Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިގައުމުގެ ވެރިޔާގެ ގައިޑަކަށް ވާންޖެހޭނީ "ބައްފާފުޅުގެ ފޮތެއް ނޫނެވޭ"

ޖުމްހޫރީ ދުވަހުގެ ރައީސް މުއިއްޒުގެ ތަގުރީރަކީ ގިނަ ބަޔަކު ބުނާގޮތުގައި އަމާޒެއް ނެތް މާ ބޮޑު އޮއްޓަރެއް ނެތް ހަގީގަތުގެ މައްޗަށް ބުރަވުން ކުޑަ ހިޔާލީ ފޮލަޔާ އިތުރުފުޅު ގިނަ ތަގުރީރެއް ކަމަށެވެ.  

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2024 | ހޯމަ 10:02
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޙަފްލާގައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޙަފްލާގައި ވާހަކަފުޅު ދައްކަވަނީ

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ދެއްވި ތަގުރީރަކީ މިހާތަނަށް އިވުނު އެންމެ ދިގު އެއް ތަގްރީރެވެ. އެ ތަގްރީރު އަޑު އެހި ބައެއް މީހުން ބުނާ ގޮތުން، ތަގްރީރަކަށްވުރެ ބޮޑަށް އެ ވައްތަރީ ޕްރެޒެންޓޭޝަނަކާއެވެ. ގިނަ މީހުން ބުނާ ގޮތުން އާއްމު އުސޫލުން ވާހަކަފުޅު ދައްކަވަން ޕޯޑިއަމް ދޮށަށް ހުއްޓިވަޑައިގަތުމާއެކު ރައީސްގެ ކެރެކްޓަރ މިފަހަރުވެސް ބަދަލުވެއްޖެއެވެ. ވާހަކަފުޅު ދައްކަވާ ރާގާ މޫނުމަތީގެ އެކްސްޕްރެޝަންއާއި އަޑުފުޅާ ހުރީ ރައީސް މުއިއްޒުގެ އަސްލު ކެރެކްޓަރއަކު އެއް ނޫނެވެ. ބައެއްފަހަރު ކޯފާވެފައި ހުންނަވައެވެ. ބައެއްފަހަރު މައިތިރިކޮށް ހުންނަވައެވެ. ބައެއް ފަހަރު އަޑުފުޅު އިންތިހާއަސް ގަދައެވެ. އަނެއްބައިފަހަރު އަޑުފުޅު ވަރަށް މަޑެވެ. ޖަލްސާ އަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ޖަލްސާއެވެ.

ވާހަކަފުޅުގެ ކުރީކޮޅުގައި ގެންގުޅުއްވީ ރައީސް މުއިއްޒުގެ ބައްޕާފުޅު ލިޔުއްވި ފޮތެކެވެ. އެ ފޮތުން އެކި ސަފްހާތައް ވިދާޅުވަމުން ގެންދެވިއެވެ. ރައީސް ވިދާޅުވީ އެ ފޮތަކީ އެމަނިކުފާނުގެ ވެރިކަން ކުރެއްވުމުގެ ގައިޑްކަމަށެވެ. ތަބާވެވަޑައިގަންނަވާ އުސޫލު ކަމަށެވެ. އެކަމަކު ގިނަ މީހުން ބުނަނީ ރައީސްގެ އެ ވިދާޅުވުން މުޅިން ރަނގަޅު ނޫން ކަމަށެވެ. ސަބަބަކީ އިސްލާމީ ދައުލަތެއްގެ އިސްލާމީ ވެރިއަކު ވެރިކަން ކުރައްވާއިރު ގައިޑަކަށް، ގައިޑަންސަކަށް، ތަބާވެވޭ އުސޫލަކަށް ބައްލަވަންވާނީ ކީރިތި ޤްރުއާނާ ކީރިތި ރަސޫލާގެ ސުންނަތަށް ކަމަށެވެ. ވާހަކަފުޅު ދައްކަވަމުން ގެންދެވި އިރު ދޭތެރެ ދޭތެރެއިން ހުވާ ކުރެއްވި ދުވަހުގެ ތަގްރީރުގެ ބައެއް ތަންތަން ވެސް ވިދާޅުވަމުން ގެންދެވިއެވެ. ހީވަނީ އަމިއްލަފުޅަށް އެދުވަހުގެ ތަގުރީރު ހަދުމަފުޅު ނެތިގެން ނުވަތަ އެ ތަގްރީރު އެހެން ބަޔަކު ހަނދާން ނެތިގެން ހަނދާން ކޮށްދެއްވަނީހެންނެވެ.

ސިޔާސީ ބަދަލު ހިފުމާ، ސިޔާސީ ގޮތުން މީހުން ފަހާ ދުވުން ނިމިއްޖެކަމަށާއި އެކުވެރި އެއްބައިވަންތަ މުޖުތަމައެއްގެ ގޮތުގައި މި މުޖުތަމައު ހަދަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި އިރު ދޭތެރެ ދޭތެރެއިން އިވެމުން ދިއައީ ކޯފާވެ ހުންނަވައިގެން ބަޔަކަށް ރައްދު ދެއްވާ އަޑެވެ. ތަގުރީރުގައި އެތައް ފަހަރަކު ތިމަން މަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައޭ ވިދާޅުވި އިރު އަޑު އަހަން ތިބި މީހުންނަށް ނޭނގޭ އެއްޗަކީ އެ ވިދާޅުވާ ރައްޔިތުންގެ ފަޅިއަކީ ކޮބައި ކަމެވެ. ހަމަ ޔަގީނުންވެސް މި ވެރިކަމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާ އިންސާފާ އެކު ކަންކަން ކުރާ ވެރިކަމެއް ނޫނެވެ. މުއިއްޒުގެ ފަރާތުން ފައިދާ ތަކާއި މަންފާތައް ލިބޭ ފަރާތްތައް މިތިބީ އެމަނިކުފާނުގެ ޕާޓީގައި ކަމަށްވާ ނަމަ ރައްޔިތުންނޭ އެ ވިދާޅުވަނީ ޕީއެންސީ މެމްބަރުންގެ ވާހަކަ ކަމަށް ވެދާނެއެވެ. ހަގީގަތަކީ ކޮންމެ ވެރިޔަކު ވެސް ވެރިކަން ކުރަން ވަޑައިގަންނަވަނީ އެންމެހާ ރައްޔިތުންގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ކޮންމެ ދިވެއްސަކީ ދިވެހި ރައްޔިތެކެވެ. ވީއިރު ރައްޔިތުންގެ ފަޅި ނޫން އަނެއްފަޅިއަކީ ކޮބައިބާ ވާއޭ ހިތަށް އެރިއެވެ. ރައީސް އަމާޒް ކުރައްވަނީ ރާއްޖޭގެ ވިޔަފާރިވެރިންނާ ރިސޯޓު އޯނަރުންނަށް ކަމަށްވާނަމަ އެއީ ދިވެހި ރައްޔިތުން ނޫންބާވައެވެ. ސަރުކާރުގެ ކަންކަން ހިންގަވަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި ނޫންތޯއޭ ވިދާޅުވެ ރައްޔިތުންނަށް ސުވާލު ކުރައްވަމުން އޭގެ ޖަވާބު އަމިއްލަފުޅަށް ދެއްވަމުން ގެންދެވި އިރު ސަރުކާރު ފެށުނީއްސުރެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަނުކުރައްވާ ގައުމީ ސިއްރެއްގެ ގޮތުގައި ގެންގުޅުއްވާކަން ހަނދުމަފުޅު ނެތީބާވައެވެ.

ފަލަސްތީނުގެ މައްސަލަ ހައްލުކުރެއްވުމަށް އެންމެ ވަރުގަދަ އަށް ޖެހިލުމެއްނެތި ޖިހާދަ ކުރައްވަމުން ގެންދަވާ ވާހަކަ، އަޑު ހަރުކޮށް ވިދާޅުވި އިރު އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް އަމިއްލަފުޅު ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުގެ ކޮމިޓީއެއްގައި ޕާކްކުކޮށްފައި އޮތް ކަން ހަނދުމަފުޅު ނެތުނީ ބާވައެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުގައި ބައްޕަ އާއި މަންމައާއި ދަރިފުޅު ތިބޭވަހަކަ އާއި އެތަނުން އެއްބަޔަކު މަހަށްދާ ވާހަކަ ދެއްކެވި އިރު ރައީސްގެ ކޮއްކޯފުޅާ، ޅިޔަން ފަހަރިންނާ، ދެބެން ދެދަރި ބޭބޭފުޅުންނާ ކްލާސްމޭޓުންނާ ރައީސްގެ ހާއްސަ އެޑްވައިޒަރުގެ އާއިލާގެ އެތައް ބަޔަކާއިގެން ދައުލަތާ، ސަރުކާރާ ކުންފުނިތަކުގެ އެތައް މަގާމުތަކެއް ތޮއްޖެހިފައި އޮތްކަން ހަނދުމަފުޅުން ކައްސާލީބާވައެވެ.

ޖުމްހޫރީ ދުވަސް 11 ނޮވެމްބަރުގައި އޮވެފައި 17 ނޮވެމްބަރުގައި ރިޔާސީ ދައުރު ފަށާ ދުވަހަކަށް އޮންނަ އޮތުމާ ދޭތެރޭގައި ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ކޯފާވެ ހުންނަވާ، ދައުރު ފަށާ ދުވަސް ނޮވެމްބަރު 11ށް އަލުން ބަދަލުކުރަން ރައްޔިތުންގެ ރެފަރެންޑަމްއަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އިރު އެބުނާ ތާރީޚެއް 17 ށް ޖެއްސީ ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާ ސަރުކާރެއްގެ ނިމުމާ ރައީސް މުއިއްޒު ހިމެނިވަޑައިގެންނެވި ސަރުކާރެއްގެ ފެށުމާ ގުޅިގެން ކަން ހަނދުމަފުޅު ނެތީބާވައެވެ. 11ން 17ށް ބަދަލު ކުރަން ރައްޔިތުންގެ ރިފަރެންޑަމް އެއް ނެގި ބާވައެވެ. ކުރީގައި އޮތް 14 މިނިސްޓްރީގެ ބަދަލުގައި 22 މިނިސްޓްރީ ހެއްދެވި އިރު، 700 ގައި ހިފަހައްޓާނެ ކަމަށް ވިދާޅުވި ސިޔާސީ މަގާމުތަށް 3000ށް ގެންދެވި އިރު ރައްޔިތުންގެ އަރިހުގައި ހޭ ވެސް އަހާލެވުނު ބާވައެވެ.

ކޮންމެ އަކަސް މިއީ ތަގުރީރު ބެލި މީހުންނަށް ރައީސްގެ ތަގުރީރުން ފާހަގަވި ބައެއް ކަންކަމެވެ. އެމީހުން ބުނަނީ ބޮޑު ބައި އަދި އޮތީ ކަމަށެވެ. މިވަގުތަށް ނިންމާލީ ކަމަށެވެ. މިއީ އަމާޒެއް ނެތް މާ ބޮޑު އޮއްޓަރެއް ނެތް ހަގީގަތުގެ މައްޗަށް ބުރަވުން ކުޑަ ހިޔާލީ ފޮލަޔާ އިތުރުފުޅު ގިނަ ތަގުރީރެއް ކަމަށެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

އޮރިޔާންކޮށްގެން އިޒްރޭލުން ހައްޔަރުކުރި ނޫސްވެރިޔާގެ ދުލުން...

އޮރިޔާންކޮށްގެން އިޒްރޭލުން ހައްޔަރުކުރި ނޫސްވެރިޔާގެ ދުލުން...

18 ޖެނުއަރީ 2024
އަބަދުވެސް ދެމި އޮންނާނީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި، ބަހުސަކަށް ޖާގައެއް ނެތް: އެމެރިކާ

އަބަދުވެސް ދެމި އޮންނާނީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި، ބަހުސަކަށް ޖާގައެއް ނެތް: އެމެރިކާ

05 ޑިސެމްބަރު 2023
3 މަސްދުވަހުގެ ތެރޭގައި މޫސުމީ ތަފާތު 3 ކާރިޘާއެއް ތަޖުރިބާ ކުރި ދަނޑުވެރިޔާގެ ވާހަކަ

3 މަސްދުވަހުގެ ތެރޭގައި މޫސުމީ ތަފާތު 3 ކާރިޘާއެއް ތަޖުރިބާ ކުރި ދަނޑުވެރިޔާގެ ވާހަކަ

22 ޖުލައި 2023
ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

19 ޖެނުއަރީ 2022
ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިޔާގެ ތަޖުރިބާ

ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިޔާގެ ތަޖުރިބާ

02 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު