Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް-ޕީއެންސީ ޖަލްސާ

މާކުރިން މުއިއްޒުއަށް ޓިކެޓް ދޭން ރޭވިން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަމުގައި ކަރަޕްޝަންގެ އަމަލުތައް ހިންގެވިކަން އަބްދުއްރަހީމަށް އެނގިވަޑައިގަންނަވާ

ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 19:39
ޕީޕީއެމް-ޕިއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ދިނުމަށް މާކުރިން މުއިއްޒުއަށް ބައިއަތު ހިފިކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ

ޕީޕީއެމް-ޕިއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ދިނުމަށް މާކުރިން މުއިއްޒުއަށް ބައިއަތު ހިފިކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ޕީޕީއެމް-ޕީއެންސީގެ ޓިކެޓް މުއިއްޒުއަށް ދިނުމަށް މާކުރިން އޭނާ ރޭވި ކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތައް ފަހު ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު ހުންނެވި އަބްދުއްރަހީމް މި މޭރުމުން ވާހަކަ ދެއްކެވީ، ޕީޕީއެމް-ޕިއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ދިނުމަށް މާކުރިން މުއިއްޒުއަށް ބައިއަތު ހިފިކަމަށް އޭނާގެ މައްޗަށް ތުހުމަތު ކޮށް ދެކެވޭ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

"މާކުރިން ރޭވީމޭ، އެ ކީއްވެ މާކުރިން ރޭވީ.. އަޅުގަނޑަށް ރައީސް ޔާމީން އެނގޭތީ ރޭވީ." ކުރިން ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ޚުޝާމަދު ކޮށް ވާހަކަ ދައްކަވާފައިވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ މައި ޖަގަހަ ގާއިމް ކުރެވުނު ހ. ވެޔޮވިލާގައި އަބްދުއްރަހީމް ދެއްކެވި ވާހަކައިގައި ވިދާޅުވީ، ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ނުލިބެންޔާ ވެރިކަމަށް ކުރިމަތިލާން އެހެން މީހަކަށް ފުރުސަތު ނުދެއްވާނެ ކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އޭނާގެ 30 އަހަރުގެ ތަޖުރިބާއާ އެކު ވިސްނަވަމުން ގެންދެވީ ރައްޔިތުން ބިކަވިޔަ ނުދޭން ކަމަށާއި ރައްޔިތުން މަގުމަތި ވިޔަ ނުދޭން ކަމަށް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އޭނާ މުއިއްޒުއަށް ޓިކެޓް ދޭން ރާވަމުން ގެންދިޔައީ މިގައުމުގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދޭން ކަމަށާއި ހަމަހަމަ ވެއްޓެއް ގާއިމް ކޮށް ރައްޔިތުންނަށް އުފާވެރި މުސްތަގްބަލެއް ގެނެސްދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތް ކަމަށެވެ.

ރައީސް ޔާމީން ނޫން ބޭފުޅެއް އެ ކޯލިޝަނުން ވެރިކަމަށް ކުރިމަތި ލުމަށް ޔާމީން އެދިވަޑައި ނުގަންނަވާކަން ހާޟަ ކޮށްދެއްވަމުން، އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަށް ޕްލޭން އޭ ހަދާފައި، ޕްލޭން ބީ ހަދާފައި އަދި ޕްލޭން ސީ ހަދާފައި ފޮނުވި ނަމަވެސް ރައީސް ޔާމީންގެ އެއްބަސް ވުމެއްގައި ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އިދިކޮޅުގައި އޮތް އިރު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސްފަރާތެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖައްސަވައިގެން ހުންނެވި އަބްދުއްރަހީމްގެ ވާހަކަގައި ރައީސް ޔާމީނަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ވަރަށް ބޮޑެތި ކަރަޕްޝަންގެ ތުހުމަތުތައް ވެސް ވަނީ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު ޕާޓީއަށް ލިބުނު ފައިސާއަށް ވީގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ފައިސާގެ ފައިދާ އެއް އެހެން މެމްބަރުންނަށް ނުވާކަން ހާމަ ކުރެއްވުމަށް އޭނާ ވިދާޅުވީ، އެބޭފުޅުން ފަސް އަހަރު އުޅުއްވީ ގޭގެ ކަރަންޓު ބިލްވެސް ދައްކާލެވޭނެ ފަދަ އެއް ނެތި ވަރަށް ހާލުގައި ކަމަށެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ލަދެއް ހަޔާތެއް ނެތުމުންކަމަށެވެ.

ކުރީގެ ރައީސް ޔާމީނަށް އިހުތިރާމާއި ގަދަރު ކުރާ ކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީން ޚިދުމަތް ކުރެއްވި ނަމަވެސް އެ ޚިދުމަތުގެ އަނެއް ކޮޅަށްވެސް ބަލަން ޖެހޭނެ ކަމަށެވެ.

އެގޮތުން ބަލާއިރު ދިވެހި ސަރުކާރަށް ލިބޭ ހައްޖު ކޯޓާއިން 150، 200 ކޯޓާނަގައިގެން ކުރިކަންތައް މިއަދު ނުކުރަނީ ކީއްވެތޯ އާއި މިއަދު ސަދަގާތު ފައުންޑޭޝަން ކޮބާތޯ ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އެއްސެވިއެވެ.

އޭގެ އިތުރުން އެ ފައުންޑޭޝަނުން މިއަދު ޚިތާނީ މޫސުން ނުގެންނަނީ ކީއްވެތޯ ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ހިންގެވި ސަދަގާތު ފައުންޑޭޝަނަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން އާއި އެންމެ އަރިހުގައި ހުންނެވުމަށްފަހު މިހާރު ޑރ. މުއިއްޒުގެ އަރިހުގައި މަސައްކަތް ކުރައްވާ އަބްދުއްރަހީމްގެ ވާހަކަގައި ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު