Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ނިސްޓަލްރޫއި ޔުނައިޓެޑު ދޫކޮށްލައިފި

12 ނޮވެމްބަރު 2024 | އަންގާރަ 07:17

އަމޯރިމް ޔުނައިޓެޑާ ހަވާލުވާއިރު، އޭނާގެ ދަށުން މަސައްކަތް ކުރާނީ އެހެން އެސިސްޓެންޓު ކޯޗަކަށްވާތީ ނިސްޓަލްރޫއި ވަނީ އެ މަގާމުން ވަކިވާން ނިންމައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ނޮވެމްބަރު 2024 | އަންގާރަ 07:17
ޔުނައިޓެޑުގެ އެސިސްޓެންޓު ކޯޗަކަށް ހުރި ރޫޑް ވެން ނިސްޓަލްރޫއި

ޔުނައިޓެޑުގެ އެސިސްޓެންޓު ކޯޗަކަށް ހުރި ރޫޑް ވެން ނިސްޓަލްރޫއި

މެންޗެސްޓަރ ޔުނައިޓެޑުގެ އެސިސްޓެންޓު ކޯޗުކަމުގެ މަގާމުން، ރޫޑް ވެން ނިސްޓަލްރޫއި ވަކިވެއްޖެ އެވެ.

އެ މަގާމުން ނިސްޓަލްރޫއި ވަކިވެފައިވާކަން ޔުނައިޓެޑުން ވަނީ ހާމަކޮށްފަ އެވެ. ޔުނައިޓެޑުގެ އެސިސްޓެންޓު ކޯޗުކަމުގެ މަގާމުން ނިސްޓަލްރޫއި ވަކިވެފައި ވަނީ، އެ ކުލަބުގެ ކޯޗުކަމާ ޕޯޗުގަލްގެ ރުބެން އަމޯރިމް ހަވާލުވުމާ އެކު އެވެ. އަމޯރިމް ބޭނުން ވަނީ ޔުނައިޓެޑުގައި އޭނާގެ ކޯޗިން އޮފިޝަލުންނާ އެކު މަސައްކަތް ކުރުމަށެވެ.

ޔުނައިޓެޑުގެ ދާއިމީ ކޯޗުކަމުގެ މަގާމުން ނެދަލެންޑްސްގެ އެރިކް ޓެން ހާގް ވަކި ކުރި ފަހުން، ވަގުތީ ގޮތުން އެ ޓީމަށް އިރުޝާދު ދެމުން އައީ ނިސްޓަލްރޫއި އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ ހަތަރު މެޗު ކުޅެފަ އެވެ. އޭރު ނިސްޓަލްރޫއި ވަނީ ޔުނައިޓެޑުގެ އެސިސްޓެންޓު ކޯޗުކަމުގެ މަގާމުގައި އެނާ ހުންނަން ބޭނުންވާ ކަމަށާއި، ޔުނައިޓެޑަށް އެހީތެރިވުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ބުނެފަ އެވެ. ނަމަވެސް، އަމޯރިމް ޔުނައިޓެޑާ ހަވާލުވާއިރު، އޭނާގެ ދަށުން މަސައްކަތް ކުރާނީ އެހެން އެސިސްޓެންޓު ކޯޗަކަށްވާތީ ނިސްޓަލްރޫއި ވަނީ އެ މަގާމުން ވަކިވާން ނިންމައިފަ އެވެ.

ނިސްޓަލްރޫއި ކުލަބުން ވަކިވެފައިވާކަން ހާމަކޮށް ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނިސްޓަލްރޫއި އަކީ މިހާރު ވެސް އަދި އަބަދު ވެސް އެ ކުލަބުގެ ލެޖެންޑަކަށް ވާނެ ކަމަށެވެ. ޔުނައިޓެޑުގައި ނިސްޓަލްރޫއި ކޮށްފައިވާ މަސައްކަތާއި، އޭނާގެ ފަރާތުން މި ދަނޑިވަޅުގައި ޔުނައިޓެޑަށް ލިބުނު އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ. އަދި ޔުނައިޓެޑުން އަބަދު ވެސް ނިސްޓަލްރޫއި އަށް މަރުޙަބާ ކިޔާނެ ކަމަށް ވެސް އެ ކުލަބުން ބުނެފައިވެ އެވެ.

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނިސްޓަލްރޫއި ޔުނައިޓެޑުގެ އެސިސްޓެންޓު ކޯޗުކަމާ ހަވާލުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
24 ފެބުރުއަރީ 2017

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

24 ފެބުރުއަރީ 2017
ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް