Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދިވެހި އަސްކަރިއްޔާއިން އެހެން ގައުމެއްގެ އެހީތެރިކަމެއް ބޭނުން ނުވި ބޭފުޅަކު، އަސްކަރިއްޔާ ތަރައްގީ ކުރުމަށް އަވަށްޓެރި ގައުމެއްގެ އެހީ ހޯދާ ވާހަކަަ

ރައީސް ދައްމަވާލައްވަވާފައި އޮތް ފަލަ ރަތްރޮނގާ ބޭރުގެ ގައުމުތަކުން ރާއްޖޭގެ އަސްކަރީ ކަންކަމަށް ބާރުފޯރުވުން ކުޑަކުރައްވަން ރައީސް ވާހަކަފުޅު ދައްކަވާލެއް ވަރަށް ގިނަ އެވެ. ނަމަވެސް ނަސްރުގެ ދުވަހުގައި ބޭއްވި ޖަލްސާގައި ރައީސްގެ ވާހަކަ ފުޅު މުޅިން ތަފާތެވެ. ދެއްކެވީ ސިފައިން ގޭގެ އެއްގަމުގެ ބާރު ވަރުގަދަ ކުރުމަށް ހަތިޔާރު ހޯދުމަށް އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް އެދިފައިވާ ވާހަަކައެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2024 | ހޯމަ 09:12
ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެމް.އެން.ޑީ.އެފްގެ އަސްކަރީ ޑިސްޕްލޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެމް.އެން.ޑީ.އެފްގެ އަސްކަރީ ޑިސްޕްލޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ދިވެހިރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާ ބަލަން އަޅުގަނޑުވެސް އިނީ ޝައުގުވެރިކަމާއެކުގައެވެ. ބޮޑަށް ޝައުގުވެރިވީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ރައީސް ދައްކަވާނެ ވާހަކަފުޅުތަކާމެދުގައެވެ. މި އިންތިޒާރުގައި އިންދާ ރައީސް ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެ އެއް އަހަރު ކުރިން ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވި ހިސާބުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެއްވުމަށް ކަމަށް ވިދާޅުވެފައި އޮންނާނެ ކަމަށެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމަ އަށް ކޮންމެ ދުވަހަކު ވެސް ހުއްޓުމެއްނެތި ކުރައްވަމުން މިގެންދަވަނީ އެކަން ކަމަށެވެ. ހިތައް އެރިއެވެ. މިވޭތުވެދިއަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަން ގެއްލުނަ ނުދިނުމަށްޓަކައި ރައީސް ކޮންމެ ދުވަހަކު އެހާ ބުރަކޮށް މަސައްކަތް ކުރައްވަމުން މި ގެންދެވީ ރާއްޖޭގެ މިނިވަންކަމަށް އޮތް ތްރެޓް ހަމަ ބޮޑުވެގެންތާއެވެ. އާދައިގެ އާންމު ރައްޔިތު މީހާއަށް އެކަން ތިލަ ނުވިނަމަވެސް އެކަހަލަ އިންޓެލިޖެންސް ރައީސް އަށް ލިބިވަޑައިގަންނަވާލެއް ގިނަކަމުންތާއެވެ. ފަހަރުގައި މިދިއަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ މިއޮތީ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށް ވެސް ވެދާނެތާއެވެ. ނުވަތަ ރާއްޖެއަށް ހަމަލާތަކެއް އަތުވެދާނެ ކަމުގެ ފުރުސަތު އޮތްލެއް ބޮޑީ ކަމަށްވެސް ވެދާނެތާއެވެ. އެހެން ނޫންނަމަ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެ ވެސް އެންމެ މުހިއްމު އެއް ޒިންމާއަކީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ހިމާޔަތް ކުރުމެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ދެން ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރައްވާ ވާހަކަ އެވެ. ޚާއްސަކޮށް މާލެ ފިޔަވާ އެހެން ސަރަހައްދުތަކުގައި ހުރި މަރުކަޒުތައް ވީރާނާވަމުންދާތީ އެތަންތަން އަލުން ބިނާކުރައްވާ ވާހަކައެވެ. ފުރަތަމަ ހީކުރެވުނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. ދިވެހިން އަމިއްލަ އަށް ކަމަށެވެ. އެހެން ހީކުރެވުނީ ރައީސް ދައްމަވާލައްވަވާފައި އޮތް ފަލަ ރަތްރޮނގާ ބޭރުގެ ގައުމުތަކުން ރާއްޖޭގެ އަސްކަރީ ކަންކަމަށް ބާރުފޯރުވުން ކުޑަކުރައްވަން ރައީސް ވާހަކަފުޅު ދައްކަވާލެއް ގިނަކަމުންނެވެ. ނަމަވެސް ވާހަކަ ދިއައީ ހީކުރެވުނު ގޮތާ ޚިލާފަށެވެ. ރައީސް ވިދާޅުވީ އެތަންތަން ބިނާ ކުރަން އެކުވެރި ދައުލަތްތަކުގައި އެދިފައިވާނެ ކަމަށެވެ. އެމީހުން އެތަންތަން ބިނާ ކޮށްދޭނެ ކަމަށެވެ. ހިލޭ އެހީ ދޭނެ ކަމަށެވެ. ރައީސް ދެން ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރު ވަރުގަދަ ކުރުމަށް ހަތިޔާރު ހޯދާ ވާހަކައެވެ. ހަތިޔާރުގެ ގާބިލްކަން އިތުރުކުރާ ވާހަކަ އެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަ ދޭން އިންޑިއާ ސިފައިން އެހީތެރިވެދޭތީ ރައީސަށް އެކަން ގޯސްވެ، ދިވެހި ސިފައިން އަމިއްލައަށް އެކަން ކުރުމަށްޓަކައި 500 މިލިއަން ޚަރަދު ކުރައްވައިގެން ތުރުކީން ޑްރޯން އެއް ގެންނަވައިގެން އުޅުއްވުމުން، މިފަހަރު ވެސް ހީކުރެވުނީ ހަތިޔާރު ހޯއްދަވަނީ އަމިއްލަފުޅަށް ކަމަށެވެ. އެކަމަކު މިފަހަރުގެ ހީވެސް ގޯހެވެ. ރައީސް ވިދާޅުވީ މިކަމުގައި ވެސް އެކުވެރި ދައުލަތްތަކާ ވާހަކަ ދައްކަވާ ކަމަށެވެ. އެމީހުން އެހީވެދޭނެ ކަމަށެވެ. ދެން އިވުނީ ކޯސްޓްގާޑްގެ ވާހަކައެވެ. ކޯސްޓްގާޑްގެ ފްލީޓް ދެ ގުނަ އިތުރު ކުރައްވާ ވާހަކައެވެ. އެކަމަށްޓަކައި ކަނޑުއޮށްގިރި ސިފައިންނަށް ދީފައި އޮތްވާހަކައެވެ. އެއީ ކޯސްޓްގާޑްގެ މަސައްކަތް ހިންގަން ދީފައިވާ ރަށް ކަމަށެވެ. މިހާ ހިސާބުން އުފެދުނު ސުވާލަކީ އެހެންވިއްޔާ އުތުރު ތިޅަފަޅު އެއީ ކޮންތަނެއްބާވައެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގޮތަށް ތަރައްޤީ ކުރާ އުތުރުތިލަފަޅު އެއީ ކޯސްޓްގާޑާ ބެހޭ ތަނެއް ނޫން ބާވައެވެ. އެހެންވިއްޔާ އެއި ދެން ކޮންތަނެއްބާވައެވެ.

މިއީ ރައީސް ދެއްކެވި ވާހަކަފުޅުގެ ތެރެއިން ކޮންމެވެސް މިންވަރެކެވެ. ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ މިނިވަންކަމުގެ ފަލަ ރަތް ރޮނގުގެ ވާހަކަ އިރިއިރުކޮޅާ ދައްކަވަމުން އަދި އަވަށްޓެރި ގައުމެއް ވިޔަސް އެމީހުންގެ އަސްކަރީ އެހީގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުން އެއީ މިނިވަންކަމަށް ބުރޫއަރާނެ ކަމެއް ކަމަށް ވިދާޅުވަމުން އަދި ރާއްޖޭގެ ކަނޑުގެ އަޑީގެ ޗާޓު ނުވަތަ ހައިޑްރޯގްރަފީ ކުރަހަން އިންޑިއާގެ އަސްކަރި އެހީ ހޯދުން އެއީ ރާއްޖޭގެ މިނިވަންކަމަށް ނުރައްކަލެއް ކަމަށް ވިދާޅުވަމުން އަދި ރާއްޖޭގައި އިންޑިއާގެ އަސްކަރީ އުޅަނދެއް ވިއަސް އަސްކަރީ ރާޑަރެއް ވިއަސް އަސްކަރީ މީހެއްގެ ބޫޓުޖޯޑެއް ވިއަސް ހުރުން އެއީ ބަލައި ނުގަނެވޭނެ، ޓޮލަރޭޓް ނުކުރައްވާނެ ކަމެއް ކަމަށް ވިދާޅުވަމުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު ދިވެހި އަސްކަރިއްޔާ ތަރައްޤީކޮށް މަރުކަޒުތައް ގާއިމުކޮށް ހަތިޔާރު އިތުރު ކުރައްވަން ދެއްކެވި ކޮންމެ ވާހަކަފުޅެއްގެ ފަހަތުން އެކުވެރި ދައުލަތެއް ލައްވާ އެކަން ކުރައްވާ ވާހަކަ ދެއްކެވުން އެއީ ހަމަ ހަގީގަތުގައި ވެސް މިދިއަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެއްވުމަށް ކޮންމެ ދުވަހަކު ކެނޑީނޭޅި ރައީސް ކުރެއްވި ބުރަ މަސައްކަތްޕުޅުކަމާމެދު ޝައްކުކުރާނެ ޖާގައެއް ނެތެއް ނޫންތޯއެވެ. އެހެންކަމަށް ވާނަމަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ތަގްރީރުގައި މިނިވަންކަމާ އިސްތިގުލާލާ އަމިއްލަވަންތަކަމާ މުސްތަގިއްލުކަމުން ފުރިފައި އޮތް ތަގުރީރެކޭ ނުބުނެ ޓީވީ ދޮށުން ތެދުވެވެން ނެތެއް ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު