Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ މަގާމު

ދަ ޑެމޮކްރެޓްސް އިން މަޖިލީސް އިންތިޚާބަށް ކުރިމަތިލި ލީލާ އަށް އެންވަޔަރަންމަންޓުގެ ސިޔާސީ މަގާމެއް

ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާ އަށް ގިނަވެ އެކަމުގެ ފާޑު ކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައި

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2024 | އަންގާރަ 17:08
ލީލާ އިބްރާހީމް މަނިކު

ލީލާ އިބްރާހީމް މަނިކު

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ގެ މަގާމު ލީލާ އިބްރާހީމް މަނިކަށް ރައީސް މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ލީލާ އަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދަ ޑެމޮކްރެޓްސް ޓިކެޓްގައި ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް ނުކުތުމަށް ފަހު ކެމްޕޭންގެ ވަކި ހިސާބަކުން އިންތިޚާބުން ވަކިވެ، އެ ދާއިރާ އަށް ސަރުކާރު ހިންގާ ޕާޓީ ކަމުގައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓަށް ތާއީދުކުރަން ނިންމި ފަރާތެކެވެ.

Advertisement - newsAdvertisement

ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ ފަރާތްތަކުގެ މައުލޫމާތު ސަރުކާރުން ހާމަ ނުކުރާތީ ލީލާ އަށް މަގާމު ދެއްވި ތާރީޚް ސާފުވާގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް އޭނާ އަށް މަގާމު ހަމަޖެއްސެވީ މި ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި މިހާރު އެންވަޔަރަންމަންޓް މިނިސްޓްރީ އަށް ވަޒީފާ އަށް ނުކުންނަވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާ އަށް ގިނަވެ އެކަމުގެ ފާޑު ކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައެވެ. ސަރުކާރުގެ ސިޔާސީ މަގާމު ތަކުގެ އަދަދު 700 ށް ވުރެ މައްޗަށް ނުދާނޭ ކަމަށް ކެމްޕޭންގައި ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް ސިޔާސީ މަގާމުތަކުގެ އަދަދު 2000ން މައްޗަށް ގޮސްފައިވާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ. ސަރުކާރުން މިހާތަނަށް ސިޔާސީ މަގާމުތަކުގެ އަދަދު ހާމަ ކުރުމަށް ވަނީ ފަސް ޖެހިފައެވެ.

އަނެއްކޮޅުން ސަރުކާރުގެ ހިންގުމުގެ ޚަރަދުގެ އެންމެ ބޮޑު އެއްޗެއް ހޭދަ ކުރަން ޖެހިފައިވަނީ މުވައްޒަފުންގެ މުސާރަ އަށް ކަން ފިނޭންސް މިނިސްޓްރީން އާންމު ކުރަމުންދާ ރިޕޯޓުތަކުން ހާމަ ވެއެވެ.

ސަރުކާރުން ސިޔާސީ މަގާމުތަކުން މީހުން މަދުކުރާ ވާހަކަ ދައްކާފައިވަނިކޮށް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް އިތުރު ސިޔާސީ މަގާމަކަށް ބޭފުޅަކު ހަމަޖެއްސި އިރު، މިހާރުވެސް އެ މިނިސްޓްރީގައި ގިނަ އަދަދަކަށް ސިޔާސީ މަގާމުތަކަށް މީހުން ވަނީ އައްޔަން ކޮށްފައެވެ.

ސަރުކާރުގެ ގިނަ މިނިސްޓްރީ ތަކަށް އައްޔަން ކޮށްފައި ތިބި ސިޔާސީ މީހުން ކުރާނެ މަސައްކަތެއް ނޯންނަ ކަމަށާއި އަދި ބައެއް މީހުންނަށް އިށީންނާނެ ގޮނޑި މޭޒުވެސް ނުހުންނަ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ލީލާ އިބްރާހިމް މަނިކުސިޔާސީ މަގާމުތައް އިތުރުވުންސިޔާސީ މަގާމުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް!

ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް!

02 ނޮވެމްބަރު 2024
248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި ކަމަށް ބުނެފި، ވަކި ކުރީ ކޮން ބައެއް ކަމެއް ނުބުނޭ

248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި ކަމަށް ބުނެފި، ވަކި ކުރީ ކޮން ބައެއް ކަމެއް ނުބުނޭ

01 ނޮވެމްބަރު 2024
ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް އިސްތިއުފާ ދޭން އަންގަމުން އެބަދޭ

ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް އިސްތިއުފާ ދޭން އަންގަމުން އެބަދޭ

23 އޮކްޓޯބަރު 2024
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި

ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި

04 ޖުލައި 2024
ބޭނުން ނުވާ ވަރަށް ސިޔާސީ ވަޒީފާ އުފައްދައިފި: ޑރ. ޝަމްހީދު

ބޭނުން ނުވާ ވަރަށް ސިޔާސީ ވަޒީފާ އުފައްދައިފި: ޑރ. ޝަމްހީދު

03 ޖުލައި 2024

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު