Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ. އިހަވަންދޫ

ސަރުކާރުން ރަށުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ނުގެންދާތީ އިހަވަންދޫ ކައުންސިލް ކަންބޮޑުވެއްޖެ

18 އޮކްޓޯބަރު 2024 | ހުކުރު 12:11

މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް ކައުންސިލުން ބުނޭ

ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2024 | ހުކުރު 12:11
ފެބްރުއަރީ 2024 ގައި ޑރ. މުއިއްޒު އިހަވަންދޫ އަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވަނީ

ފެބްރުއަރީ 2024 ގައި ޑރ. މުއިއްޒު އިހަވަންދޫ އަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވަނީ

ރަށުގެ ތަރައްގީއަށް ހިންގުމަށް ނިންމާފައިވާ މަސްރޫޢުތައް ސަރުކާރުން ކުރިއަށް ނުގެންދާތީ އާއި ރަށުގެ ބައެއް އިންފްރާސްޓްރަކްޗަރ އަށް ލިބިފައިވާ ގެއްލުންތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ނުކުރާތީ އިހަވަންދޫ ކައުންސިލް ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.

ނިމުނު ހަފްތާގައި ކައުންސިލުން ފާސްކޮށް ނެރުނު ބަޔާނުގައި، ނިމިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ފެށި އެރަށުގެ ބިންހިއްކުމުގެ މަޝްރޫއު ނުނިމި ލަސްވަމުން ދާއިރު އެ މަޝްރޫއަކީ، ރަށުގެ ކުނި މެނޭޖުކުރުމާއި، ގެދޮރުވެރިކަމާއި އަދި އެހެނިހެން އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކާއި ގުޅިގައިވާ މަސައްކަތަކަށް ވާތީ، އެއީ ކައުންސިލުން "ނުހަނު ކަންބޮޑުވާ މައްސަލައެއް" ކަމަށް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ރަށުގެ ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ފެހި ސިގްނަލް ދީ، މޯލްޑިވްސް ޓްރާންސޓް އެންޑް ކޮންޓރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއެސްއާރުގެ ދަށުން ހިއްކި ސަރަހައްދުގައި ހަދައިދިނުމަށް އިއުލާނު ކޮށްފައިވާ މޫދަށް އެރޭ ސަރަހައްދު ހަދައިދިނުމަށް އެއްވެސް އިޖާބައެއް ނުދީ ރިވެޓްމެނޓް ޖަހަމުން ގެންދާތީ އެކަމާވެސް ކަންބޮޑުވުން ފާޅު ކުރާކަމަށް ކައުންސިލުން ބުނެއެވެ.

ރަށުގެ ބަނދަރުގެ އެއްގަމު ތޮށީގެ ފެރީ ޓާމިނަލް ސަރަހައްދުން ސިޑި އަދި ސިޑިއާ ގުޅިފައިވާ ސަރަހައްދު ގަނބައިގަނެފައިވުން ހައްލުކުރުން ލަސްވަމުން ދާ ދިއުމަކީ އިހަވަންދޫ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ. އަދި އެސަރަހައްދު ބަންދުކޮށްފައި އޮތުމުން، ރަށުގައި ގާއިމުކުރެވިފައިވާ ފެރީ ޓާމިނަލްގެ ބޭނުން ނުކުރެވުމުން ދަތުރުވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކައުންސިލުން ފާހަގަ ކުރާ ގޮތުގައި އިހަވަންދޫ އެއްގަމު ތޮއްޓަށް ލިބިފައިވާ ހުރި ގެއްލުމުގެ ނުރައްކަލުގެ ސަބަބުން އެކި ފަހަރު މަތިން މިނިސްޓްރީގެ ޓީމްތައް އެރަށަށް ކުރި ޒިޔާރަތުގައި ކަންބޮޑުވުން ފާޅުކޮށް ލިޔުމުން އެ ވާހަކަތައް ދެންނެވިފައި ވީ ނަމަވެސް، އަދިއަދާ ޖެހެންދެންވެސް އެއްވެސް އަލިމަގެއް ލިބިފައި ނުވުމީ އިހަވަންދޫ ކައުންސިލުން ނުހަނު ހިތާމަ ކުރާ އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކައުންސިލުން ބުނީ ބަނދަރުގެ ތެރޭގައި ބާނި ދޭމޭތީ އެކަމަށް ހައްލެއް ހޯދުމަށް ބަނދަރުގެ ކަނޑިންމަ ބަދަލުކުރުމަށް މަޝްވަރާ ކުރެވި ލިޔެކިއުންތައް ބަދަލުކުރެވިފައި ވީނަމަވެސް އެކަމަ އިޖާބައެއް ލިބިފައި ނުވާ ކަމަށެވެ.

ކައުންސިލުން ހިތާމައާއެކު ފާހަގަކޮށްފައިވަނީ އެ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތަކަށް ޖަވާބުވެސް ނުދޭ ކަމުގައެވެ.

މީގެ އިތުރުން، ރަށުގައި ހަސްފަތާލެއް ގާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކޮށްފައި ވީނަމަވެސް، އެއްވެސް އަމަލީ މަސައްކަތެއް ފެށިފައި ނުވުމާއި، ރަށުގައި ގާއިމުކުރަން ނިންމާފައިވާ ފިޝް ކަލެކްޝަން ސެންޓަރގެ މަސައްކަތް ފެށިފައި ނުވުމާއި، ރަށުގައި ގާއިމް ކުރެވިފައިވާ އައިސްޕްލާންޓުން އައިސްލިބުމުގައި ހުރި ދަތިތައް ހައްލު ނުވުމާއި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތައް ރަށުގައި އައު އައިސްޕްލާންޓެއް ގާއިމް ކުރުމަށް މަސައްކަތް ނުކުރުން އިހަވަންދޫ ކައުންސިލުން ވަނީ ހިތާމައާއެކު ފާހަގަ ކޮށްފައެވެ.

ކައުންސިލުން ބުނެފައިވަނީ އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުނިކޮށި ހެދުމަށް ބިމެއް ހަމަޖައްސަން ކުރެވިފައިވާ މުއާމަލާތްތަކަށް ވެސް ސަރުކާރުން ޖަވާބެއް ދީފައި ނުވާކަމަށެވެ.

"ބަޔާން ކުރެވިފައިވާ ރަށުގެ ރައްޔިތުންނާ ގުޅިފައިވާ މުހިންމު ކަންކަމަށް ވީހިނދު މިކަންކަމަށް މަޝްވަރާކުރެވި އެއްބަސްވެފައިވާ ގޮތުގެ މަތިން ހައްލު ހޯދައިދިނުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ގޮވާލަން،" އިހަވަންދޫ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

ވެރިކަންކުރާ ޕީއެންސީ އާ ކޯލިޝަން ހަދާފައިވާ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އިހަވަންދޫ ކައުންސިލުގެ 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުން މި ބަޔާނަށް ތާއީދުކޮށް ސޮއިކޮށްފައިވެއެވެ.

ބަޔާނުގައި ސޮއި ކޮށްފައި ނުވަނީ ކައުންސިލް މެމްބަރުންގެ ތެރޭގައި ހިމެނޭ އަހްމަދު ރިޟްވާން އާއި މަރިޔަމް ޝިފާޒާ އެވެ.

އިހަވަންދޫ ދާއިރާ ތަމްސީލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްފައިވަނީވެސް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރެކެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް