Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-އިޒްރޭލު ގުޅުން

ތުރުކީން އިޒްރޭލާ އެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލައިފި

13 ނޮވެމްބަރު 2024 | ބުދަ 17:55

ނަސްލު ނައްތާލުމުގެ ކުށަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޖަވާބުދާރީ ކުރުވުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް އުރުދުޣާން ވަޢުދުވެވަޑައިގަތެވެ.

ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2024 | ބުދަ 17:55
ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން

ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން

ތުރުކީން އިޒްރޭލާ އެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލައިފި ކަމަށް އެ ގައުމުގެ ރައީސް އިއުލާނު ކުރައްވައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އަރްދޮޣާން ވިދާޅުވެފައިވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާއި ލުބުނާނުގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތުރުކީ ސަރުކާރުން އިޒްރޭލާއެކު ހުރިހާ ގުޅުމެއް ކަނޑާލައިފި ކަމަށެވެ.

"ތުރުކީ ސަރުކާރުން އިޒްރޭލާއެކު ގުޅުން ކުރިއަށް ނުގެންދާނެ އަދި ގުޅުން ބަދައްސެއް ވެސް ނުކުރާނެ،" އުރުދުޣާން ބުދަ ދުވަހު ސަޢޫދީ އަރަބިއްޔާ އަދި އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

"[ވެރިކަންކުރާ އިއްތިހާދުން] އިޒްރޭލާއެކު ގުޅުން ކަނޑާލުމަށް ނިންމު ނިންމުމުގައި ސާބިތުވެ ދެމި ތިބޭނަން، އަދި މުސްތަޤްބަލުގައިވެސް މި ސްޓޭންޑް ދަމަހައްޓާނަން." އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ އަނަދޮލު ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުން، ފަލަސްޠީނުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް ތުރުކީން އެންމެ ވަރުގަދަ ރައްދު ދީފައިވާކަން އުރުދުޣާން ވަނީ ފާހަގަ ކުރައްވާފައެވެ.

ނަސްލު ނައްތާލުމުގެ ކުށަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޖަވާބުދާރީ ކުރުވުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް އުރުދުޣާން ވަޢުދުވެވަޑައިގަތެވެ.

އިޒްރޭލަށް ހަތިޔާރު ޝިޕްމަންޓުތައް ފޮނުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވަމުން އުރުދުޣާން ވިދާޅުވީ، "ހަތިޔާރު ފޮނުވުން ކުރިއަށް ދާހާ ހިނދަކު، އިޒްރޭލު އިތުރަށް އަނިޔާވެރިވާނެ، އިޒްރޭލު ނުހުއްޓުވޭ ނަމަ ހަމަ ކޮންމެ ދުވަހަކު، ފަލަސްޠީނާއި ލުބުނާންގެ ހާލަތު ގޯސްވަމުންދާނެ" ކަމަށެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް