Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2025

ހުށަހަޅާފައިވާ ބަޖެޓުން މުސާރަ ދެވޭނެ ގޮތެއްވެސް ނުވިސްނޭ: މޭޔަރު ނިޒާރު

ކައުންސިލްތަކަށް ބޮލޮކް ގްރާންޓަށް ދިނުމަށް ހިމަނާފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ކަނޑައަޅާފައިވާ 2.2 ބިލިއަން ރުފިޔާ އާ އަޅާ ބަލާއިރު، ބޮޑުތަނުން ކުޑަ އަދަދެކެވެ

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 18:19
މޭޔަރ ނިޒާރު

މޭޔަރ ނިޒާރު

ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލް ތަކަށް ލިބެން ޖެހޭ މިންވަރު ކުޑަކޮށް, ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ބަޖެޓު ހުށަހެޅުމުން އެކަމުގެ ކަންބޮޑުވުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ފާޅު ކުރައްވައިފިއެވެ.

ނިޒާރު ވިދާޅުވީ، "ހުށައެޅިފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަވެސް ދެވޭނެ ގޮތެއް ނުވިސްނޭ،" ކަމަށެވެ.

ބަޖެޓުގެ ކަންބޮޑުވުން ފާޅު ކުރައްވާ ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓުގައި "އަތޮޅުތަކުގައި ތަރައްގީގެ ގޮތުގައި ގާކޮޅެއްވެސް ގުޑުވާނުލެވި 2024 ވަނައަހަރު ދައުލަތުގެ ބަޖެޓަށް ހުށައެޅި 50 ބިލިއަނެއްހާ ރުފިޔާ ހުސްވެ ދިޔަކަން" ވަނީ ފާހަގަ ކުރައްވާފައެވެ.

"ކުރިއާލާ އެއްވެސް އިޝާރާތެއްނެތި ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ލިބެންޖެހޭ ބަޖެޓް ކުޑަކޮށް މަޖްލިސްއަށް ހުށައަޅާފައި ވުމަކީ ކަންބޮޑުވުން އޮތް ކަމެއް،" ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، "ރާއްޖޭގެ މާލީހާލަތު ސަރުކާރުން ހާމަނުކުރާއިރު އަދި ހަރަދު ކުޑަކުރުމަށް އަމުދުން ފިޔަވަޅެއް ނާޅާއިރު މިޒާތުގެ މާލީ ސިޔާސަތަކީ ތަފާތުކުރުމާއި އޮޅުވާލުން ކަމަށް،" ގަބޫލުކުރައްވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުން މަދުކޮށްފައިވަނީ ރައްޔިތުން 'ނިކަމެތި' ކޮށްލަން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ވަރަށް ބޮޑަށް ބަޖެޓަށް ފާޑު ވިދާޅުވެފައެވެ.

އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، ކައުންސިލްތަކަށް ބޮލޮކް ގްރާންޓަށް ދިނުމަށް ހިމަނާފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ކަނޑައަޅަފައިވާ 2.2 ބިލިއަން ރުފިޔާ އާ އަޅާ ބަލާއިރު، ބޮޑުތަނުން ކުޑަ އަދަދެއްކަން ފާހަގަ ކުރެވެއެވެ.

ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރު ކުޑަވުމުން 19 ވަނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ކަން ކުރެއްވި ކުރީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ދައުލަތުން މިދިޔަ ފަސް އަހަރު ދިން އަދަދަށް ވުރެ މަދު އަދަދެއް މި ފަހަރު ބަޖެޓް ގަ ޖަހާފަ އެއޮތީ އޮޅުމަކުންތޯ ނިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ. އޭނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ޖުމްލަ ބަޖެޓުގެ އަދަދު ބޮޑުވާ ވަރަކަށް 5 އިންސައްތައިގެ ގޮތުގައި ކަނޑައަޅާ އަދަދުވެސް އިތުރުވާން ޖެހޭނެ،" ކަމަށެވެ.

ބަޖެޓް 2025އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު