Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުހަލާލު ފައިސާ

މެޑަމް އޮފީހަށް ގެންގޮސް 3 ލައްކަ ރުފިޔާ ދިން، ހަލާލުނޫން ފައިސާ ކަމަށްވާނަމަ އިސްތިޢުފާދޭން ތައްޔާރު: މަޚްލޫފް

ރައީސް ޔާމީން ވަނީ ކެމްޕެއިނަށް މަޖިލިސް މެންބަރުން ހަލާލުނޫން ފައިސާ ޚަރަދު ކުރެއްވި ކަމަށް ވިދާޅުވެފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 އޯގަސްޓު 2017 | ބުރާސްފަތި 16:57
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕއެިން ދުވަސްވަރު، މެޑަމް އޮފީހަށް ގެންގޮސް ޕީޕީއެމްއިން، ކެމްޕެއިނަށް ޚަރަދު ކުރުމަށް ތިން ލައްކަ ރުފިޔާ ދިން ކަމަށާ، އެ ފައިސާ އަކީ، މަޖިލިސް މެންބަރުން ބޭނުންކުރެއްވި ހަލާލުނޫން ފައިސާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދާދިފަހުން ވިދާޅުވި ފަދަ ފައިސާ ކަމުގައިވާނަމަ އިސްތިޢުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ބ. ކަމަދޫ ކައުންސިލްގެ ބައިއިލެކްޝަނަށް ކެމްޕެއިން ކުރުމަށް، ބުރާސްފަތި ދުވަހުގެރޭ ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މަޚްލޫފް ވިދާޅުވީ، މެޑަމް އޮފީހަށް މަޚްލޫފް ގެންގޮސް، އޭނާގެ ކެމްޕެއިނަށް ޚަރަދު ކުރުމަށް ފައިސާ ދީފައިވަނީ ރައީސް ޔާމީނާއި، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުގެ ހާޒިރުގައި ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުގެ ކެމްޕެއިނުގަ މެޑަމް ފާތުމަތު އިބްރާހިމް ދީދީގެ އޮފީހަށް ރައީސް ޔާމީނާ އަދީބުގެ ހާޒިރުގަ ގެންގޮސް، ތިން ލައްކަ ރުފިޔާ ދިން. އޭގެ އިތުރަކަށް ޕީޕީއެމަކުން އެއްޗެއް ނުދޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ފައިސާ އަކީ ރައީސް ޔާމީނު އެ ވިދާޅުވާ ކަހަލަ ފައިސާ ކަމަށް ވަންޏާ އަޅުގަނޑު މިހިރީ އިސްތިޢުފާ ދޭށޭ" މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުގެ "ހަލާލުނޫން" ފައިސާގައި ހިފައި، އެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވި މެންބަރުން ވަރަށް ގިނަ ކަމަށް ވިދާޅުވެ، އެފަދަ މެމްބަރުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ރައީސް ޔާމީން ގޮވާލައްވާފައިވަނިކޮށެވެ.

"ރުމާލު 2"ގެ ނަމުގައި މާލޭ ހިޔާގެ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، އަދީބުގެ ފައިސާ ވަނީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް ނޫން ކަމަށާ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމަށް އަދީބުގެ އެހީ ހޯއްދަވައި، އަދީބުގެ ފައިސާ ބޭނުންކުރައްވާފައިވާ ކަމަށެވެ. އަދީބުގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ މެންބަރުން އިސްތިއުފާދެއްވައި، އަމިއްލަ މަސައްކަތްތަކުން އަލުން އިންތިހާބުވެވަޑައިގެން މަޖިލީހަށް ވަޑައިގަތުމަށްވެސް ރައީސް ޔާމީން ގޮވާލެއްވިއެވެ.

"މި ފައިސާއިން ހަރަދުކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބުކުރަންތޯ އެބަ ބަލަންޖެހޭ، ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެއްސަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މެންބަރުން އިންތިޚާބުކުރުމަށް ޕީޕީއެމް އިން ޚަރަދުކުރީ މަދު އަދަދަކުން ނޫން ކަމަށާއި އެކަމުގައި އެންމެ ބޮޑު ޚަރަދެއް ކޮށްދެއްވީ އަދީބު ކަމަށެވެ.

"ހަމަ ގައިމު ވެސް މަޖިލީހުގައި ތިއްބަވާނެ އަހުމަދު އަދީބު ހޭދަކުރައްވައިގެން އިންތިހާބުވި މެންބަރުން، އެހެންވީމަ އެ ބޭފުޅުން ވެސް ރާއްޖެ ކޮރަޕްޝަނުން ސަލާމަތް ކުރަން ބޭނުންވާނަމަ އަމިއްލައަށް އެކަން ގަބޫލުކޮށް ދުރަށް ވަޑައިގެން އަމިއްލަ ފައިސާއިން ހޮވިގެން އާދޭ، އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ހަރަދުކުރީކީ، މީގަ ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު، އެހެންވީމަ ޑޭ ވަން އިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން، ހައްގު ނޫން ފައިސާ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މަޚްލޫފް އިތުރަށް ވިދާޅުވީ، 2013 އިގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ޕްރައިމަރީ ބޭއްވި އިރު، ރައީސް ޔާމީންގެ ގެކޮޅު، ގ. ދޫވެއްސަށް، އަދީބް މެދުވެރިކޮށް 2 މިލިއަން ރުފިޔާ ވެއްދި ކަމަށާ، އޭގެ ފަހުން އެގެއަށް ވެއްދި ފައިސާގެ އަދަދުވެސް އެނގިނުލައްވާ ކަމަށެވެ. އެހެންކަމުން މެންބަރުންގެ އިސްތިޢުފާއަށް ގޮވާލެއްވުމުގެ ކުރިން ރައީސް ޔާމީން އިސްތިޢުފާ ދެއްވުމަށްވެސް މަޚްލޫފް ގޮވާލެއްވިއެވެ.

"ޕީޕިއެމްގެ ޕްރައިމަރީ ފެށުނު އިރުގަވެސް އަޅުގަނޑަށް އެނގިގެން އެދުވަހުވެސް ފުރަތަމަ އަދީބު ވެއްދި، އަދީބު މެދުވެރިކޮށް ދެ މިލިއަން ރުފިޔާ. އޭގެފަހުން ރިޔާސީ އިންތިޚާބު ތެރޭގަ އަދީބު ލައްވާ އެގެއަށް ވެއްދި ފައިސާގެ އަދަދު އަޅުގަނޑަކަށް ނޭނގެ. ޔަޤީންކޮށް ބުނަން ކެރޭ މިލިއަން ޑޮލަރު ވެއްދިކަން. އެހެންވީމަ ފުރަތަމަ ކަމަކަށް ރައީސް ޔާމީން މަޤާމުން އިސްތިޢުފާ ދެއްވާފަ ދެން އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިޢުފާ ދެއްވުމަށް އެވާހަކަ ދެއްކުމަށް އަޅުގަނޑު ގޮވާލަން" މަޚްލޫފް ވިދާޅުވިއެވެ.

އަދީބުގެ އެހީގައި އިންތިޚާބުވި މެންބަރުން އިސްތިޢުފާ ދެއްވުމަށް ރައީސް ޔާމީން ގޮވާލެއްވިއިރު، ޕީޕިއެމްގެ މުސްތަޝާރު ފެކްޝަންގެ ނައިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކަމަށް ބެލެވޭ މީހަކާއި، އަދީބު ކަމަށް ބެލެވޭ މީހަކާއި ދެމެދު، 2014 އިގެ މަޖިލިސް އިންތިޚާބުގެ ތެރޭގައި ކޮށްފައިވާ ކަމަށް ބެލެވޭ ފޯން ކޯލެއްގެ ރިކޯޑިންގ ވަނީ ލީކުވެފައެވެ. މި އޯޑިއޯގައި، ޢަބްދުއްރަޙީމް ކަމަށް ބެލެވޭ މީހާ، އަދީބް ކަމަށް ބެލެވޭ މީހާ ކައިރީ ބުނެފައިވަނީ، "މުޅި އެތި ފުނޑާލައި"، "ނަގަންޖެހޭ" ވަރުގަދަ ދެ އާއިލާއެއްގެ "ޢަބްދުﷲ" އަކާއި "މޫސައިދީ" އެއް "އުފުރާލުމުގެ" މަސައްކަތް ކުރުމަށް، "ކުޑަކޮށް އަނެކެތި ކޮޅެއް ހޯދާލަންޖެހޭނެ" ކަމަށެވެ.

ކޮރަޕްޝަންގެ ފައިސާ ކަމަށް ދޭހަވާ، "ހަލާލު ނޫން ފައިސާ" ލިބިލެއްވި ކަމާއި، އެ ފައިސާ ބޭނުންކުރެއްވިކަމަށް، ރައީސް ޔާމީން އިޢުތިރާފްވެވަޑައިގެން، އެކަމާއި ގުޅިގެން ރައްޔިތުންގެ ފާޑުކިޔުން އެމަނިކުފާނަށް އިންތިހާއަށް އަމާޒުވިނަމަވެސް، ކަމާއިބެހޭ އެއްވެސް ފަރާތަކުން މި މައްސަލަ ބަލަން ފަށާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު