Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭ ގައި އުފުލާފައިވާ "ގަތުލުއާންމު" ދައުވާގައި އަޔަލެންޑުން ބައިވެރިވެއްޖެ

ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ މައްސަލައިގައި އަޔަލެންޑުން ބައިވެރިވުމަށް ނިންމީ "ވަރަށް ތަފްސީލީ އަދި ފުރިހަމަ ޤާނޫނީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް" ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވި.

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2024 | ބުރާސްފަތި 19:24
ޣައްޒާ ސްޓްރިޕްގެ ބައިތު ލަހްޔާ އަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ބޯ ދުން އަރަމުން ދަނީ

ޣައްޒާ ސްޓްރިޕްގެ ބައިތު ލަހްޔާ އަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ބޯ ދުން އަރަމުން ދަނީ

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އުފުލާފައިވާ ދައުވާ ގައި މިއަހަރު ނިމުމުގެ ކުރިން ބައިވެރިވުމަށް އަޔަލެންޑުން ގަސްދުކުރާ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. 

މައިކަލް މާޓިންގެ މިކަން ހާމަކުރެއްވީ، "އިޒްރޭލުން ޣައްޒާގައި ލޯތަކުގެ ކުރިމަތީގައި ގަތުލުއާންމު ހިންގަމުންދާ ގެންދާ ކަމަށް ބުނެ" އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ގަރާރެއް ފާސްކުރުމާ އެކުގައެވެ. 

ޑިސެމްބަރު މަހު، ދަކުނު އެފްރިކާ އިން އައިސީޖޭ ގައި އުފުލި ދައުވާގައި ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލުން ވަނީ 1948 ވަނަ އަހަރުގެ އދ. ގެ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފުވެފައިވާ ކަމަށެވެ. އިޒްރޭލުން ގެންދަނީ މި ތުހުމަތު ދޮގު ކުރަމުންނެވެ. 

ސްޕެއިން، ބޮލީވިއާ، ކޮލަމްބިއާ، މެކްސިކޯ، ތުރުކީ، ޗިލީ އަދި ލިބިޔާ ފަދަ އެތައް ޤައުމެއް މިހާރު ވަނީ އިޒްރޭލާ ދެކޮޅަށް މި ދައުވާގައި ބައިވެރިވެފައެވެ.

އިޒްރޭލާ ދެކޮޅަށް މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ލިޔުންތައް ދެކުނު އެފްރިކާ އިން ހުށަހެޅުމާއެކު އަޔަލެންޑުން ވެސް ކޯޓަށް ލިޔުންތައް ހުށަހަޅާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ މައްސަލައިގައި އަޔަލެންޑުން ބައިވެރިވުމަށް ނިންމީ "ވަރަށް ތަފްސީލީ އަދި ފުރިހަމަ ޤާނޫނީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް" ކަމަށް މާޓިން އައިލެންޑްގެ ޕާލިމަންޓުގެ ދަށުގޭގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. 

އަޔަލެންޑަކީ ކޯޓުގެ މަސައްކަތަށް ވަރަށް ބޮޑަށް ތާއީދުކުރާ ޤައުމެއް ކަމަށާއި އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހްތިރާމް ކުރުމާއި ޖަވާބުދާރީ ކުރުވުމަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭ ޤައުމެއް ކަމަށްވެސް މާޓިން ވިދާޅުވިއެވެ.

ދެކުނު އެފްރިކާއިން ހޯމަ ދުވަހު އިޢުލާނުކޮށްފައިވަނީ، އިޒްރޭލުން ޣައްޒާގައި "ގަތުލުއާންމު" ހިންގާފައިވާ ކަމުގެ "ހެކި" ހިމެނޭ ލިޔުން އައިސީޖޭ އަށް ހުށަހަޅާފައިވާ ކަމަށެވެ.                   

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު