Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި އެތެރެކުރިކުރި މައްސަލަ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަސީރު ދޫކޮށްލައިފި، އައިހަމް އާއި ރޮހަމާން ބަންދު އިތުރުކޮށްފި

ނަސީރު ދޫކޮށްލީ ޝަރުތުކުރުމަށްފަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2024 | ހޯމަ 14:45
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުން

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަަޙްމަދު ނަޞީރު (45އ) ބަންދުން ދޫކޮށްލާ، ޢަލީ އައިހަމް (18އ) އާއި ރޮހަމާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖެއަށް 5 ކިލޯއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި  ހައްޔަރުކުރީ ހއ. ދިއްދޫ / ފާގަތިގެ، އަަޙްމަދު ނަޞީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ރޮހަމާން، ބަނގްލަދޭޝް (29އ) އެވެ. މި ތިން މީހުންގެ ތެރެއިން، އަަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކޮށް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިއަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މާލޭންނެވެ.

Advertisement - newsAdvertisement

ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 5 ކިލޯ 936 ގްރާމެވެ.

މި މައްސަލައިގައި ފުރަތަމަ ތިން މީހުންވެސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނެވެ. އެއީ އަަޙްމަދު ނަޞީރު (45އ) ފަސް ދުވަހަށް، ޢަލީ އައިހަމް (18އ) 10 ދުވަހަށް އަދި ރޮހަމާން (29އ) ހަތް ދުވަހަށެވެ.

ނަމަވެސް މި މަހުގެ 6 ވަނަ ދުވަހު ނަސީރުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ޝަރުތުކުރުމަށްފަހުއެވެ.

އޭނަ ބަންދުން ދޫކޮށްލާފައިވަނީ ފުލުހުންނަށް އެއްބާރުލުން ދީފައިވާތީއާއި، އޭނާ ބޭރުން އައި ތަކެތި ބަލައި ދިޔައީ ހުރިހާ ލިޔެކިޔުމެއް ހަމަކޮށްގެންކަމަށްވުމާއެކު، އެނާއަކީ ކްލިއަރިންގ މަސައްކަތުގައި އެޖެންޓެއްގެ ގޮތުގައި ޕީއޭ މޯލްޑިވްސް ކިޔާ ތަނެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމަށް ބުނެފައިވެއެވެ.

ބަންދުން ދޫކޮށްލި އަމުރުގައިވަނީ އެތަކެއްޗަކީ މިސްބާހު ކިޔާ މީހެއްގެ އެއްޗެހި ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާތައް އެތެރެކޮށްފައިވަނީ އަހުމަދު ނަސީރުގެ ޅިޔަނެއްކަމުގައިވާ އައްފާން ކިޔާ މީހެއްގެ ނަމުގައި އެ ފަރާތުގެ ކޮންޕެނީ މެދުވެރިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަމުރުގައި ބުނެފައިވަނީ މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާއިރު، އަހުމަދު ނަސީރު ދާގީނާ ބަލައި ދިޔަ ދިޔުން ފިޔަވައި މި މައްސަލައިގައި ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް ބާރުދޭ އިތުރު ހެއްކެއް ނުވަތަ އޭގައި މަސްތުވާތަކެތި ހުރިކަމުގެ ނޮލެޖް އަހުމަދު ނަސީރުގެ ހުރިކަން ދަލާލުކޮށްދޭ ކަމެއް ހުށަހޅިފައެއް ނެތްކަމަށެވެ. ނަސީރުއަކީ ކުށުގެ ރެކޯޑް އޮތް ފަރާތެއް ނޫނެވެ.

މި މައްސަލައިގައި ދެން ހިމެނޭ ބަންގުލަދޭޝް ރޮހަމާން ވަނީ 30 ދުވަހަށް ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ. މީގެ އިތުރުން އަލީ އައިހަމްގެ މުއްދަތު 15 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު