Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ޕީއެންސީގެ ނައިބު ރައީސް ކަަމަށް ވާދަކުރައްވާނެކަން އެލްޖީއޭގެ ސީއީއޯ ނިމާލް އިއުލާންކުރައްވައިފި

6 އޯގަސްޓު 2026 | ބުރާސްފަތި 17:39

ނިމާލް އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބު ކޮށްދެއްވުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށް. ނިމާލް ވިދާޅުވީ އެއީ އޭނާގެ އެންމެ ބޮޑު ލަނޑުދަނޑި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2026 | ބުރާސްފަތި 17:39
ރައީސް މުއިއްޒު، އެލްޖީއޭގެ ސީއީއޯގެ މަޤާމަށް ނިމާލް އައްޔަން ކުރެއްވުމުގެ ތެރެއިން

ރައީސް މުއިއްޒު، އެލްޖީއޭގެ ސީއީއޯގެ މަޤާމަށް ނިމާލް އައްޔަން ކުރެއްވުމުގެ ތެރެއިން | ރައީސް އޮފީސް

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް، މުޙައްމަދު ނިމާލް އިއުލާން ކުރައްވައިފި އެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ނިމާލް އިއުލާން ކުރެއްވިއިރު، އޭނާ އަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އެވެ. އެ މަޤާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމާލް އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ނިމާލް އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބު ކޮށްދެއްވުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. ނިމާލް ވިދާޅުވީ އެއީ އޭނާގެ އެންމެ ބޮޑު ލަނޑުދަނޑި ކަމަށެވެ.

މީގެ އިތުރުން ނިމާލް ވިދާޅުވެފައި ވަނީ، ޕީއެންސީގައި އޭނާ ދެގޮތެއް ނުވެ ދެމި ހުންނަވާނެ ކަމަށާއި، ހއ.އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ޕީއެންސީ އަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގެ ވަގުތުގައި ވެސް، އަދި ކާމިޔާބެއްގެ ވަގުތުގައި ވެސް ދެގޮތެއް ނުވެ ހުންނަވާނެ އެކަކީ އޭނާކަން ޕީއެންސީގެ މެންބަރުން ޤަބޫލު ކުރާނެ ކަމަށެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނަވައި، ޕީއެންސީގެ ނައިބު ރައީސް ކަމަށް ނިމާލް ވާދަކުރައްވާނެކަން އިއުލާން ކުރެއްވިއިރު، ބައެއް ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ޚާއްސަކޮށް އެލްޖީއޭ ކަހަލަ ބޮޑު މުއައްސަސާއެއްގެ އިސްވެރިޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ސަރުކާރު ހިންގާ ޕާޓީގެ އިސް މަގާމެއްގައި ހުންނެވުމަކީ މަސްލަހަތު ފުށޫ އަރާނެ ކަމެއް ކަމަަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ވަނީ ވާދަވެރިކަން ވެސް ބޮޑުވެފައި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސް މުޢިއްޒުގެ ކޮއްކޯފުޅު އަދި ސަރުކާރުގެ އިސް ތަރުޖަމާނު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)މުހައްމަދު ނިމާލް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

06 ޖުލައި 2026
ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!
16 ޖޫން 2026

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

16 ޖޫން 2026
ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟
26 މެއި 2026

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

26 މެއި 2026
އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!
05 މެއި 2026

އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!

05 މެއި 2026
އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!
05 އެޕްރީލު 2026

ނަންބަރު ތަކުން ފެންނަނީ ރައީސް މުޢިއްޒު އަށް ތާއީދު ނެތްކަން

05 އެޕްރީލު 2026
ނަންބަރު ތަކުން ފެންނަނީ ރައީސް މުޢިއްޒު އަށް ތާއީދު ނެތްކަން
05 އެޕްރީލު 2026

މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!

05 އެޕްރީލު 2026
މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!
28 މާރިޗު 2026

މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު

28 މާރިޗު 2026
މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު
24 މާރިޗު 2026

ވޯޓު ހޯދަން ސަރުކާރުން ދީނީ ކާޑު ކުޅޭ ކަމުގެ ހެކި އެންމެ ބެނާ އަކުން!

24 މާރިޗު 2026
ވޯޓު ހޯދަން ސަރުކާރުން ދީނީ ކާޑު ކުޅޭ ކަމުގެ ހެކި އެންމެ ބެނާ އަކުން!
28 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

28 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!
17 ފެބުރުއަރީ 2026

އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ އެވެ!

17 ފެބުރުއަރީ 2026
އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ އެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް