Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމުގެ މިސްރާބު ރަނގަޅުނުވުން

މި ސަރުކާރުން ގައުމު ގެންދަނީ ރަނގަޅު މިސްރާބަކަށް ނޫން: ހަސަން ލަތީފް

ސަރުކާރުން މިގޮތަށް މަސައްކަތް ކުރާނަމަ 2025 ވަނަ އަހަރުގެ މެދުތެރޭގައި ވަރަށް ދަތި ހާލަތަކަށް ރާއްޖެދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2024 | ހޮނިހިރު 09:23
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާ ސަލާމް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާ ސަލާމް ކުރައްވަނީ

މި ސަރުކާރުން ގައުމު ގެންދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށާއި، ސަރުކާރުގެ އަމަލުތައް ރަނގަޅު ނޫން ކަމަށް ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ހަސަން ލަތީފް ވިދާޅުވީ މިސަރުކާރުގައި ގައުމު ގެންދަނީ ރަނގަޅު މިސްރާބަށް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މާލީ، އިގްތިސާދީ، އިޖްތިމާއީ ގިނަ ކަންކަމުގައި އަދި ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ސަރުކާރުން އަމަލުކުރަމުންދަނީ ރަނގަޅަށް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ސަރުކާރުން މިގޮތަށް މަސައްކަތް ކުރާނަމަ 2025 ވަނަ އަހަރުގެ މެދުތެރޭގައި ވަރަށް ދަތި ހާލަތަކަށް ރާއްޖެދާނެ ކަމަށް އިގްތިސާދީ މާހިރުން މިހާރު ވިދާޅުވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެ މަންޒަރުތައް މިހާރު ގައުމުން ފެންނަމުންދާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ވެރިކަމާއި ހަވާލުވާ އެއްވެސް ބަޔަކު މިހެން ގައުމު ހިންގުމަށް ރައްޔިތުން ނުރުހޭނެ ކަމަށެވެ. އެހެންކަމުން މިހެން ކަންކަން ވިޔަ ނުދިނުމަށް މިހާރުން ފެށިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހަލަތު އޮތީ ވަރަށް ދަށްވެފައިކަމަށް ސަރުކާރުގެ ދަނީ ބުނަމުންނެވެ. ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، ހަރަދު ކުޑަ ކުރަންޖެހޭ ދިމަދިމާލުން ހަރަދުތައް ކުޑަ ނުކުރާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު