Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޕާ ހިންގި ބަޔަކު ހައްޔަރުކޮށްފި

ހެންވޭރުގައި ހިންގި ސްޕާއެއް ބަލައިފާސްކޮށް ބަޔަކުހައްޔަރުކޮށްފި

މަރްޔަމް ޝާނާ
މަރްޔަމް ޝާނާ | 7 ނޮވެމްބަރު 2024 | ބުރާސްފަތި 19:23
ހެންވޭރުގައި ހިންގި ސްޕާއެއް ބަލައިފާސްކޮށް ބަޔަކުހައްޔަރުކޮށްފި

ހެންވޭރުގައި ހިންގި ސްޕާއެއް ބަލައިފާސްކޮށް ބަޔަކުހައްޔަރުކޮށްފި

މާލޭގެ ހެންވޭރު ސަރަހައްދުގައި ހިންގަމުން އައި ސަރާ ސެލޫން އެންޑް ސްޕާ ނަމަކަށް ކިޔާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް، އެތަނުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެއް ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ހަތަރު އަންހެނުންނެވެ. މި ތަނުގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވެއެވެ.

Advertisement - newsAdvertisement

ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު ޢިމްރާން (42އ)، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތިޕްސުދާ ސަންގްހަމް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަނެއް ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަޙްޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރިއަށް ގެންދަމުންނެވެ. މި ފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޝެއިހު އިމްރާނު ޖަލައްލުމަކީ ރައީސް ޔާމީނު އަނެއްކާ ވެސް ހިންގި ފިނޑި އަމަލެއް: ރައީސް ނަޝީދު

24 އެޕްރީލު 2017
ޝެއިހު އިމްރާނު ޖަލައްލުމަކީ ރައީސް ޔާމީނު އަނެއްކާ ވެސް ހިންގި ފިނޑި އަމަލެއް: ރައީސް ނަޝީދު
16 އެޕްރީލު 2017

ދަރިވަރަކާ ބަދްއަޚުލާޤީ ޢަމަލު ހިންގި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި

16 އެޕްރީލު 2017
ދަރިވަރަކާ ބަދްއަޚުލާޤީ ޢަމަލު ހިންގި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
09 އެޕްރީލު 2017

މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި

09 އެޕްރީލު 2017
މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު