Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ލީޑަރު

އީރާނުގެ ރޫހާނީ ލީޑަރުގެ "އެކްސް" އެކައުންޓެއް ސަސްޕެންޑު ކޮށްފި

އެކައުންޓް ސަސްޕެންޑު ކުރުމަށްފަހު އެކްސް އިން ބުނެފައިވަނީ "އެކްސްގެ ގަވާއިދުތަކާ ޚިލާފުވާ އެކައުންޓްތައް އެކްސްއިން ސަސްޕެންޑްކުރެއެވެ."

ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2024 | ހޯމަ 18:11
އީރާނުގެ ރޫހާނީ ލީޑަރުގެ ނަމުގައި ހުޅުވާފައިވާ އެކްސް އެކައުންޓެއް ސަސްޕެންޑް ކޮށްފައި

އީރާނުގެ ރޫހާނީ ލީޑަރުގެ ނަމުގައި ހުޅުވާފައިވާ އެކްސް އެކައުންޓެއް ސަސްޕެންޑް ކޮށްފައި

ހޯމަ ދުވަހު އެކްސް ސޯޝަލް މީޑިއާ ނެޓްވޯކުން އިރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީގެ ފަރާތުން ހީބްރޫ ބަހުން މެސެޖުތައް ޝާއިޢުކުރި އެކައުންޓެއް ސަސްޕެންޑް ކޮށްފިއެވެ.

މި އެކައުންޓް ސަސްޕެންޑު މިކުރީ އެކައުންޓު ހުޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

އެ އެކައުންޓް ސަސްޕެންޑު ކުރުމަށްފަހު އެކްސް އިން ބުނެފައިވަނީ "އެކްސްގެ ގަވާއިދުތަކާ ޚިލާފުވާ އެކައުންޓްތައް އެކްސްއިން ސަސްޕެންޑްކުރެއެވެ." މިހެންނެވެ. ނަމަވެސް އެލޮން މަސްކްގެ މިލްކިއްޔާތުގައިވާ މި ޕްލެޓްފޯމުން އެކައުންޓް ސަސްޕެންޑް ކުރީ ކޮން ގަވާއިދަކާ ޚިލާފުވެގެންކަމެއް ބަޔާން ކޮށްފައެއް ނުވެއެވެ.

ޚާމަނާއީގެ އޮފީހުން އޭނާގެ ނަމުގައި އެކި ބަސްބަހުން މެސެޖު ފޮނުވުމަށް ގިނަ ސޯޝަލް ނެޓްވޯކް އެކައުންޓްތަކެއް ހިންގާކަން ފާހަގަ ކުރެވެއެވެ.

އެކްސް އިން ސަސްޕެންޑް ކުރި އެކައުންޓަކީ މިދިޔަ ހަފްތާ ބަންދުގައި ހުޅުވި ހީބްރޫ ބަހުން މެސެޖްކޮށްފައިވާ އެކައުންޓެއްކަން ފާހަގަ ކުރެވެއެވެ. އެ އެކައުންޓު ފެށިފައިވަނީ އިސްލާމްދީނުގެ ސަލާމުންނެވެ.

މި އެކައުންޓް ހުޅުވީ އޮކްޓޯބަރު 1 ގައި އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެ ހޮނިހިރު ދުވަހު އިޒްރޭލުން އިރާނުގެ އަސްކަރީ ތަންތަނަށް ވައިގެ ހަމަލާތަކެއް ދިނުމަށްފަހުގައެވެ.

އިރާނުން ބުނާ ގޮތުގައި އެ ހަމަލާގައި ގެއްލުން ލިބުނީ މަދު ރާޑާ ސިސްޓަމްތަކަކަށް ކަމަށާއި މި ހަމަލާގައި 4 އިރާނު ސިފައިން މަރުވެފައިވެއެވެ.

އިރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއި

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ

21 އޮކްޓޯބަރު 2025
ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ
12 ޖުލައި 2025

މެދު އިރުމަތީގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

12 ޖުލައި 2025
މެދު އިރުމަތީގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި
02 ނޮވެމްބަރު 2024

ދަތްތައް ފުނޑޭ ވަރުގެ ރައްދެއް އިޒްރޭލަށް ދޭނަން: އީރާނުގެ ލީޑަރު

02 ނޮވެމްބަރު 2024
ދަތްތައް ފުނޑޭ ވަރުގެ ރައްދެއް އިޒްރޭލަށް ދޭނަން: އީރާނުގެ ލީޑަރު
24 ޖޫން 2017

އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

24 ޖޫން 2017
އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު