Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރބަން ސެންޓަރު

ސަރުކާރުގެ ވިސްނުމަކީ ކުދި ރަށްތަކުން މީހުން ބާލައި، އާރބަން ސެންޓަރުތަކަށް މީހުން ޖަމާކުރުން ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެ

ސަރުކާރުގެ އަމާޒަކީ މަދު ރަށްތަކަކަށް ފޯކަސް ކޮށްގެން ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް އެ ރަށްތަކުގައި ދިނުން

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2024 | ހޮނިހިރު 20:20
ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު

ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު

އާބާދީ އާ އެއްފަސް ކުރުމުގެ ޕްރޮގްރާމެއް ހިންގައިގެން ނޫނީ އެންމެންނަށް ބޭނުންވާ ޚިދުމަތްތައް ދެވޭކަށް ނެތް ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ އާރބަން ސެންޓަރުތަކުގައި މީހުން އާބާދު ކުރުވުން ކަމަށް ހައުސިންގ މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ހައިދަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަދު ރަށްތަކަކަށް ފޯކަސް ކޮށްގެން ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް އެ ރަށްތަކުގައި ދިނުން ކަމުގައެވެ. އޭނާ ވިދާޅުވީ، އެގޮތައް އެކަން ކޮށްގެން ނޫނީ މުސްތަގްބަލުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ހައިދަރު ފާހަގަ ކުރެއްވި ގޮތުގައި މާލެއިން ބޭރުގައި މީހުން ދިރިއުޅޭ 186 ރަށް އޮތް އިރު، މީގެ ތެރެއިން 55 ރަށަކީ 500 މީހުންވެސް ހަމަ ނުވާ ރަށްރަށެވެ.

"އެ 500 ހަމަ ނުވީމަ މިވާގޮތަކީ ސްކޫލުވެސް ފުރިހަމަ އަށް ނުހިންގޭ ސިއްހީ ޚިދުމަތްވެސް އެންމެ ރަނގަޅަކަށް ފޯރުކޮށެއް ނުދެވޭ، ހަމަ އެގޮތަށް ވަރަށް ބޮޑެތި ޚަރަދުތައް އެބަދޭ ބަނދަރު ހެދުމާ މަގު ހެދުމާއި، ފެނާއި ނަރުދަމާ ހެދުމާއި މިހެން ގޮސް އިންފްރާސްޓްރަކްޗަރ ޑިވެލޮޕް ކުރަން." ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ އެހެން އެކަން އޮތުމުން ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑަށް ބޮޑުވެގެން ދާ ކަމަށެވެ. އޭގެ ބަދަލުގައި ފޯކަސްޑް ރަށްތަކަކަށް އިންވެސްޓްމަންޓާއި ތަރައްގީ ގެނެވިއްޖެ ކަމަށް ވާނަމަ، އޭގެ ފައިދާ މުޅި މުޖްތަމައަށް އަންނާނެ ކަމަށެވެ.

މީހުން އެއްފަސް ކުރުމަށް، ސަރުކާރުން ތަރައްގީ ކުރާ ހަތް އާބަން ސެންޓަރުތައް ގާއިމް ކުރަނީ މާލެ އަށް ބަރޯސާވުން ކުޑަ ކުރުން ކަމަށާއި، މަތީފަންތީގެ ޚިދުމަތްތައް އެތަންތަނުން ދިނުމަށް ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

"މަތީފެންވަރުގެ ޚިދުމަތްތައް ދިނުމަށް އެރަށްރަށަށް މީހުން ގެނެސް އާބާދު ކުރަން ޖެހޭނެ،" ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

އާބަން ޑިވެލޮޕްމަންޓު ސެންޓަރު ތަކަކީ އަދި ބޮޑު މަންޒަރު ނޫން ކަމަށާއި، އުތުރުގެ ހަތަރު އަތޮޅު ހިމެނޭ ގޮތައް އާރބަން ޑިވެލޮޕްމަންޓް ރީޖަން އަކާއި އަދި ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތައްވެސް އެފަދަ ރީޖަން އެއް ތަރައްގީ ކުރަންވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

އާރބަން ސެންޓަރު ތަރައްގީ ކުރަން އިއުލާން ކޮށްފައިވާ ރަށްތަކަކީ މިހާރުވެސް ބޮޑެތި އިންފްރާސްޓްރަކްޗަރ ތަރައްގީ ކޮށް ޚިދުމަތްތައް އެހެން ރަށްރަށަށް ވުރެ ރަނގަޅަށް ދެމުން ގެންދާ ރަށްތައް ކަމަށާއި އޭގެ އިތުރުން އެ ރަށްތަކަކީ އާބާދީގެ ގޮތުން ދެން ހުރި ރަށްތަކަށް ވުރެ އާބާދީ ބޮޑެތި ރަށްތައް ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

އާރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރާ 7 ރަށް ކަނޑައެޅުމުގައި އެންމެ ފުރަތަމަ ބެއްލެވީ އެ ރަށްރަށަށް މިހާތަނަށް ކުރެވިފައިވާ އިންވެސްޓްމަންތް ތަކަށް ކަމަށާއި، ދެން ބެއްލެވީ ރަށް ބޮޑު ކުރެވޭނެ ފުރުސަތު އޮތްތޯ ކަމަށާއި، ސްޓްރެޓީޖިކް ލޮކޭޝަން އަށް ކަމަށް ހައިދަރު ވިދާޅުވިއެވެ.

އުތުރުގެ ރީޖަންގައި މިހާރު 55،000 މީހުން އަދި ދެކުނުގެ ރީޖަންގައި 50،000 ވަރު އުޅޭ ކަން ފާހަގަ ކުރައްވަމުން ހައިދަރު ވިދާޅުވީ، އުތުރުގައި އަދި ދެކުނުގައި ހަދާ އާބަން ރީޖަން އަކީ އެއް ލައްކަ އެއްހާ މީހުންނަށް ކޮންމެ ރީޖަން އެއްގައި އުޅެވޭ ގޮތައް ތަރައްގީ ކުރާ ތަންތަން ކަމަށެވެ.

ހައިދަރު ވިދާޅުވީ، އެއްލަކަ އަށް ގެނެސްގެން ނޫނީ ތަންކޮޅެއް މަތީ ފެންވަރުގެ ޚިދުމަތްތައް ދޭން އުނދަގޫވާނެ ކަމަށެވެ.

ސަރުކާރުން ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް އާރބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރަން 7 ރަށެއް ވަނީ އިއުލާނު ކޮށްފައެވެ. އެ ރަށްތަކަކީ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، އަދި ލ. ފޮނަދޫ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު