Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިންގ ލޯނު ސްކީމް

ހައުސިންގ ލޯނު ސްކީމަށް މަސްވެރިންނަށް ހުށަހެޅޭނެ: މިނިސްޓަރު ހައިދަރު

ކުރިއަށްއޮތް ތަނުގައި އެހެން ދާއިރާތަކަށް ވެސް މި ފުރުސަތު ހުޅުވާލާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2024 | ބުރާސްފަތި 09:45
ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ސަރުކާރުގެ ހައުސިންގ ލޯނު ސްކީމަށް މަސްވެރިންނަށް ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ހައުސިން ލޯން ސްކީމަށް ހުރިހާ ދާއިރާތަކެއްގައި މަސައްކަތް މީހުންނަށް ފުރުސަތު ހުޅުވާލަން ބޭނުންވާ ކަމަށާއި، އިގްތިސާދީ ހުރިހާ މަސައްކަތްތަކެއް ކުރާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މަސްވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބައިވެރިވެވޭ ގޮތަށް އުސޫލު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު މަސްވެރިކަމުގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ހައުސިން ލޯނު ސްކީމަށް ހުށަހަޅޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށްއޮތް ތަނުގައި އެހެން ދާއިރާތަކަށް ވެސް މި ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މިމަސައްކަތްތަކާއި ގުޅޭގޮތުން އިތުރަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މަސްވެރިންނަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި، ގެދޮރުވެރިކަމަކީ އިޖްތިމާއީ ވަރަށް ބޮޑު ހައްގެއް ކަމަށެވެ.

މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 80 އިންސައްތައަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މި ދަފްތަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވީ އޮކްޓޫބަރު މަހުގެ ނިޔަލަށް 350 އުޅަނދުގައި ދެހާސްއެއްސަތޭކައަށް ވުރެ ގިނަ ފަޅުވެރިން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ހައުސިންގ ލޯނު ސްކީމަށް މަސްވެރިންނަށް ހުށަހެޅޭއިރު، މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ

ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ

11 ޖުލައި 2017
އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

08 ޖުލައި 2017
ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު

ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު

06 ޖުލައި 2017
ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

10 ޖޫން 2017
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

30 އެޕްރީލު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު