Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒުގެ ވެރިކަން

20 ވަނަ ގަރުނުގައި ދިވެހިން ދުށް ހުވަފެން ހަގީގަތަކަށް ހައްދަވާދެއްވީ ރައީސް ޑރ.މުއިއްޒު: އާދަމް ނަސީރު

11 ނޮވެމްބަރު 2024 | ހޯމަ 15:52

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ މާސްޓަރ ޕްލޭނާ އެކު ޤައުމުގެ ކަންކަން ހަރުދަނާކަމާއި އެކު ބައްޓަންވެގެންދާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ނޮވެމްބަރު 2024 | ހޯމަ 15:52
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް

20 ވަނަ ގަރުނުގައި ދިވެހިން ދުށް ހުވަފެން ހަގީގަތަކަށް ހައްދަވާދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ވެރިކަން ހިނގަމުން އައި ނިޒާމް ޖުމްހޫރީ ނިޒާމަކަށް ބަދަލުކުރުމަކީ 20 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ރަސްކަމުގެ ނިޒާމް ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަކީ ދިވެހިންނާއި ބެހޭ ކަންކަން ނިންމާނީ ދިވެހިންކަން ދިވެހިން ކަނޑައެޅުންކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ދިވެހިން ޖުމްހޫރިއްޔަތެއް ބަލައިގަތުމުގެ މާނައަކީ ޤައުމާއި، ރައްޔިތުންނާއި، ޤައުމު ކުރިއެރުވުމާއި ބެހޭ ކަންކަމުގައި ދިވެހި ރައްޔިތުންގެ ހިއްސާ އޮތުމަކީ ދިވެހިން އެދޭ ގޮތްކަން އަންގާދިނުނުމެވެ. މިއަދު ދިވެހިން 21 ވަނަ ގަރުނުގައި ތިބި އިރު ރާއްޖޭގެ ތާރީހުގައި ގިނަ ވެރިކަންތަކެއް ދެކެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ވެރިކަން ހިންގަނީ ރަސްކަމެއްގެ ތެރެއިންތޯ ނުވަތަ ޖުމްހޫރިއްޔަތެއްގެ ތެރެއިންތޯ، ޑިމޮކްރަސީ ބެލުމުގައި ނަމަށް އަންނަ ބަދަލަކަށް ވުރެ ކަންކަމަށް އަންނަ ބަދަލު މުހިންމުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

20 ވަނަ ގަރުނުގައި ދިވެހިން ދުށް ހުވަފެން ހަގީގަތަކަށް ވީ މިއަދު ކަމަށް ފާހަގަކުރައްވާ ސަަބަބުތައް އާދަމް ނަސީރު ވަނީ ފާހަގަކުރައްވާފައެވެ. ތިންކަމެއް ދަންނަވާލާނަން. އެގޮތުން ރައީސް މުއިއްޒު ރައްޔިތުންނާ މެދު ގެންގުޅުއްވާ ވިސްނުންފުޅު ހުށަހެޅުއްވީ ވަރަށް ތަރުތީބުން ކަމަށާއި އެކަން ކުރެއްވީ ވަރަށް ހާމަކޮށް ލިޔެވިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ އެ ވާހަކަތަކަށް ދިވެހިން އިތުބާރުކޮށްފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ވެރިކަމުގެ އަމާނާތް ރައީސް މުއިއްޒުއާ ހަވާލުކުރި ސަބަބަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ ތިރިން މައްޗަށް އެންމެންނަށް ފައިދާ ވާ ގޮތަށް ކަމަށާއި އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހިންގެ ފަޅީގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު އަކީ 20 ވަނަ ގަރުނުގައި ދިވެހިން ދުށް ހުވަފެން ހަގީގަތަކަށްވާ ސަބަބު ކަމަށް ފާހަގަކުރައްވާ ސަބަބަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ މާސްޓަރ ޕްލޭނާއި އެކު ޤައުމުގެ ކަންކަން ހަރުދަނާކަމާއި އެކު ބައްޓަންވެގެންދާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހިން 20 ވަނަ ގަރުނުގަ ދުށް ހުވަފެނަކީ ދިވެހިންގެ އަމިިއްލަވަންތަކަމާއި، ދިވެހިންގެ ސަލާމަތާއި، ދިވެހިން މި ރާއްޖޭގައި ދެމި ތިބުމަށް ބޭނުންވާ ހަގީގީ މައުނަވީ އޮނިގަނޑު ކުރެއްސެވި ބޭފުޅަކީ ރައީސް ޑރ. މުއިއްޒު ކަމަށް ވެސް ވިދާޅުވިއެވެ. އެކަން ދިވެހިންގެ ހިތުގައި އަށަގެންނެވުމަށްޓަކާ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުވެސް ވަނީ ދިވެހިންގެ އަމިއްލަވަންތަކުގެ ފިލާވަޅުތަކުން ފުރިފައި ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަހަރެއްގައި އެފަދަ 10 ރަސްމިއްޔާތު ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެއިން ކޮންމެ ދުވަހަކީ ދިވެހިންގެ ތާރީހާއި އަމިއްލަވަންތަކަމުގެ ވާހަކަ ދެކެވޭ މުނާސަބަތުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެފަދަ ޤައުމީ ކަންކަމަށް ރައީސް މުއިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
07 މެއި 2017

އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

07 މެއި 2017
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް