Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ޚަރަދުތައް

ސަރުކާރުން ބަޖެޓް ހުސްކޮށްލި ގޮތާއި މެދު ސުވާލު އުފެދޭ، ކުރެވުނު ކަމެއް ފެންނާކަށް ނެތް - ނާޒިލް

20 އޮކްޓޯބަރު 2024 | އާދީއްތަ 05:15

ނާޒިލް ވިދާޅުވީ ސަރުކާރުން ބަޖެޓް ނެތް ކަމަށް ބުނެ ސަޕްލިމެންޓްރީ ބަޖެޓް އިތުރުކޮށްފި ނަމަ ބަޖެޓް ހުސްވި ގޮތް ސާފުވާން ޖެހޭނެ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އޮކްޓޯބަރު 2024 | އާދީއްތަ 05:15
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

49 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުސްކޮށްލި ގޮތާއި މެދު ސުވާލު އުފެދޭ ކަމަށާއި ކުރެވުނު ކަމެއް ފެންނަން ނެތްކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވި ހުރިހާ ބަހަނާ އެއް ސަރުކާރުން ދައްކަނީ ނާޤާބިލްކަމުންކަމަށެވެ. 49 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު މާލީ ހިސާބުތައް ހާމަ ނުކޮށް އޮތުމުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވެރިކަމުގެ ދެބައިކުޅަ އެއްބައި ހޭދަކުރީ މާލީ ހިސާބުތައް ހާމަ ނުކޮށް ކަމަށާއި މާލީ ހާމަކަމެއް ސަރުކާރުގެ ކިބައިން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރަނީ ގަސްތުގައި އޮޅުވާލުމަށް ކަމަށް ނާޒިލް ވަނީ ތުހުމަތުކުރައްވާފައެވެ. ބަޖެޓުން ނުފުދިގެން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާ އިރު ބަޖެޓް ހޭދަ ކުރި ގޮތް އާއްމުންނަށް އެނގެން ވާނެ ކަމަށާއި ޚަރަދު ކުރީ ކޮން މަޝްރޫޢުތަކަކަށް ކަން ސާފުވާން ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރަށް ސާފުކޮށް ނުދެވޭ ކަަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އޭގައި ފޮރުވިފައިވާ ސިއްރުތަކެއް ހުރި ކަމަށް ބެލެވޭ ކަމަށާއި ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައި ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ސަރުކާރުން ބަޖެޓް ނެތް ކަމަށް ބުނެ ސަޕްލިމެންޓްރީ ބަޖެޓް އިތުރުކޮށްފި ނަމަ ބަޖެޓް ހުސްވި ގޮތް ސާފުވާން ޖެހޭނެ ކަމަށެވެ. ކޭޝްފްލޯ ބެލެހެއްޓުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ސަރުކާރުން ބުނާ އިރު ޚަރަދު ނުކޮށް، ކޭޝްފްލޯއަށް ބުރޫ އަރާ ސަބަބެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަން ހޮނިހިރު ދުވަހު އިއުލާންކޮށްފައެވެ. އެ ބަޖެޓް 5 މިލިއަނަށް ވުރެ އިތުރު ނުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ އެ މައްސަލަ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިލް ވަނީ އެއީ ބައެއްގެ ބޮލުގައި ބަދުނާމް އަޅުވާ ބިރު ދައްކަން ކުރާ ކަމެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އެކަމުގައި ހަގީގަތެއް ނެތް ކަަމަށް ނާޒިލް ވިދާޅުވިއެވެ. ސަރުކާރަށް ޚަރަދު ދެކޮޅު ނުޖެއްސެނީ މާލީ ގޮތުން ނާޤާބިލްވުމުން ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް