Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލު ހަމަނުޖެހުން

ދަތްތައް ފުނޑޭ ވަރުގެ ރައްދެއް އިޒްރޭލަށް ދޭނަން: އީރާނުގެ ލީޑަރު

އީރާނުން ދީފާނެ ހަމަލާއަކުން އިޒްރޭލު ރައްކައުތެރި ކުރުމަށް އެމެރިކާ އިން ގެންދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން

ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 11:28
އީރާނުގެ ލީޑަރު ނޮވެމްބަރު 2، 2024 ގައި އީރާނުގެ ޔުނިވަރސިޓީ ދަރިވަރުންނާ ބައްދަލުކުރައްވަނީ

އީރާނުގެ ލީޑަރު ނޮވެމްބަރު 2، 2024 ގައި އީރާނުގެ ޔުނިވަރސިޓީ ދަރިވަރުންނާ ބައްދަލުކުރައްވަނީ

އިޒްރޭލަށް އީރާނުން ވަރުގަދަ ރައްދު ހަމަލާ އެއް ދޭނެ ކަމަށް ވިދާޅުވެ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވަރުގަދަ އިންޒާރެއް އެމެރިކާ އާއި އިޒްރޭލަށް ހޮނިހިރު ދުވަހު ދެއްވައިފިއެވެ.

އީރާނުގެ ލީޑަރު މިމޭރުމުން ވާހަކަފުޅު ދެއްކެވީ އޮކްޓޯބަރު 26 ގައި އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރީ މަރުކަޒުތަކާއި އެހެނިހެން ތަންތަނަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާގައި އީރާނުން މަދުވެގެން 5 މީހުން މަރުވި ހާދިސާ އާ ގުޅިގެން އިޒްރޭލަށް އަނެއްކާވެސް ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސް އެހެން ވެރިން ވެސް ދެއްވަމުންދާ ދަނޑިވަޅެއްގައެވެ.

ސިޔާސީ ތަޖުރިބާކާރުންގެ ނަޒަރުގައި އީރާނުގެ މި އިންޒާރާއެކު ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެގެންދާނެއެވެ. އީރާނާއި އިޒްރޭލުން ކުރިއަށް އޮތްތާނގައި އިތުރު ހަމަލާތަކެއް ދީފިނަމަ، މެދުއިރުމަތީގެ ސަރަހައްދު ހަނގުރާމައަކަށް ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. ޣައްޒާ އަށް ހުއްޓުމެއްނެތި އިޒްރޭލުން ދެމުންދާ ހަމަލާތަކާއި، އިޒްރޭލުން ލުބުނާނަށް އެރުމުގެ ސަބަބުން މެދު އިރުމަތި އޮތީ ވަރަށް ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައެވެ.

އީރާނުގެ ދަރިވަރުންނާ ބައްދަލު ކުރައްވާ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވީ، އީރާނަށާއި ޖިހާދީ ޖަމާއަތްތަކާ ދެކޮޅަށް ޒަޔަނިސްޓު ވެރިކަމުގެ ފަރާތުން ކުރަމުން ގެންދާ ކަންތައްތައް އެމެރިކާ އަށާއި އާއި އިޒްރޭލަށް އެނގެންވާނެ ކަމަށާއި، ހަމަ ޔަގީނުންވެސް "ދަތްތައް ފުނޑޭވަރުގެ ރައްދެއް" އީރާނުން އިޒްރޭލަށް ދޭނެ ކަމުގައެވެ.

އީރާނުގެ ލީޑަރުގެ ވާހަކަފުޅުގައި އަނިޔާވެރިކަމާ ކުރިމަތި ލުމަށް ތައްޔާރު ވުމަށް އަސްކަރީ ގޮތުންނާއި، ސިޔާސީ ގޮތުން ކުރން ޖެހޭ ހުރިހާ ކަމެއް އީރާނުން ގެންދަނީ ކުރަމުންނެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އިންޒާރު ދެއްވި ހަމަލާ ދޭނެ ވަގުތެއް ނުވަތަ އޭގެ ބޮޑުމިނެއް ސާފުކޮށް ވިދާޅެއް ނުވެއެވެ.

އަނެއްކޮޅުން އީރާނުން ދީފާނެ ހަމަލާއަކުން އިޒްރޭލު ރައްކައުތެރި ކުރުމަށް އެމެރިކާ އިން ގެންދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މިގޮތުން ވައިގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް އެމެރިކާ އިން އިޒްރޭލަށް ދިން ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ބެޓަރީއެއް ބަލަހައްޓަމުން ގެންދަނީވެސް އިޒްރޭލުގައި ގާއިމުވެ ތިބި އެމެރިކާ ސިފައިންކަން ފާހަގަ ކުރެވެއެވެ.

ޚާމަނާއީ ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް އީރާނުން އިސް ނަގައިގެން ކުރަމުންދާ މަސައްކަތުގައި "އެއްވެސް އިހުމާލެއް" އީރާނުން ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައެވެ.

"މިއީ ހަމައެކަނި ބަދަލުހިފުމުގެ ކަމެއް ނޫނެވެ. މިއީ ދީނީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ޝަރުއީ ގޮތުންނާއި، އަދި ބައިނަލްއަޤްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން ޖެހޭ ހަމަ ބުއްދީގެ އުސޫލެވެ،" އާޔަތުއްﷲ ޚާމެނެއީ ވިދާޅުވިއެވެ.

އިޒްރޭލަށް ހަމަލާ ދިނުމުގައި އީރާނުން ބޭނުންކުރާ ބެލިސްޓިކް މިސައިލް ކޮންޓްރޯލްކުރާ އީރާނުގެ ޕެރަމިލިޓަރީ ރިވޮލިއުޝަނަރީ ގާޑުގެ ތަރުޖަމާނު ޖެނެރަލް މުޙައްމަދު އަލީ ނައިނީ، ޚާމެނީގެ ވާހަކަފުޅުގެ ކުރިން އީރާނުގެ ސެމީ-އޮފިޝަލް ފާރސް ނިއުސް އޭޖެންސީއަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ރައްދު "ވިސްނުންތެރި، ގަދަފަދަ އަދި ދުޝްމަނުންނަށް ވިސްނަންވެސް ނޭނގޭނެ ފަދަ ވަރުގަދަ،" އެއްޗަކަށް ވާނެ ކަމަށް ވިދާޅުވެ ވަނީ އިންޒާރު ދެއްވާފައެވެ.

ހޮނިހިރު ދުވަހު އީރާނުގެ ލީޑަރު ޚާމެނީ ޔުނިވަރސިޓީ ދަރިވަރުންނާ ބައްދަލުކުރެއްވީ ސްޓޫޑެންޓްސް ޑޭ ފާހަގަކުރުމަށެވެ.

މި ދުވަސް ފާހަގަކުރަނީ 1978 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު ހިނގި ހާދިސާއެއް ގެ ހަނދާންކުރުމަށެވެ.

އެ ދުވަހު އީރާނުގެ ސިފައިން ވަނީ ތެހެރާނު ޔުނިވަރސިޓީގައި އީރާނުގައި އޭރު އޮތް ޝާހުގެ ވެރިކަމާ ދެކޮޅަށް އިހުތިޖާޖުކުރަމުންދިޔަ ދަރިވަރުންނާ ދިމާލަށް ބަޑި ޖަހައި، އެތައް ދަރިވަރުންނެއް މަރާލާފައެވެ.

މި ހާދިސާގެ ސަބަބުން އީރާނުގެ މަސްރަހް އިތުރަށް ހަލަބޮލިވެ، އިތުރަށް ގޯސްވެ، އެންމެ ފަހުން ޝާހު ޤައުމުން ފިއްލެވިއެވެ. އެއާއެކު 1979 ގައި އީރާނަށް ގެނައި އިސްލާމީ އިންޤިލާބަށް މަގުފަހިވިއެވެ.

އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއި

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ

ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ

21 އޮކްޓޯބަރު 2025
އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

19 އޯގަސްޓު 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
މެދު އިރުމަތީގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

މެދު އިރުމަތީގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

12 ޖުލައި 2025
ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

12 ޖުލައި 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު