Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2025ގެ ބަޖެޓް

މި ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި އޮތް ކުޑަކުޑަ އުންމީދުގެ ހުޅުކޮޅު ވެސް 2025ގެ ބަޖެޓާއި އެކު ނިވިއްޖެ - އިހުސާން

ސަރުކާރުގެ މަޤްސަދު ހާސިލްވާކަން މިނެކިރާނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ނޮވެމްބަރު 2024 | ހުކުރު 13:47
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

2025ގެ ބަޖެޓާއި އެކު މި ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި އޮތް ކުޑަކުޑަ އުންމީދުގެ ހުޅުކޮޅު ވެސް ނިވިފައިވާ ކަމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 2025 ވަނަ އަހަރަށް 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ހުހުށަހަޅާފައެވެ. އެ ބަޖެޓާއި އެކު ވެސް ރައްޔިތުން ރާއްޖެ ކުރިއަރައިދިއުމަށް ކުރާ އުންމީދު އެއްކޮށް ފަނޑުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކާ ވީ ހުރިހާ ވައުދެއް ބޮލާލާ ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންނަށް ވީ ވައުދުތަކާއި، ގޯތި ގެދޮރާއި މެދުވީ ވައުދުތައް ސަރުކާރުން ހަނދާން ނައްތާލާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިހުސާން އިތުރަށް ވިދާޅުވީ ދަރިންގެ މުސްތަޤްބަލާ މެދު ވިސްނާލާ ނަމަ 2025ގެ ބަޖެޓުން ފެންނަނީ ނާއުންމީދާއި، ޝައްކު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބަޖެޓުން އެނގެނީ ތަންދޮރު ނުދަންނަ ބަޔަކު ބަޖެޓް އެކުލަވާލިކަން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. ސަރުކާރަށް އަހަރެއްވީ އިރު ސަރުކާރުގެ ލަނޑުދަނޑިތައް ވެސް ސާފު ނުވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ މަޤްސަދު ހާސިލްވާކަން މިނެކިރާނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިހުސާން ވަނީ ތާކުންތާކު ނުޖެހޭ ރޭވުންތެރިކަމެއް ނެތް ސަރުކާރެއްގެ ކިބައިން ފެންނާނީ މިކަހަލަ ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓުގައި ދިމާނުވާ އެތައް ކަމެއް ހުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފާހަގަކޮށްލެވޭ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ. އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަޖެޓް 2025އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު
03 ނޮވެމްބަރު 2025

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު
02 ނޮވެމްބަރު 2025

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"
07 އޯގަސްޓު 2025

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!
18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު