Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓެރަރިސްޓް ހަމަލާ

ތުރުކީއަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 5 މީހުން މަރުވެ، 22 މީހުން ޒަޚަމްވެއްޖެ

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޓީއޭއައިގެ 4 މުވައްޒަފުންނާއި ޓެކްސީ ޑްރައިވަރެކެވެ. ޒަޚަމްވި 22 މީހުންގެ ތެރޭގައި 7 ސްޕެޝަލް އޮޕްސް ފޯސަސްގެ މެންބަރުން ހިމެނެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2024 | ބުރާސްފަތި 06:22
ޓީއައީއޭއަށް ހަމަލާދިން 2 މީހުން

ޓީއައީއޭއަށް ހަމަލާދިން 2 މީހުން

ތުރުކީގެ ވެރިރަށް އަންކަރާ ކައިރީގައި އޮންނަ ތުރުކީ އެއަރޯސްޕޭސް އިންޑަސްޓްރީޒް (ޓީއޭއައި)ގެ ހެޑްކުއާޓަރަށް ދިން ހަމަލާއެއްގައި މަދުވެގެން 5 މީހުން މަރުވެ، 22 މީހުން ޒަޚަމްވެއްޖެއެވެ.

ތުރުކީގެ ނައިބު ރައީސް ޖެވްދެޓް ޔިލްމަޒް ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޓީއޭއައިގެ 4 މުވައްޒަފުންނާއި ޓެކްސީ ޑްރައިވަރެކެވެ.

ބުދަ ދުވަހު ދިން މިހަމަލާ ތުރުކީގެ އޮފިޝަލުން ސިފަކުރައްވާފައިވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ.

މި ހަމަލާއާ ގުޅިގެން ތުރުކީގެ އިންޓީރިއަރ މިނިސްޓަރ އަލީ ޔެރްލިކަޔާ ވިދާޅުވެފައިވަނީ "ހަމަލާ ދިން އަންހެނަކާ ފިރިހެނަކު މަރާލާފައިވާ ކަމަށާއި، މި ހަމަލާއަކީ ކުރްދު އަސްކަރީ ޖަމާޢަތް ކަމުގައިވާ ޕީކޭކޭއިން ދިން ހަމަލާއެއް ކަމަށް ތުހުމަތުކުރެވޭ،" ކަމަށެވެ. ޔެރްލިކަޔާ އިތުރަށް ކަށަވަރުކުރެއްވި ގޮތުގައި ޒަޚަމްވި 22 މީހުންގެ ތެރޭގައި 7 ސްޕެޝަލް އޮޕްސް ފޯސަސްގެ މެންބަރުން ހިމެނެއެވެ.

ޕީކޭކޭއަކީ ތުރުކީ، އެމެރިކާ އަދި އިނގިރޭސިވިލާތުގައި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތެކެވެ. އަދި 1980 ގެ އަހަރުތަކުން ފެށިގެން ތުރުކީގައި ގިނަ އަދަދެއްގެ ކުރްދު މައިނޯރިޓީއަށް ޙައްޤުތަކެއް ހޯދުމަށްޓަކައި ތުރުކީ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޖަމާޢަތެކެވެ.

ނަމަވެސް، މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

އިންޓީރިއަރ މިނިސްޓަރ އަލީ ޔެރްލިކަޔާ މިހެން ވިދާޅުވެފައިވާއިރު އުތުރު ޢިރާޤާއި އުތުރު ސީރިއާގައި ހުރި ކުރްދު އަސްކަރީ ބޭސްތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުދަ ދުވަހުގެ ރޭ ވަނީ އިއުލާންކޮށްފައެވެ.

ޓީއޭއައި އަށް ދިން މި ހަމަލާއާ ގުޅިގެން ސޯޝަލްމީޑިއާގައި ދައުރުވަމުންދާ އެކި ވީޑިއޯތަކުން ފެންނަ ގޮތުގައި، އަންކަރާގެ ބޭރުން 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ތުރުކީ ޓީއޭއައިގެ ގޭޓު ކައިރީގައި ދެ މީހަކު ބަޑިޖަހަމުން ދިޔަ މަންޒަރު ފެނެއެވެ.

މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން ހަމަލާދޭ މީހުން ފުރަތަމަ ޓެކްސީ ޑްރައިވަރު މަރާލައި، އޭނާގެ ޓެކްސީއަށް އަރާ އިތުރު ހަމަލާތައް ދީފައިވެއެވެ. މީގެއިތުރުން، ހަމަލާދީފައިވަނީ މުވައްޒަފުންގެ ޑިއުޓީ ޝިފްޓް ބަދަލުވި ވަގުތުގައި ކަމަށާއި، ހަމަލާއާ ގުޅިގެން ރައްކާތެރި ތަންތަނަށް މުވައްޒަފުން ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރިކްސް ސަމިޓަށް ވަޑައިގެން ރަޝިއާގައި ހުންނެވި ތުރުކީގެ ރައީސް ރެޖެޕް ޠައްޔިބް އުރުދުޣާން ވަނީ ރަޝިއާގެ ރައީސް ވްލަދިމީރް ޕުޓިންއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގައި މި ހަމަލާ އަކީ ނުބައި ޓެރަރިސްޓް ހަމަލާއެއް ގޮތުގައި ސިފަކުރައްވާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭގެ ފަހުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ، "ސެކިއުރިޓީ ބާރުތަކުން ހަމަލާގެ ނުރައްކާ ވަރަށް އަވަހަށް ނައްތާލި ކަމަށާއި، އެއްވެސް ޓެރަރިސްޓް ޖަމާޢަތަކަށް ނުވަތަ ތުރުކީއަށް ހަމަލާއެއް ދޭން މަސައްކަތްކުރާ އެއްވެސް ބަޔަކަށް އެމީހުންގެ މަޤްޞަދު ޙާޞިލެއް ނުކުރެވޭނެ،" ކަމަށެވެ.

ތުރުކީ އިން ވަނީ މިހަމަލާއާ ގުޅިގެން މީޑިއާ ބްލެކްއައުޓެއް ތަންފީޒުކޮށްފައިވެއެވެ. އަދި މިހަމަލާއަށްފަހު، ތުރުކީގެ ގިނަ ސަރަޙައްދުތަކުގައި ޔޫޓިއުބް، އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސް ފަދަ ސޯޝަލް މީޑިއާ ސައިޓްތައް ބޭނުންނުކުކުރެވޭ ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ތުރުކީގެ ރޭޑިއޯ އަދި ޓީވީ ސުޕްރީމް ކައުންސިލްގެ ރައީސް އެބޫބަކިރު ޝާހިން ވަނީ މި ހާދިސާއާ ގުޅުންހުރި ހުރިހާ ފޮޓޯތަކެއް ސޯޝަލް މީޑިއާއިން ނަގަންޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރުދެއްވާފައެވެ. އަދި ޓެރަރިޒަމްގެ މަޤްޞަދު ހާޞިލުވާނެ ފޮޓޯތައް ޝެއަރނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ޓީއޭއައިއަކީ ވިޔަފާރި އަދި އަސްކަރީ ބޭނުމަށް އެކި ބާވަތުގެ މަތިންދާބޯޓު ފަރުމާކޮށް، ތަރައްޤީކޮށް އަދި އުފައްދަމުން އަންނަ ކުންފުންޏެކެވެ. އެއީ ނޭޓޯގެ މެންބަރު ޤައުމުން އެމެރިކާގައި ފަރުމާކޮށްފައިވާ އެފް-16 ފައިޓަރ ޖެޓްތައް އުފެއްދުމަށް ލައިސަންސް ދީފައިވާ ކުންފުންޏެވެ. އަދި ޓީއޭއައިއިން ތުރުކީގެ އަސްކަރީ ބޭނުމަށް ކުރީގެ މަތިންދާބޯޓުތައް މޮޑަނައިޒް ކުރުމުގައިވެސް މުހިއްމު ދައުރެއް އަދާކުރެއެވެ. އެ ކުންފުނީގެ މައިގަނޑު ވެރިފަރާތްތަކަކީ ތުރުކީގެ ހަތިޔާރުއެޅި ބާރުތަކާއި، ތުރުކީ ސަރުކާރުގެ ސިވިލް ބާރެވެ. މި ސިވިލް ބާރުގެ މަސްއޫލިއްޔަތަކީ ޤައުމުގެ ދިފާޢީ ޤާބިލުކަން އިތުރުކޮށް، އަސްކަރީ ތަކެތި ހޯދުމުގެ ކަންކަން ބެލެހެއްޓުމެވެ.

ޓީއައިއޭ އަށް އަމާޒުކޮށް މިހަމަލާ ދީފައި މިވަނީ ދިފާޢީ އަދި އެއަރޯސްޕޭސް އިންޑަސްޓްރީތަކުގެ ވިޔަފާރި މައުރަޒެއް އިސްތަންބޫލްގައި ކުރިއަށްދަނިކޮށެވެ.

ތުރުކީތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު