Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސަރުކާރުގެ މަކަރުވެރި ސިޔާސަތު

މި ސަރުކާރުގެ މަކަރުވެރި ސިޔާސަތު ހާމަކުރުމުގެ މަސައްކަތް ކުރަންޖެހޭ: މެންބަރު ސަމީރު

ފްލެޓާއި، ގޯތީގެ މައްސަލާގައި ރައްޔިތުންގެ އުއްމީދެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2024 | ހުކުރު 07:55
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ މަކަރުވެރި ސިޔާސަތު ހާމަކުރުމުގެ މަސައްކަތް ކުރަންޖެހޭ ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ސަމީރު ވިދާޅުވީ މިސަރުކާރުން ދަނީ ރައްޔިތުން ހައްގުތަކަށް ހުރަސް އަޅަމުން ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމުގައި ފެއިލްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފްލެޓާއި ގޯތި މައްސަލާގައި 21 އޮކްޓޯބަރ 2024 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިސް ކައިރީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަރަށް ބޮޑަށް ފަހަތަށް ޖައްސާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު ސަމީރު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަގު މައްޗަށް ނުކުތުމުން ސަރުކާރުގެ ބޭފުޅުން ގަންނަނީ ބިރު ކަމަށާއި، އެދުވަހު ވެސް ފެނިގެންދިޔައީ އެ މަންޒަރު ކަމަށެވެ.

މެންބަރު ސަމީރު ވިދާޅުވީ ކުރީ ސަރުކާރުގައި ޔަގީންކަމާއެކު ދިން ގޯއްޗާއި، ފްލެޓު ރައްޔިތުންނަށް ނުލިބި، މިއަދު ތިބީ ވާނުވާގައި ކަމަށެވެ. މި މައްސަލާގައި ރައްޔިތުން ކުރަމުން ދިޔަ އުންމީދު ވެސް ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

މެންބަރު ސަމީރު ވިދާޅުވީ ރައްޔިތުންގެ ހައްގު ކަށަވަރު ކުރުމަށް މަގުމައްޗަށް ނުކުމެ މިހާރަށް ވުރެ ބޮޑަށް އަޑު އުފުލަންޖެހޭ ކަމަށެވެ. އެމްޑީޕީން އަބަދުވެސް ރައްޔިތުންގެ ހައްގުގައި ވަކާލަތު ކުރާނެ ކަމަށާއި، މިސަރުކާރުގެ މަކަރުވެރި ސިޔާސަތު ހާމަކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުން ވެސް މިމަސައްކަތުގައި ބައިވެރިވުމަށް މެންބަރު ސަމީރު ގޮވާލެއްވިއެވެ.

ހުސެއިން ސަމީރު ފަލަ ސުރުޚީރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު