Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރުޓީއެލް ފެރީގެ އަގުބޮޑުކުރުން

އާރުޓީއެލް ފެރީގެ އަގު ބޮޑުކުރަނީ

މިހާރު މަސައްކަތްކުރަނީ ސަބްސިޑީ ލެވަލް 55 ޕަސަންޓަށް ކުޑަކޮށް، ރިކަވަރީ 45 ޕަސަންޓު ހައްލުކުރެވޭނެ މޮޑިއުލްއަކަށް ގެންދިޔުމަށް ކަމަށް ސަރުކާރުން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޮކްޓޯބަރު 2024 | އަންގާރަ 14:13
އާރުޓީއެލް ފެރީގެ އަގުބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައި

އާރުޓީއެލް ފެރީގެ އަގުބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައި

ރާއްޖެ ޓްރާންސްޕޯޓް ލިން (އާރުޓީއެލް) ފެރީ ނިޒާމަށް ސަބްސިޑީއާއެކު ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ބުނެ ފެރީގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު އަމީން ވިދާޅުވީ އާރުޓީއެލްގެ ޚިދުމަތައް ސަރުކާރުން ދޭ ސަބްސިޑީ ދަށްކުރަން ޖެހޭ ކަމަށާއި، މިހާރު އޮތް ގޮތަކީ ދައުލަތަށް ކެތްވާ ވަރުގެ ކަމެއް ނޫން ކަމަށާއި، މިހާރު އޮތް މޮޑެލްގައި އޮޕަރޭޓް ކުރާނަމަ އެއީ 20 ޕަސަންޓް ރިކަވަރީ. 80 ޕަސަންޓް ސަބްސިޑައިޒް ކުރަން ޖެހޭ ކަމަށެވެ. އަދި ފެރީ ހިދުމަތް ދިނުމަށް ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ ހޭދަވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މިހާރު މަސައްކަތްކުރަނީ ސަބްސިޑީ ލެވަލް 55 ޕަސަންޓަށް ކުޑަކޮށް، ރިކަވަރީ 45 ޕަސަންޓު ހައްލުކުރެވޭނެ މޮޑިއުލްއަކަށް ގެންދިޔުމަށް ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ އާރުޓީއެލް ޚިދުމަތް ދެމެހެއްޓުމަށްޓަކައި އަގުތައް ކަނޑައެޅުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ފުރަތަމަ އަހަރުގައި 48 މިލިއަން ރުފިޔާ ސަބްސިޑައިޒް ކުރި އިރު މިދިޔަ އަހަރު 130 މިލިއަން ސަބްސިޑައިޒް ކުރެވުނު ކަމަށެވެ. އަދި މި އަހަރު ނިމޭއިރު 280 އަށްވުރެ ބޮޑު އެއްޗެއް ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފެށި އާރްޓީއެލްގެ ޕްލޭނަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި މި ސަރުކާރުން ވެސް ކުރިއަށް ދާނީ އެ ޕްލޭނާ އެކީ ކަމަށާއި، ޕްލޭން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާރުޓީއެލްގެ ހިދުމަތް މިހާރު 9 އަތޮޅެއްގައި ދެއެވެ.

އާރްޓީއެލް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

2024 ވަނަ އަހަރުގެ މޭ މަހު އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ޕާކިންގ ބިލްޑިންގް ގެ މަސައްކަތް ކުރާނެ ބަޔަކު ވެސް އަދި ނުހޯދޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
2024 ވަނަ އަހަރުގެ މޭ މަހު އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ޕާކިންގ ބިލްޑިންގް ގެ މަސައްކަތް ކުރާނެ ބަޔަކު ވެސް އަދި ނުހޯދޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު