Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިން ގެންނަ ދުންފަތުގެ ބާވަތްތައް

ފަތުރުވެރިންނަށް ޑިއުޓީ ނުދައްކާ އެތެރެ ކުރެވޭނީ 200 ސިނގިރޭޓް ކަމަށް ކަނޑައަޅައިފި

ފަތުރުވެރިން ނޫން އެހެން ދަތުރުވެރިން ގެންނަ ދުންފަތުގެ އުފެއްދުންތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހެލްތުގެ ލޭބަލް ކުރުމުގެ ޝަރުތުތަކާ ނުގުޅޭ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްއިން އަތުލާނެ ކަމަށް ބުނޭ

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2024 | ހޮނިހިރު 17:26
ސިނގިރޭޓު

ސިނގިރޭޓު

ރާއްޖެ އަންނަ ފަތުރުވެރިންނަށް ޑިއުޓީ ނުދައްކާ ރާއްޖެ އަށް އެތެރެ ކުރެވޭނީ 200 ސިނގިރޭޓް، ނުވަތަ 25 ސުއްޓާ، ނުވަތަ 250 ގްރާމް ދުންފަތް ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ނެރެފައިވާ ސާކިއުލަރ އެއްގައި ބުނެފައިވަނީ "ދުންފަތުގެ އުފެއްދުންތައް ބަންދުކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު" އަށް ގެނެވުނު 4 ވަނަ އިސްލާހާއި، "ދަތުރުވެރިން ގެންނަ މުދަލާއި، އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗާއި، ވިޔަފާރީގެ ސާމްޕަލްތަކަށް ޑިއުޓީ މަޢާފުކުރުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިން، 9 ނޮވެމްބަރ 2024 އިން ފެށިގެން، ހަމައެކަނި ފަތުރުވެރިންގެ ވިސާގައި އަންނަ ފަރާތްތަކަށް އަމިއްލަ ބޭނުމަށް ކަނޑައަޅާފައިވާ މިންވަރަށް ދުންފަތުގެ އުފެއްދުންތައް އެތެރެކުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ކަސްޓަމްސް އިން ބުނެފައިވަނީ އެ މިންވަރަށްވުރެ އިތުރަށް ގެންނަ ތަކެތި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ކަސްޓަމްސް އިން ބަހައްޓާނެ ކަމަށެވެ. އަދި ފަތުރުވެރިންނަށް މި ތަކެތި ރާއްޖެއިން ފުރާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ޑިޕާޗަރ ޓާމިނަލްގައި ހުންނަ ކަސްޓަމްސް ކައުންޓަރުން ނެގިދާނެ ކަމަށެވެ.

މީގެ އިތުރުން، ފަތުރުވެރިން ނޫން އެހެން ދަތުރުވެރިން ގެންނަ ދުންފަތުގެ އުފެއްދުންތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހެލްތުގެ ލޭބަލް ކުރުމުގެ ޝަރުތުތަކާ ނުގުޅޭ ތަކެތި ކަސްޓަމްސްއިން އަތުލާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ރާއްޖެއަށް ދުންފަތުގެ އުފެއްދުންތައް ގެނައުމުގައި މި އައު ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ރާއްޖެ އެތެރެވުމުގެ މަރުޙަލާ ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ ފަސިންޖަރުންނާއި ދަތުރުވެރިން މި އައު ޝަރުތުތައް ރަނގަޅަށް ބެއްލެވުމަށް ބާރުއަޅަމެވެ." ކަސްޓަމްސް ގެ ސާރކިއުލަރ ގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު