Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑީއެންއާރް ތެރޭގައި ޕީއެންސީގެ ފޯމްތައް ފުރުން

ޑީއެންއާރު ތެރޭގައި ޕީއެންސީ އަށް މީހުން ވައްދަން ފޯމު ފުރިކަމުގެ މައުލޫމާތު ލިބިފައިނުވޭ: ސަރުކާރު

ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 16:30
ޑީއެންއާރް ތެރޭގައި ޕީއެންސީގެ ފޯމްތައް ފުރާ ކަމަށް ބުނެ ދައުރުކުރާ ފޮޓޯއެއް

ޑީއެންއާރް ތެރޭގައި ޕީއެންސީގެ ފޯމްތައް ފުރާ ކަމަށް ބުނެ ދައުރުކުރާ ފޮޓޯއެއް

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، (ޑީއެންއާރު) ތެރޭގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މީހުން ވައްދަން ފޯމު ފުރިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީގެ ނޫސްވެރިޔާ ވަނީ ޑީއެންއާރުގެ ތެރޭގައި ޕީއެންސީގެ ފޯމުތައް ފުރަން ތިބި ފޮޓޯތައް އާއްމުވެފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

Advertisement - newsAdvertisement

އެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ޕޯޑިއަމްގައި ސީދާ ޕާޓީގެ ވާހަކަ ނުދެއްކޭނެ ކަމަށާއި، ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނުފޫޒު ނުފޯރުވާނެ ކަމަށާއި، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ދައުލަތު ހުރިހާ މުއައްސަސާއަކުން އަދި ޚާއްސަކޮށް މިނިވަން މުއައްސަސާތަކުން އެ މިނިވަންކަމާއި މުސްތަގިއްލުކަމުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ފަހިކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ޑީއެންއާރުގައި ސިޔާސީ ފޯމު ފުރުމުގެ މަސައްކަތް ކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މަސައްކަތްތަކެއް އެ މުއައްސަސާގައި ކުރިކަމުގެ މައުލޫމާތެއް ރަސްމީކޮށް ލިބިފައިނުވާ ކަމަށެވެ.

ޑީއެންއާރު ތެރޭގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މީހުން ވައްދަން ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެ ސަރުކާރަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައެވެ. މީސްމީޑިއާގައި ވެސް މިފަދަ ފޮޓޯތަކެއް ދައުރުވަމުން ދާއިރު އެ ފޮޓޯތަކުން ޕީއެންސީ އަށް ނިސްބަތްވާ މީހުން ފޯމް ފުރުމުގެ މަސައްކަތުގައި އުޅޭ މަންޒަރު ފެނެއެވެ.

އިތުބާރު ހުރި ގޮތަކަށް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފޮޓޯ އަކީ ޑީއެންއާރުގެ މީޓިން ރޫމްގައި ނަގާފައިވާ ފޮޓޯތަކެކެވެ. އަދި މި ފޮޓޯ ނަގާފައި ވަނީ ފޯމް ފުރުމުގެ މަސައްކަތުގެ އަޕްޑޭޓްތައް އެންގުމުގެ ގޮތުން، މި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން އަމިއްލައަަށް ކަމަށް ވެސް ވަނީ އެނގިފައެވެ. ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުން މި މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފުންނަކީ ޑީއެންއާރުގައި ތިބި ބައެއް ސިޔާސީ މުވައްޒަފުންނެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި ތިބެގެން މިފަދަ މަސައްކަތެއް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.

ޑީއެންއާރްޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ހީނާ ވަލީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

28 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

19 ނޮވެމްބަރު 2025
އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

15 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު