Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަޕްލިމެންޓްރީ ބަޖެޓް

މި އަހަރުވެސް ސަރުކާރުގެ ޚަރަދުތައް ދެކޮޅު ޖައްސަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ

20 އޮކްޓޯބަރު 2024 | އާދީއްތަ 04:26

ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުން އަންނަ ގޮތާއި މެދު ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އޮކްޓޯބަރު 2024 | އާދީއްތަ 04:26
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ޚަރަދުތައް ހަމަޖައްސަން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާތީ ފާޑުކިޔުން އަމާޒުކުރެއްވި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މި އަހަރަށްވެސް ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ހޮނިހިރު ދުވަހު އެކަން ހާމަކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރުއެވެ.

Advertisement - newsAdvertisement

ޒަމީރު ވަނީ ކޭޝްފްލޯ ބެލެހެއްޓުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް އެހެނިހެން އަހަރުތަކެކޭ އެއްފަދަައިން މި އަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެކަން ހާމަކުރެއްވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓުގެ ސީދާ އަދަދު އަދި ކަނޑައަޅާފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، ކިހާ ވަރެއްގެ ސަޕްލިމެންޓްރީ ބަޖެޓެއް ކަން ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ އިތުރު ލަފާ ހޯދައި އަދި ރައީސުލްޖުމްހޫރިއްޔާގެ ލަފައާ އެއްކޮށް، އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް ލިބުމުން ކަމުގައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބަޖެޓު ވީހާވެސް ކުޑަކޮށް ހުށަހެޅުމަށެވެ. ޒަމީރު ވަނީ ޚަރަދުކުޑަ ނުކޮށްފި ނަމަ ސަޕްލިމެންޓަރީ ބަޖެޓު 10 ބިލިއަން އަށް އަރާފާނެ ކަމަށް ބުނެފައެވެ. މަސައްކަތް ކުރަމުން ދަނީ 5 ބިލިއަން ރޭންޖުގައި ސަޕްލިމެންޓްރީ ބަޖެޓް ބަހައްޓަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ބަޖެޓް 10 ބިލިއަނަށް ނާރާނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއި އެކު ސަޕްލިމެންޓްރީ ބަޖެޓް ކުޑަ ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަޕްލިމެންޓްރީ ބަޖެޓްގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުން އަންނަ ގޮތާއި މެދު ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޤާނޫނު އަސާސީގައި ބުނާގޮތުން ދައުލަތުގެ ޚަރަދުތައް ކުރަން ޖެހެނީ މަޖިލީހުން ފާސްކުރާ ބަޖެޓާއި އެއްގޮތަށް ކަމަށެވެ. ބަޖެޓްކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އުޝާމް ވިދާޅުވިއެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅާފައި ހުންނަނީ ސަޕްލިމެންޓްކުރުމަށް ފަހުގައި ކަމަށާއި، ޚަރަދު ކުރުމަށް ފަހު އެކަން ކުރުމަކީ ޤާނޫނު އަސާސީގެ ރޫހާއި ޚިލާފުކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ސަރުކާރުން 5 ވަރަކަށް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އަންދާޒާކުރާ އިރު 2023 ވަނަ އަހަރު 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް