Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިިލީހުގެ އަޣްލަބިއްޔަތުން ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ނިންމާފަ: ޕީޖީއޭ

17 އޯގަސްޓު 2017 | ބުރާސްފަތި 05:57

މަސީހު ގެންދަވަނީ ޖަލްސާތައް ބާއްވަން ދެކޮޅު ހައްދަވަމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 އޯގަސްޓު 2017 | ބުރާސްފަތި 05:57
ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާ

ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ނިންމާފައިވާ ކަމަށް ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތުމާއި، މަޖިލިސް މެންބަރުން ހައްޔަރުކޮށް، ދައުވާ އުފުލުމާ ދެކޮޅަށް އަޑު އުފުލައި ޕީޖީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ހުރިހާ ފަރުދުންގެ ހައްގުތަކަށް، ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ އިތުރުން ގާނޫނީ އަދި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިހުތިރާމް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

Advertisement - newsAdvertisement

ދުނިޔޭގެ 140 އަށް ވުރެ ގިނަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީސްތަކެއްގެ 1,300 އަށް ވުރެ ގިނަ މެންބަރުން ހިމެނިވަޑައިގަންނަވާ، ޕާލިމެންޓޭރިއަނުންގެ އެންމެ ބޮޑު ޖަމިއްޔާއިން ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް މިމަހުގެ 7 ވަނަ ދުވަހު ވެސް ބަޔާނެއް ނެރެފަ އެވެ. މިމަހުގެ 14 ވަނަ ދުވަހު އިތުރު ބަޔާނެއް ނެރެ، އެ ޖަމއިްޔާއިން ވަނީ ކުރީގެ ބަޔާނުގައި ހުރި ކަންތައްތައް އަނެއްކާ ވެސް ދިވެހި ސަރުކާރަށް ހަނދާން ކޮށްދީފަ އެވެ.

ޕީޖީއޭގެ ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް އެކި ކަހަލަ ތުޙުމަތުކޮށް، ބައެއް މެންބަރުން ހައްޔަރުކޮށް، ދުސްތޫރީ އަދި ޑިމޮކްރެޓިކް ނިޒާމާ ދެކޮޅަށް ގިނަ ކަންތައްތަކެއް ހިންގާތީ ކަންބޮޑުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އެކި މެންބަރުންނާއި، ސިޔާސީ އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން މިހާރު ހިންގަމުންދާ އެކި އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ހަ މެންބަރެއްގެ، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުންދާ ކަމާއި، މަޖިލިސް އިދާރާއަށް ވަނުމުން ޖުމްލަ 12 މެންބަރެއްގެ މައްޗަށް ދައުވާކުރުމުގެ ބިރު ހީވެފައިވާކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ. ނަމަވެސް، ސިފައިންނާއި ފުލުހުންގެ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަން ވެސް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނުވަތަ މަޖިލިސް ރައީސްގެ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ނިންމާ ހިސާބުން އެފަރާތްތަކުން އިސްތިއުފާ ދެއްވުމަކީ، ދިވެހި ރާއްޖޭގެ ޤާނޫނުތަކުގައި ކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތްކަން ޕީޖީއޭގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންދާ ކަމަށާއި ޖުޑިޝަރީއިން ތަފާތު އުޅުތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޖުޑިޝަރީގެ މިނިވަންކަމާ މެދު އުފައްދާ ސުވާލުތަކާ ގުޅިގެން ކަންތައްތައް ކުރަމުންދާ ގޮތް އެ ޖަމިއްޔާއިން ވަކިން ބޮޑަށް ފާހަގަކޮށްފައި ވެއެވެ.

އެ ޖަމިއްޔާއިން ބުނީ މަޖިލީހުގެ އަޣްލަބިއްޔަތުން މަސީހުގެ އިތުބާރު ނެތް ކަމަށް ނިންމުމުން ވެސް، ޖަލްސާތައް ބާއްވަން ދެކޮޅު ހަދަމުންދާ ކަމަށެވެ. މަޖިލީހުގައި އެންމެ ފަހުން ޖަލްސާއެއް ބޭއްވީ ޖުލައި 31 ވަނަ ދުވަހު އެވެ. އެ ޖަލްސާއަށް ސިފައިން ވަދެ މެންބަރުންނަށް ވަނީ ހުރަސްއަޅާފަ އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެ ޖަމިއްޔާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ދެމިހުރުމަށް މަސީހަށް މެންބަރުންގެ ތާއީދު ނެތް ކަމަށާއި އެހެންކަމުން، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރިއަށް ނުދިނުމަށް ސަރުކާރުން ތަފާތު އުކުޅުތައް ބޭނުންކުރަމުންދާ ކަމަށެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިނުވާ ކަން މަހުލޫފް ވެސް ފާހަގަކުރެއްވިއެވެ.

މަހުލޫފް ވިދާޅުވީ މެންބަރުން ތިއްބެވީ ވަރަށް ހިތްވަރާއެކު މި ދައުވާތަކާ ކުރިމަތިލެއްވުމަށް ތާއްޔާރަށް ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އިންސާނީ ހައްގުތައް އިޔާދަކުރުމަށް ވަރުބަލިވުމެއް ނެތި މެންބަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މަހުލޫފް ވިދާޅުވީ މިކަމުގެ ތެރޭގައި ވަރަށް ދަތި އުނދަގޫ ކަންތައްތަކާ ކުރިމަތިވާނެ ކަމަށާއި ނަމަވެސް، ކާމިޔާބު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މަހުލޫފް ވަނީ ޕީޖީއޭ އާއި ބައިނަލްއަގްވާމީ މުޖުތަމައުއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް