Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ދޭންޖެހޭ ފައިސާ

މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިފްކޯއަށް ޙަވާލުކުރެވިއްޖެ: ރައީސް

މެނިފެސްޓޯގައިވާ ފަދައިން 48 ގަޑީއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވިދާޅުވި

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 07:58
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިފްކޯއަށް ހަވާލުކުރެވިއްޖެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، "މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ޙަވާލުކުރެވިފައި ކަމަށާއި، މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މިހެން ވިދާޅުވެފައިވާއިރު، މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް އެއްކޮށްދީ، ބެކްލޮގް އެއްކޮށް ކްލިއަރ ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، "މަސްވެރިންނަށް ނުދެއްކި މިހާރު ބާކީ ހުރީ 16 މިލިއަން ރުފިޔާ ކަމަށާއި، މި ފައިސާ ފިނޭންސް މިނިސްޓްރީން މިފްކޯ އަށް ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރަމުން،" އަންނަ ކަމަށެވެ. އަދި މަސްވެރިންނަށް ލިބެންވާ ފައިސާ މާދަމާ ޖަމާކުރުމުގެ މަސައްކަތް ކުރާނެ،" ކަމަށެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ މިފްކޯއަށް މާދަމާގެ ނިޔަލަށް އެއްކޮށް ދެވޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފައިވާއިރު، މަސްވެރިން ކިރުވި މަހަށް ފައިސާ ދެވޭނެ ގޮތެއް ނެތްކަމަށް ދާދިފަހުން މިފްކޯއިން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު 26ގެ ކުރިން މަސްވެރިންނަށް 17.3 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ވެސް މަސްވެރިން މުޒާހަރާކޮށްގެންނެވެ. އެއީ 1 މަސް ދުވަހުގެ ފައިސާއެވެ. އެ ފައިސާ ދޫކުރަން ފެށީ، ފިޝަރީޒް މިނިސްޓްރީގެ ޓީމްތައް ރަށްރަށަށް ނާރުވާ މުޒާހަރާކުރަން ފެށުމުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ ކިރާ މަހަށް ވަގުތުން ފައިސާ އާއި ޑޮލަރުން ފައިސާ ދޭނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް މަސްވެރިންނަށް ކިރާ މަހަށް ފައިސާ ނުލިބި މަސްވެރިކަމަށް ނުނުކުމެ އެތައް ފަހަރެއްގެ މަތިންވަނީ މުޒާހަރާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު