Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ މުވައްޒަފުން

ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް!

15 ދުވަސް ތެރޭގައި މުވައްޒަފުން ވަކި ކުރިކަމުގެ ތަފްސީލުދޭނެކަމަށް ބުނިނަމަވެސް ތަފްސީލެއް ދީފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 02:42
ރައީސް މުއިއްޒު މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު

ރައީސް މުއިއްޒު މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު

15 ދުވަސް ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އެކަން ހާމަކުރާނެކަމަށް ބުނި ނަމަވެސް، އެ މުވައްޒަފުންނަށް އެހެން މިނިސްޓްރީތަކުން ވަޒީފާދީފައިވާކަމާއި އަދި ބައެއް މިނިސްޓްރީ ތަކުގައި އެ މުވައްޒަފުން ވަކިކުރުމަށްފަހު ޖެހިގެން އަންނަދުވަހު ހަމަ އެ މިނިސްޓްރީން އަލުން ވަޒީފައި ދޭކަން ހާމަވެއްޖެއެވެ. ހަމަ އެއާއެކު މި ގޮތަށް ވަކިކުރާ ބައެއް ފަރާތް ތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދެމުން ވެސް އެބަގެންދެއެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެކުލަވާލާފައިވާ "އިކޮނޮމިކް ރީފޯމް އެޖެންޑާ"ގެ ދަށުން އެކި މިނިސްޓްރީތަކުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި 228 މުވައްޒަފުން މަޤާމުން ވަކިކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މަޤާމުން ވަކިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިޔަވަޅާއެކު، ސަރުކާރުގެ ޚަރަދުތަކުން، މަހަކު 5.714 (ފަހެއް ޕޮއިންޓް ހަތެއް އެކެއް ހަތަރެއް މިލިޔަން) ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން އެއިރު ބުނެފައިވެއެވެ.

މިފަފަ ބޮޑު ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ޚަރަދުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން ކަމަށް ވެސް ސަރުކާރުން އެއިރު ބުނެފައިވެއެވެ.

ނަމަވެސް ސިޔާސީ މަގާމުތަކުގެ އަދަދާއި، ދައުލަތުން އެކަމަށް ކުރާ ހޭދަ މީގެކުރިންވެސް ދޭން ދެކޮޅު ހެދި މި ސަރުކާރުން 15 ދުވަސް ހަމަވިއިރުވެސް އެ މައުލޫމާތެއް ހާމަނުކުރެއެވެ. އެ މައުލޫމާތު ދީފައިވަނީ 16 ވަނައަށްވީ ދުވަހުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހުކުރު ދުވަހު މެންދުރުފަހު އެކްސްގައި އެއްވެސް ތަފްސީލެއް ނެތި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާ ކަމަށެވެ. ހަމަ އެއާއެކު ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ކުރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން މިހާރު ވަނީ ނިންމާފައި ކަމަށާއި، މިނިޒާމަށް ވަރަށް އަވަހަށް ޢަމަލު ކުރަން ފަށާނެ ކަމަށެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމަށް ހީނާ ވިދާޅުވިނަމަވެސް، ނަންނުޖެހުމަށް ޝަރުތުކޮށް ބައެއް މިނިސްޓްރީތަކުގެ އިސް މުވައްޒަފުން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނެފައިވަނީ މިދިޔަ ދުވަސްތަކުގައި ސިޔާސީ މުވައްޒަފުންތައް ވަޒީފާއިން ވަކިކޮށް، ޖެހިގެން އައި ދުވަހު އެހެން މިނިސްޓްރީއަަކަށް ވަޒީފާއައް ވައްދާފައިވާ ކަމަށެވެ. އަދި މުވައްޒަފުން ވަޒީފާއިން ވަކިކުރާނަމަ އެކަން ލިޔެކިޔުމުގައި ހިމެނޭނެ ކަމަށާއި، ސަރުކާރުން ސިޔާސީ މުވައްޒަފުން ވަކިކުރިކަމަށް ދައްކަން ވެގެން އެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކުރި މުވައްޒަފުން އެހެން މިނިސްޓްރީތަކަށް ބަދަލުކޮށްފައިވާއިރު، މަގާމުތަކަށް ވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ވާހަކަ ދެއްކި މުވައްޒަފުން ވަނީ ބުނެފައެވެ.

ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމިކަން ރައީސް އިއުލާންކުރެއްވިތާ 14 ވަނައަށްވި މިދިޔަ ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަން ކުރައްވާނީ 15 ދުވަސް ތެރޭގައި ކަމަށެވެ. އަދި ވަގުތު ހަމަވުމުން މީޑިއާތަކަށް އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ އަދަދުވެސް ހާމަކުރައްވާނެ ކަމަށެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރިގޮތަކަށް މައުލޫމާތު ލިބިފައިވަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ނަމުގައި މިނިސްޓްރީތައް ބަދަލުކުރާ މައްސަލައިގައި ވަނީ ސަރުކާރުގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައެވެ.

ސިޔާސީ މަގާމުތައް އިތުރުވުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުދިވެހި ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު