Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ-ތުރުކީ

ދިވެހިރާއްޖެ އާއި ތުރުކިވިލާތާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

4 ނޮވެމްބަރު 2024 | ހޯމަ 15:27

އެއްބަސްވުމުގެ ދަށުން، ތުރުކީ ވިލާތަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއިތަށް ދިނުމުގެ އިތުރުން، ވިޔަފާރިގެ ހުރަސްތައް ކުޑަކުރެވި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 4 ނޮވެމްބަރު 2024 | ހޯމަ 15:27
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، 4 ނޮވެމްބަރު 2024

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، 4 ނޮވެމްބަރު 2024

ދިވެހިރާއްޖެއާ ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށްޓަކައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ހޯމަ ދުވަހު ސޮއިކޮށްފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ.

ދިވެހިރާއްޖއާ ތުރުކިވިލާތާ ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ މި އެއްބަސްވުމުގެ ދަށުން، ތުރުކީ ވިލާތަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއިތަށް ދިނުމުގެ އިތުރުން، ވިޔަފާރިގެ ހުރަސްތައް ކުޑަކުރެވި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމާއި، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް، ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އިސްތަންބޫލުގައި އޮތް ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ޓްރޭޑް ޕްރޮފެސަރ ޑރ.އޯމަރ ބޮލަޓްއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް