަޑު މިހާރު ވަނީ ކަނޑުވާލާފަ. ބައިނަލްއަގްވާމީ ތަހުގީގީ ޖަމާއަތްތަކުން ޔާމީންގެ މަރުގެ ތަހުގީގަށް ސަމާލުވުމަކީ މުހިއްމު ކަމެއް. ރާއްޖޭގައި މިނިވަން ހިޔާލަށް އަންނަ ހަމަލާތައް ހުއްޓުވުމާއި، ޔާމީން އާއި ޔާމީން ފަދަ އެހެން ފަރާތްތަކަށް އިންސާފު ހޯދުމުގައި ބޭރުގެ ފަރާތްތަކުގެ އަމަލީ އެއްބާރުލުން ބޭނުންވޭ،" ޔާމީން ބައްޕަ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ސަމިޓަށް އިއްވި ކުރު ބަޔާނުގައި ބުނެފައިވެއެވެ.

ޔާމީންގެ މަރަށް 50 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެެއެވެ. ޔާމީންގެ މަރާއި ރިލްވާން ގެއްލުވާލުމާއި ގުޅިގެން މަޖިލިހަށް ހުށަހެޅި މައްސަލަތައް މަޖިލިހުން ވަނީ ބޭރުކޮށްލާފައެވެ. އަދި، ޔާމީންގެ މަރަށް އިންސާފުވެރި ތަހުގީގެއް ކުރުމަށް ގޮވާލާ ފުލުހުންނަށް ހުށަހެޅި އެތަށް ސަތޭކަ ސިޓީތަކެއް ފުލުހުން ވަނީ ބޭރުކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު