Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލު ހަނގުރާމަ

އިޒްރޭލުން އީރާނަށް ދިން ހަމަލާގެ ބަދަލު ހިފައިގެން ނުވާނެ ކަމަށް ބުނެ އީރާނަށް އެމެރިކާ އާއި އިނގިރޭސިވިލާތުން އިންޒާރު ދީފި

އިޒްރޭލުން އީރާނަށް ހަމަލާ ދިނީ ހަމަލާ ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު ވައިޓް ހައުސް އަށް ހިއްސާ ކުރުމަށްފަހު އަދި ހަމަލާގެ އަޕްޑޭޓް އެމެރިކާގެ އިސް އޮފިޝަލުންނަށް އިޒްރޭލުން ގެންދިޔައީ ދެމުން. އެމެރިކާ އިން ބުނެފައިވަނީ އިޒްރޭލަށް ކުރަމުން ދާ ތާއީދު މިދަނޑިވަޅުގައިވެސް ތަކުރާރު ކުރާ ކަމަށް.

ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2024 | ހޮނިހިރު 08:33
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެގައުމުގެ ދިފާއީ ވަޒީރު ގަލަންޓް ބިންގަރާހުގައި ހުރި އައިޑީއެފް އޮފީހެއްގައި މަޝްވަރާތަކުގައި

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެގައުމުގެ ދިފާއީ ވަޒީރު ގަލަންޓް ބިންގަރާހުގައި ހުރި އައިޑީއެފް އޮފީހެއްގައި މަޝްވަރާތަކުގައި

އިޒްރޭލުން އީރާނަށް ހޮނިހިރު ދުވަހު ދިން ހަމަލާގެ ބަދަލު ހިފައިގެން ނުވާނެ ކަމަށް ބުނެ އީރާނަށް އެމެރިކާ އާއި އިނގިރޭސިވިލާތުން އިންޒާރު ދީފިއެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން އިޒްރޭލަށް ތާއީދުކޮށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބަޔާނެއް ނެރެފިއެވެ. މި ބަޔާނުގައި ބުނެފައިވަނީ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އަށް އިޒްރޭލުން ދިން ހަމަލާގެ "އަޕްޑޭޓް" އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ދެއްވަމުން ގެންދަވާ ކަމަށެވެ.

ޕެންޓަގަންގެ ބަޔާނުގައި "އިޒްރޭލުގެ ސަލާމަތާއި އަމިއްލަ ދިފާޢުގެ ހައްގަށް އެމެރިކާގެ އެއްބާރުލުން އެންމެ މަތީ ދަރަޖައަށް އޮންނާނެ ކަން ތަކުރާރުކޮށް ކަށަވަރުކޮށްދޭ ކަމަށް" ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ބަޔާނުގައި ފާހަގަ ކޮށްފައިވަނީ "އީރާނާއި އީރާނުގެ މަދަދު ލިބޭ ޓެރަރިސްޓް ޖަމާޢަތްތަކުގެ ނުރައްކަލުން އެމެރިކާގެ މުވައްޒަފުންނާއި، އިޒްރޭލު އަދި ސަރަހައްދުގެ ބައިވެރިން ދިފާޢުކުރުމަށް އެމެރިކާގެ އިތުރަށް ތައްޔާރަށް އޮތް" ކަމަށެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ އީރާނަށް ހަމަލާދޭން ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ވައިޓް ހައުސްއަށް އެކަމުގެ މައުލޫމާތު ހިއްސާ ކުރި ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކަށް ފަހު، އެމެރިކާއިން ވަނީ ބަދަލުހިފުމުގެ ހަމަލާތައް ދީގެން ނުވާނެ ކަމަށް ބުނެ ތެހެރާނަށް އިންޒާރުދީފައެވެ.

އެމެރިކާއިން ބުނެފައިވަނީ އިޒްރޭލުން އީރާނަށް ދިން މި ހަމަލާ އަށް ފަހު ދެ ގައުމުގެ މެދުގައި ހިނގަމުންދާ ހަމަލާތައް މިހިސާބުން "ނިމެންވާނެ" ކަމަށެވެ.

ދެކުނު ޕެސިފިކްގެ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ހޮނިހިރު ދުވަހު އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ "އީރާނުގެ އަނިޔާވެރިކަމުން އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ،" ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ހަމަ ޔަގީނުންވެސް ބުނަން، ސަރަހައްދީ ހަލަބޮލިކަން އިތުރުވިޔަ ނުދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ. އަދި ހުރިހާ ފަރާތްތަކުންވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލަން،" އޭނާ ވިދާޅުވިއެވެ. "އީރާނުން ރައްދު ދީގެން ނުވާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އިޒްރޭލުން އީރާނަށް ހޮނހިރު ދުވަހު ހަމަލާ ދިނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމުގެ މަޝްވަރާތަކަށް ކުރެއްވި ދަތުރުފުޅެއް ނިންމާލެއްވުމަށްފަހު އެނބުރި ވަޑައިގަތް ވަގުތުގައެވެ.

އީރާނުގެ 1979 ގެ އިސްލާމީ އިންގިލާބުން ފެށިގެން އިޒްރޭލާ އީރާނަކީ ވަރަށް ބޮޑު ދެ އަދާވާތްތެރިންނެވެ.

އީރާނުގެ އަސްކަރިއްޔާ އިން ވަނީ އިޒްރޭލުގެ ހަމަލާތައް އެގައުމުގެ އީލާމް، ޚުޒެސްތާން އަދި ވެރިރަށް ތެހެރާން ގައި ހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރެވުނު ކަމަށާއި، އޭގެ ސަބަބުން "ކޮންމެވެސް ވަރެއްގެ" ގެއްލުންތަކެއް ލިބުނުކަން ކަށަވަރުކޮށްދީފައެވެ.

އީރާނުން ބަދަލު ހިފުމުގެ ގޮތުން އިތުރު ހަމަލާތަކެއް ދީފިނަމަ، އިޒްރޭލުގެ ސިފައިންނަށް "ޖަވާބުދާރީވާން މަޖުބޫރުވާނެ" ކަމަށް ބުނެ އިޒްރޭލުން ވެސް ވަނީ އީރާނަށް އިންޒާރު ދީފައެވެ.

އީރާނުން ބުނެފައިވަނީ، އެގައުމަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ހައްގު އެގައުމަށް ލިބިގެންވާ ކަމަށް ބުނެފައެވެ.

އިޒްރޭލު ސަރުކާރުއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

19 އޯގަސްޓު 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

12 ޖުލައި 2025
ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

09 ޖުލައި 2025
އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

09 ޖުލައި 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު