Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެނިސް އެސޯސިއޭޝަން

ޓެނިސް އެސޯސިއޭޝަންގެ ރައީސަކަށް ހަފީޒް އިންތިޚާބު ކޮށްފި

ދެ ވަނަ ދައުރަކަށް ހަފީޒު އިންތީޚާބު ވެފައިވާއިރު، ދެ ވަނަ ދައުރު ހަމަވާނީ 2028 ވަނަ އަހަރު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ނޮވެމްބަރު 2024 | ހޯމަ 05:40
ޓެނިސް އެސޯސިއޭޝަންގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް އިންތިޚާބުވި ހަފީޒު

ޓެނިސް އެސޯސިއޭޝަންގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް އިންތިޚާބުވި ހަފީޒު

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް، މިހާރު ވެސް އެ މަޤާމުގައި ހުންނެވި އަޙުމަދު ހަފީޒް އިންތިޚާބު ކޮށްފި އެވެ.

ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާފައިވާއިރު، ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވީ ވެސް ހަފީޒު އެކަނި އެވެ. ދެ ވަނަ ދައުރަކަށް ހަފީޒު އިންތިޚާބު ކުރުމަށް 83 މެމްބަރަކު ވަނީ ފެންނަ ކަމަށް ވޯޓް ދީފަ އެވެ. އެ މަޤާމަށް ހަފީޒު އިންތިޚާބު ކުރުމަށް ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދިނެވެ. ދެ ވަނަ ދައުރަކަށް ހަފީޒު އިންތީޚާބު ވެފައިވާއިރު، ދެ ވަނަ ދައުރު ހަމަވާނީ 2028 ވަނަ އަހަރު އެވެ.

ހަފީޒުގެ އިތުރުން، ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިޚާބުވެފައި ވަނީ އިޤްނާޒް މަންޞޫރު އެވެ. އެ މަޤާމަށް އޭނާ ގެނައުމަށް ފެންނަ ކަމަށް ވޯޓު ދިނީ 93 މެމްބަރުންނެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދިންއިރު، ބާތިލް އެއް ވޯޓު އޮތެވެ. ޓެނިސް އެސޯސިއޭޝަންގެ މެމްބަރުންގެ ތެރެއިން އިންތިޚާބު ކުރާ މަޤާމަށް އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ޙަސަން ޝާމް، އާމިނަތު ޞާލިހާ އަދި މުޙައްމަދު ފަސީހު އެވެ. މި މެމްބަރުން ވެސް އިންތިޚާބުވެފައި ވަނީ ފެންނަ، ނުފެންނަ ވޯޓުންނެވެ. މިފަހަރުގެ އިންތިޚާބުގައި ކޮންމެ މަޤާމަކަށް ވެސް ކުރިމަތިލައްވާފައި ވަނީ އެންމެ މެމްބަރެކެވެ.

ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބުގައި 275 މެމްބަރަކަށް ވޯޓު ލެވޭނެ އެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި

18 އެޕްރީލު 2017
ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
06 އެޕްރީލު 2017

އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

06 އެޕްރީލު 2017
އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
30 މާރިޗު 2017

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު