Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިޔާސީ މަގާމު

248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި ކަމަށް ބުނެފި، ވަކި ކުރީ ކޮން ބައެއް ކަމެއް ނުބުނޭ

ވަކި ކުރީ ކޮން ބައެއްކަން އެނގޭނެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވޭ

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 12:20
ރައީސް މުއިއްޒު އާއި ސަރުކާރުގެ ވެރިން - މަތިބަރު ސަރުކާރެއްގެ ގޮތުގައި މުއިއްޒުގެ ސަރުކާރު ވަނީ ފާހަގަ ކުރެވިފައި

ރައީސް މުއިއްޒު އާއި ސަރުކާރުގެ ވެރިން - މަތިބަރު ސަރުކާރެއްގެ ގޮތުގައި މުއިއްޒުގެ ސަރުކާރު ވަނީ ފާހަގަ ކުރެވިފައި

ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 248 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމަކީ މީގެ ކުރިން އާންމުކޮށް އަންގާ އިއުލާނު ކުރާ މައުލޫމާތު ކަމަށް ވިޔަސް، 248 ސިޔާސީ މުވައްޒަފުން މަގާމުން ވަކި ކޮށްފި ކަމަށް ބުނުން ފިޔަވާ ވަކި ކުރީ ކޮން ބައެއްކަން އެނގޭނެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

އޮކްޓޯބަރު 15 ވަނަ ދުވަހު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމެވި ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުން ވަކިކުރަން ނިންމެވީ، އިގްތިޞާދީ ސިޔާސަތު އިސްލާހުކުރުމުގެ ތެރެއިން ޚަރަދުކުޑަކުރުމުގެ ގޮތުން އަޅަން ނިންމެވި ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައި." ކަމަށް ހުކުރު ދުވަހު ހަވީރު ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން މިހާރު ވަނީ ނިންމާފައި ވާ ކަމަށާއި، މިނިޒާމަށް ވަރަށް އަވަހަށް ޢަމަލު ކުރަން ފަށާނެ ކަމަށްވެސް ހީނާގެ ޕޯސްޓުގައި ވެއެވެ.

ސިޔާސީ މަގާމުތަކަކުން ބަޔަކު ވަކި ކުރި ކަމަށް ސަރުކާރުން ހާމަކުރި އިރު، ނޫސްވެރިން ތަކުރާރުކޮށް އެހުމުންވެސް ޑރ. މުއިއްޒުގެ ސަރުކާރުގައި އުފައްދާފައިވަނީ ކިތައް ސިޔާސީ މަގާމު ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ސިޔާސީ މަގާމުތަކުން މީހުން ވަކި ކުރީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނާއިރު، އަނެއްކޮޅުން 2025 ވަނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި އުޖޫރައިގެ ގޮތުގައި ހިމަނާފައިވާ އަދަދު ހިނގަމުންދާ އަހަރަށް ވުރެ ބޮޑުކަން ވަނީ ފާހަގަ ކުރެވިފައެވެ.

ސިޔާސީ މަގާމުތައް އިތުރުވުންރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
16 ޖުލައި 2025

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

16 ޖުލައި 2025
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު
16 ޖުލައި 2025

ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

16 ޖުލައި 2025
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް
21 ޑިސެމްބަރު 2024

ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ

21 ޑިސެމްބަރު 2024
ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ
17 ޑިސެމްބަރު 2024

ދަ ޑެމޮކްރެޓްސް އިން މަޖިލީސް އިންތިޚާބަށް ކުރިމަތިލި ލީލާ އަށް އެންވަޔަރަންމަންޓުގެ ސިޔާސީ މަގާމެއް

17 ޑިސެމްބަރު 2024
ދަ ޑެމޮކްރެޓްސް އިން މަޖިލީސް އިންތިޚާބަށް ކުރިމަތިލި ލީލާ އަށް އެންވަޔަރަންމަންޓުގެ ސިޔާސީ މަގާމެއް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު