Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާޓެޓާ ބުނީ އާސެނަލް އަށް ނަސީބު ނެތީ ކަމަށް!

ލީގުގައި މިވަގުތު އާސެނަލް އޮތް ހިސާބަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، މިވަގުތު ކަން އޮތް ގޮތަކީ އެއީ ކަމަށާއި، އެ ހަޤީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 04:20
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅު ނުވީ، ނަސީބު ދެރަވުމުގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި އާސެނަލް އިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދި ނަމަވެސް، ޗެލްސީން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ކުރިން މެޗުގައި އާސެނަލް އިން ޖެހި ލަނޑެއް، ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު) ވަނީ ކެންސަލް ކޮށްފަ އެވެ.

ޗެލްސީ މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އެ މެޗުގައި އާސެނަލަށް ކުރިމަތިލާން ޖެހުނީ ބަދު ނަސީބާ ކަމަށެވެ. ޗެލްސީ އަކީ މިވަގުތު ވެސް ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި، އެ ޓީމާ ދެކޮޅަށް އާސެނަލް ކުޅުނީ މުޅު މެޗު ކޮންޓްރޯލް ކޮށްގެން ކަމަށް ވެސް އާޓެޓާ ބުންޏެވެ. އެހެން ނަމަވެސް، އެ މެޗުން އާސެނަލަށް ނަތީޖާ ނުނެރެވުނު ކަމަށާއި، އާސެނަލަށް ނަސީބު ނެތީ ކަމަށް އާޓެޓާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެ މެޗުގައި އާސެނަލްގެ ކުޅުންތެރިން ދެއްކީ ވެސް ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެކެވެ.

މީގެ އިތުރުން އާޓެޓާ ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، އެއީ ކަންބޮޑުވާ ނަތީޖާއެއް ކަމަށެވެ. އެ މެޗުގައި އާސެނަލަށް އެއް ލަނޑަށްވުރެ ގިނަ ލަނޑު ޖެހެން ޖެހޭނެ ކަމަށް ވެސް އާޓެޓާ ޤަބޫލު ކުރެ އެވެ. މުޅި މެޗަށް ބަލާއިރު، ލަނޑު ޖެހުމަށް އާސެނަލް އިން ތަނަވަސް ތިން ފުރުސަތެއް ހޯދި ކަމަށާއި، ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ނަތީޖާ ނެރުމުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށް އާޓެޓާ ބުންޏެވެ.

ލީގުގައި މިވަގުތު އާސެނަލް އޮތް ހިސާބަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، މިވަގުތު ކަން އޮތް ގޮތަކީ އެއީ ކަމަށާއި، އެ ހަޤީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ބައިނަލްއަޤުވާމީ ބްރޭކަށްފަހު، ޓީމު ފުރިހަމަ ގޮތުގައި ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް އާޓެޓާ ބުންޏެވެ. ޚާއްސަކޮށް ޖިސްމާނީ ގޮތުން ވެސް ކުޅުންތެރިން އިތުރަށް ފިޓުވާނެ ކަމަށް ވެސް އާޓެޓާ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ހުއްޓުމެއް ނެތި ކުރަމުން އަންނަ މަސައްކަތަކީ އާސެނަލް ރަނގަޅު ހިސާބަކަށް ގެންދިޔުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށެވެ.

މިވަގުތު އާސެނަލް އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 11 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. 11 މެޗުގެ ތެރެއިން އާސެނަލް މޮޅުވެފައި ވަނީ ފަސް މެޗުންނެވެ. ހަތަރު މެޗު އެއްވަރުވެފައިވާއިރު، ދެ މެޗަކުން އާސެނަލް ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު