Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވައިދު: ދިވެހިންނަށް އިސްކަންދޭންޖެހޭ ގޮތަށް ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނުކުރަން މަޖުބޫރު

އައްޔަނުކުރާ ފަރާތަކީ މި ގަވައިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކެއް ކަމުގައި ވާންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2024 | އާދީއްތަ 12:05
ބިދޭސީ މަސައްކަތްތެރިއެއް މަސައްކަތް ކުރަނީ

ބިދޭސީ މަސައްކަތްތެރިއެއް މަސައްކަތް ކުރަނީ

މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ތަނެއްގައި ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރެއް ނުވަތަ ހެލްތު އެންޑް ސޭފްޓީ އޮފިސަރެއް އައްޔަންކުރަންޖެހޭނެކަމަށް މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވާއިދުގައި ބުނެފިއެވެ.

މި ގަވާއިދުގެ 3 ވަނަ ބާބުގައި ބުނެފައިވަނީ ވަޒީފާދޭ ފަރާތުގެ ވަޒީފާގައި މަދުވެގެން 75 މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ތަނެއްގައި ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރެއް ނުވަތަ ހެލްތު އެންޑް ސޭފްޓީ އޮފިސަރެއް ހުންނަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 75 އާއި 150 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަނެއްގައި ހިމެނޭ ނަމަ، ޞިއްޙަތާއި ރައްކައުތެރިކަމުގެ 1 އޮފިސަރުން މަދުވެގެން ހުންނަންވާނެއެވެ. އަދި ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 151 އާއި 300 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަނެއްގައި ހިމެނޭ ނަމަ، ޞިއްޙަތާއި ރައްކައުތެރިކަމުގެ 2 އޮފިސަރުން، އެންމެ މަދުވެގެން ވެސް ތިބެންވާނެ ކަމަށް މި ގަވައިދުގައި ބުނެއެވެ.

މީގެ އިތުރުން ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 301 އާއި 500 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަނެއްގައި ހިމެނޭ ނަމަ، ޞިއްޙަތާއި ރައްކައުތެރިކަމުގެ 3 އޮފިސަރުން، އެންމެ މަދުވެގެން ވެސް ތިބެންވާނެ ކަމަށް ބުނެފައިވެއެވެ. އަދި 501 އާއި 1,000 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނަމަ މަދުވެގެން 4 ހެލްތު އެންޑް ސޭފްޓީ އޮފިސަރުން ތިބެންވާނެ ކަމަށް މި ގަވާއިދުގައި ބުނެއެވެ.

އަދި ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 1,001 މުވައްޒަފުންނަށްވުރެ ގިނަ ނަމަ، އެންމެ މަދުވެގެން ވެސް، 5 ހެލްތު އެންޑް ސޭފްޓީ އޮފިސަރުން ތިބެންވާނެއެވެ.

މި ގަވައިދުގައި ބުނާ ގޮތުން ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ގޮތުގައި އައްޔަނުކުރާ މުވައްޒަފުންނަކީ މަސައްކަތްކުރާ ތަނުގެ ދާއިމީ މުވައްޒަފުން ކަމުގައި ވާންވާނެއެވެ. އަދި މުވައްޒަފުންގެ ގޮތުގައި 151 އަށްވުރެ ގިނަ މީހުން މަސައްކަތްކުރާ ތަންތަނުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާތާ 1 އަހަރުދުވަހުގެ ތެރޭގައި، ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނުކުރަން ވާނެކަމަށް ބުނެފައިވެއެވެ.

އަދި މުވައްޒަފުންގެ ގޮތުގައި 75 އާއި 150 އާ ދެމެދު މީހުން މަސައްކަތްކުރާ ތަންތަނުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާތާ 2 އަހަރުދުވަހުގެ ތެރޭގައި، ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނުކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކެއް ކަމުގައި ވާންޖެހެއެވެ. އަދި ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނުކުރުމުގައި ދިވެހިންނަށް އިސްކަން ދޭންވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި މަސައްކަތް ހަވާލުކުރާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތުން އައްޔަނުކުރާ ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރަށް އެކަން އަންގައިދޭ ކާޑެއް ނުވަތަ ލިޔުމެއް ދޭންވާނެއެވެ. އަދި އަދި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި މަސައްކަތްތެރިންނަށް ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރާ މުޢާމަލާތުކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީފައި އޮންނަންވާނެ ކަމަށް މި ގަވާއިދުގައި ބުނެއެވެ.

ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ގޮތުގައި މަގާމަށް މީހަކު އައްޔަނުކުރާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އޭނާގެ މަޢުލޫމާތާއި ވަނަވަރާއި ކަމާގުޅޭ އެހެނިހެން ލިޔުންތައް އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެއްވެސް ހާލެއްގައި ޞިއްޙަތާއި ރައްކައުތެރިކަމުގެ އޮފިސަރު ބަދަލުވެއްޖެ ނަމަ، އެކަން ވެސް ރަސްމީ 5 ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް އަންގަންވާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ

ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ

27 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު