Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަޕްލިމެންޓަރީ ބަޖެޓް

ކުރީ ސަރުކާރާ ހަވާލުކުރަން އުޅުނަސް ސަޕްލިމެންޓްރީ ބަޖެޓުގައި އޮތީ ޑްރޯނަށް ހަރަދުކުރި ފައިސާއާއި ރަސްމާލެ ހިއްކަން ފައިސާ ޖަހާފައި - ޝަމްހީދު

ޑްރޯނަށް ކުރި ހަރަދު އަނބުރާ ހޯދަން ކޮންޓިޖެންސީގައި 650 މިލިއަން ރުފިޔާ ޖަހާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އޮކްޓޯބަރު 2024 | ބުރާސްފަތި 12:19
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާ ކުރީ ސަރުކާރުގެ ބޮލުގައި އެކަން އަޅުވަން އުޅުނު ނަމަވެސް، ސަޕްލިމެންޓްރީ ބަޖެޓުގައި އޮތީ މި ސަރުކާރުން ޑްރޯންއަށް ހަރަދުކުރި ފައިސާއާއި ރަސްމާލެ ހިއްކަން ޖަހާފައިވާ ފައިސާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް ފާސްކުރި ބަޖެޓާއެކު އިތުރު ކުރެވޭ ސަޕްލިމެންޓްރީ ބަޖެޓާއެކު ޖުމްލަ 54.9 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓް އަރާނެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ މާބޮޑަށް އިތުރުވާނެ ކަމަށް ލަފާ ނުކުރޭ ކަމަށެވެ. އެހެންކަމުން 34 ބިލިއަންގައި އާމްދަނީ ހުރި ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓާއެކު ހަރަދުތައް ނިމޭ އިރު ދައުލަތުގެ ދަރަންނަށް 21 ބިލިއަން އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ އަހަރެއްގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް އެންމެ ބޮޑު ދަރަންޏެއް އިތުރުވާނެ އަހަރުކަމަށް މެންބަރ ޝަމްހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެންބަރު ޝަމްހީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓާއި އެމްޑީޕީގެ ސަރުކާރާއި ގުޅުމެއް ނެތް ކަމަށެވެ. އަދި ބަޖެޓުގައި ހުރި ނަންބަރުތަކާއި ކުރީ ސަރުކާރާއި ގުޅުވާލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ބަޖެޓުގައި ބޮޑު ދަރަންޏެއް އޮތުން އެއީ ގައުމަށް ސަސްޓެއިނަބަލް އަދަދެއްތޯ ބަލަންޖެހޭ ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓްރައްޔިތުންގެ މަޖިލިސްޑރ. އަހްމަދު ޝަމްހީދު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
28 ނޮވެމްބަރު 2025

ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު

28 ނޮވެމްބަރު 2025
ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު
28 ނޮވެމްބަރު 2025

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު
16 ނޮވެމްބަރު 2025

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު
02 ނޮވެމްބަރު 2025

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު