Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޤާނޫނުން ކައުންސިލްތަށް ދޭން ލާޒިމްކުރާ ބަޖެޓުގެ 5% ނުދެނީ ލާމަރުކަޒީ ނިޒާމްދެކެވާ ފޫއްސަކުން

އިންތިޒާމް ވެގެން، ރޭވުންތެެރިކަމާއި އެކު ލާމަރުކަޒީ ނިޒާމް ފުނޑާލާ ހުރިހާ ބާރެއް ރައީސްގެ އަތްޕުޅަށް ނެންގެވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހާއި އެކު ރައީސް ފައްޓަވައިގެން އުޅުއްވާ ކަމެކެވެ. އެއީ އެ ނޫން ގޮތަކަށް ވެރިކަން ކުރައްވަން ރައީސަށް އެނގިވަޑައި ނުގަންނަވާތީވެސް ކަންނޭނގެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 13:01
ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ ނަގާފައިވާ ފޮޓޯ އެއް

ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ ނަގާފައިވާ ފޮޓޯ އެއް

ބާރުތައް ޖަމާކުރުމާއި މަރުކަޒުކުރުމަކީ ވިރާސީ ރަސްކަމުގެ ގަދީމީ ސިފައެކެވެ. ކޮންޓްރޯލްކުރުމާއި، އޮބަހެއްޓުމަކީ ޙުދުމުހުތާރުވެރިކަންތަކުގެ ސިފައެކެވެ. މިއީ ދިވެހިންނަށް ކަމު ނުދިޔަ ދިވެހިން ބަަލައިނުގަނެ ދޫކޮށްލި ސިފަތަކެކެވެ. ރަސްކަމުގެ ބަދަލުގައި ދިވެހިން އިޚުތިޔާރުކުރީ ޖުމްހޫރީ ވެރިކަމެވެ. ހުރިހާ ބާރެއް ރައީސްގެ އަތްޕުޅުގައި އޮންނަ ރިޔާސީ ނިޒާމުގެ ބަދަލުގައި ދިވެހިން އިޚުތިޔާރުކުރީ މަލްޓިޕާޓީ ޑިމޮކްރަސީއެވެ. އެއްތަނަކަށް ހުރިހާ ބާރެއް ޖަމާވެފައި އޮންނަ މަރުކަޒީ ވެރިކަމުގެ ނިޒާމުގެ ބަދަލުގައި ދިވެހިން އިޚްތިޔާރުކުރީ ލާމަރުކަޒީ ނިޒާމެވެ. އެއީ ބާރުތައް ދޫކުރުމާއި، އަމިއްލަ އިޙްތިޞާސްގައި ހުންނަ ކަންކަން އަމިއްލަ އަށް ކުރުމުގެ އިޚްތިޔާރު ރައްޔިތުންނަށް ދިނުމުގެ ނިޒާމެވެ.

ބައެއްގެ އެތައް ބުރަ މަސައްކަތާއި، އެތައް ގިނަ ޤުރުބާނީތަކަކުން ހޯދި މި ނިޒާމް ފުނޑުފުނޑުވެގެން ދިއުމަކީ ދިވެހިންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވާނެކަމާއި މެދަކު ޝައްކެއް ނެތެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް މި ދެންނެވި ނޭދެވޭ ބަދަލުތައް އަންނަމުންދާ ކަމުގެ ނުވަތަ ބަޔަކު ގަދަކަމުން ގެންނަމުންދާ ކަމުގެ ކުލަތައް ފެންނަން ފަށައިފިއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެން ޕީއެންސީގެ ސަރުކާރެއް ޤާއިމްވުމާއި އެކު މިދެންނެވި މަސައްކަތް ފެށިގެން ހިނގައްޖެއެވެ. ފުރަތަމަ ޤާއިމްކުރެވުނީ ދިވެހިން މާޒީގެ ތެރެއަށް ދޫކޮށްލި އެޓޯލްސް މިިނިސްޓްރީއެވެ. މުޅިން އެހެން ނަމެއްގައެވެ. އެކަމަކު ކޮންޓްރޯލް ކުރަން ފެށީ ރަށްރަށުގެ ހިންގުމުގެ ބާރެވެ. ނަމަވެސް ތަފާތަކީ ރަށްރަށް ހިންގަން ތިބީ ކުރީގެ ގޮތަށް ކަތީބުންނެއް ނޫނެވެ. އެކަމަކު ކައުންސިލަރުން ކަމެވެ.

ދެން ފެށުނީ ކައުންސިލްތައް ކުޑަ ކުރަން ޖެހޭ ވާހަކަ ދައްކަން ފެށުމެވެ. ފުރަތަމަ ފެއްޓެވީ ރައީސެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައެވެ. އެފިޝަންޓް ކުރުމުގެ ނަމުގައެވެ. މުޅި ޤައުމު ހިންގަން އެންމެ މީހަކު ހުންނަ އިރު ކުޑަ ކުޑަ ރަށެއް ހިންގަން 5 މީހުން ތިބެން ނުޖެހޭނެ ކަމުގެ ތާކުން ތާކު ނުޖެހޭ ހުއްޖަތް ދައްކަވަމުންނެވެ. ގިނަ މީހުން ހީކުރީ އެހާވަރުން މިކަން ނިންމަވާލައްވާނެ ކަމަށެވެ. އިތުރަށް ލާމަރުކަޒީ ނިޒާމަށް ގޯނާ ނުކުރައްވާނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދިފައި އޮތް މާލެ ސިޓީ ކައުންސިލްގެ މޭޔަރކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެން، ލާމަރުކަޒީ ނިޒާމުން ލިބޭ ބާރުތައް ނުލިބިގެން އެ ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅަކު ޤައުމުގެ ވެރިކަމަށް ވަޑައިގެން އެ ނިޒާމް ފުނޑުފުނޑުކޮށްލައްވަން ނޫޅުއްވާނެ ކަމަށެވެ.

ނަމަވެސް ކަން ހިނގާ ދިޔައީ ފިތުރަތުގެ އުސޫލުންނެވެ. ރަނުން އުއްތިޔަސް ދަނގަނޑުން ދަބަރު ހިލޭނެ ނޫންތޯއެވެ. ކޮންމެ ކަންވާރަކުން އަންނާނީ އެ ކަންވާރެއްގައި ހުރި އެއްޗެއް ނޫންތޯއެވެ. ލާމަރުކަޒީ ނިޒާމާއި ބީރަށްޓެހި މަރުކަޒީ ނިޒާމާއި ރައްޓެހި ބާރުތައް އަތްޕުޅަށް ނެންގެވުމަށް ޝައުގުވެރި ބޭފުޅަކު ކޮންމެ ވާހަކައެއް ދައްކަވަމުން ވަޑައިގެންނެވި ނަމަވެސް އާހިރުގައި ހަމަ އެ ނިޒާމާއި ދެކޮޅުވާނެ ނޫންތޯއެވެ. 2025 ވަނަ އަަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓް މިކަމުގެ ހެއްކަކަށް ފުދޭ ނޫންތޯއެވެ. ޤާނޫނަކުން މުތުލަގަށް ކަނޑައަޅާފައި އޮތް އެއްޗަކަށް އިޚުތިރާމް ނުކުރެއްވުން ދަލީލަކަށް ފުދޭ ނޫންތޯއެވެ. ބަޖެޓުގެ 5 % ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ޤާނޫނުން ކަނޑައަޅާފައި އޮއްވާ އެ މިންވަރު ނުލިބޭ ގޮތަށް ބަޖެޓް ހުށަހެޅުއްވުމުން ރައީސް މުއިއްޒު އާއި ޕީޕީއެމް ސަރުކާރުގެ އަސްލު ސާފުވެއްޖެ ނޫންތޯއެވެ؟

މީހުން ބުނަނީ ރަނގަޅަށެވެ. އިންތިޒާމް ވެގެން، ރޭވުންތެެރިކަމާއި އެކު ލާމަރުކަޒީ ނިޒާމް ފުނޑާލާ ހުރިހާ ބާރެއް ރައީސްގެ އަތްޕުޅަށް ނެންގެވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހާއި އެކު ރައީސް ފައްޓަވައިގެން އުޅުއްވާ ކަމެކެވެ. އެއީ އެ ނޫން ގޮތަކަށް ވެރިކަން ކުރައްވަން ރައީސަށް އެނގިވަޑައި ނުގަންނަވާތީވެސް ކަންނޭނގެއެވެ. ނުވަތަ ޙުދުމުހުތާރު އެތައް ސިފައެއް ރައީސްގެ ވެރިކަމުގައި ހަރުލާފާ ހުރީތީވެސް ކަންނޭނގެއެވެ.

ކުރަން އުޅުނަސް އެ މީހެއްގެ ކިބައިގައި ނެތް ކަމެއް ނުކުރެވޭނެ ނޫންތޯއެވެ؟ ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރި އެއް އަނބަކަށް ނުވާނެ ނޫންތޯއެވެ. ލާމަރުކަޒި ނިޒާމޭ، ރައްޔިތުންގެ ބާރޭ، ރަށްރަށުގެ ލޮބުވެތި ރައްޔިތުންނޭ، އިޚްތިޞާސޭ، ފުދުންތެރިކަމޭ ކިޔައިގެން ކިތަންމެ މޮޅު ވާހަކަތަކެއް ދެއްކި ނަމަވެސް ހުރިހާ ބާރެއް އަތްޕުޅަށް ޖަމާކުރަން ބޭނުންފުޅުވާ ބޭފުޅަކަށް ލާމަރުކަޒީ ނިޒާމް ކަމަކު ނުދާނެ ނޫންތޯއެވެ؟

ބަޖެޓް 2025ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު